ގޫގުލްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން، ޕިކްސެލް 9 ޕްރޯ ވަނީ ފާހަގަކޮށްލެވޭ އޭއައި ފީޗާތަކާއި، ކުރިއަރާފައިވާ ކެމެރާ ޓެކްނޮލޮޖީއާއި، ވަރުގަދަ ސޮފްޓްވެއާ ސަޕޯޓްގެ ސަބަބުން 2025 ގެ ބެސްޓް ސްމާޓްފޯނުގެ ގޮތުގައި ގްލޯމޯ އެވޯޑް ހޯދައިފަ.
ގޫގުލްގެ ޕިކްސެލް 9 ޕްރޯ ވިދިވިދިގެން ދެވަނަ ފަހަރަށް 'ގްލޯމޯ' އެވޯޑްގައި އެންމެ ރަނގަޅު ސްމާޓްފޯނުގެ މަގާމު ހޯދައިފި
ގޫގުލްގެ ޕިކްސެލް 9 ޕްރޯ 2025 ވަނަ އަހަރުގެ ގްލޯބަލް މޮބައިލް (ގްލޯމޯ) އެވޯޑްގައި މިއަހަރުގެ އެންމެ ރަނގަޅު ސްމާޓްފޯނުގެ ގޮތުގައި ހޮވި، ނަން މަޝްހޫރު ލިސްޓަށް އަރައިފި އެވެ. މިއީ ގޫގުލްއަށް ވިދިވިދިގެން ލިބުނު ދެވަނަ ކާމިޔާބީ އެވެ. ޕިކްސެލް 8 ވެސް މިދިޔަ އަހަރު މި އެވޯޑް ހޯދާފައިވެ އެވެ. މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) އަކީ ސްޕެއިންގެ ބާސެލޯނާގައި ބާއްވާ އަހަރީ ޓްރޭޑް ޝޯއެކެވެ.
-
ގްލޯމޯގެ ވަނަތައް ވަޒަންކުރަނީ އިންޑަސްޓްރީގެ ތަޖުރިބާކާރުން، އެނަލިސްޓުން އަދި ޓެކް ނޫސްވެރިންގެ ޕެނަލްއަކުންނެވެ. އެމީހުން އަހަރުގެ އެންމެ ރަނގަޅު ސްމާޓްފޯން ހޮވާއިރު ބަލަނީ ޑިޒައިން، އުފެއްދުންތެރިކަން، ޕާފޯމަންސް، އަދި ޖުމްލަ ޔޫޒާ ތަޖުރިބާއަށެވެ. މި މިންގަނޑުތަކަށް ބަލާއިރު ޕިކްސެލް 9 ޕްރޯ 2025 ވަނަ އަހަރަށް އެހެން ހުރިހާ ފޯނެއް ފަހަނައަޅާފައިވެ އެވެ.
ގޫގުލްއިން މިއަހަރު، 'އެންމެ ރަނގަޅު ސްމާޓްފޯން' އެވޯޑްގެ އިތުރުން ދެވަނަ އެވޯޑެއް ވެސް ގެންގޮސްފައިވެ އެވެ. 'ބްރޭކްތްރޫ ޑިވައިސް އިނޮވޭޝަން އެވޯޑް' ގޫގުލްއަށް ލިބިފައިވަނީ ޖެމިނައިއަށް، އޭގެ އޭއައި-ޕަވަރޑް މޮބައިލް ތަޖުރިބާއަށެވެ. ގޫގުލްއިން ވަނީ ޖެމިނައި ހުރިހާ އެއްޗަކަށް، ޚާއްސަކޮށް ޕިކްސެލްއަށް ބޮޑަށް އިންޓެގްރޭޓްކޮށްފަ އެވެ.
-
ޕިކްސެލް 9 ޕްރޯ ފާހަގަކުރެވިފައިވަނީ އޭގެ އޭއައި ގެ އެހީ ލިބޭ ފީޗަރތަކަށް، ކެމެރާ އުފެއްދުންތެރިކަމަށް، ވަރުގަދަ ސޮފްޓްވެއާ ސަޕޯޓަށް، ރީތި ހާޑްވެއާ ޑިޒައިނަށް އަދި އަގަށެވެ.
ޕިކްސެލްއާއެކު ގޫގުލް ވިދިވިދިގެން ދެ ކާމިޔާބީ މިވަނީ އައިފޯން އަދި ސެމްސަން ގެލެކްސީއާ އެއް ކެޓަގަރީއަކަށް ލާފަ އެވެ. މިދިޔަ އަހަރުތަކުގައި މި އެވޯޑް ކާމިޔާބުކުރި ފަރާތްތަކަކީ:
-
2025: ގޫގުލް ޕިކްސެލް 9 ޕްރޯ
-
2024: ގޫގުލް ޕިކްސެލް 8 ސީރީޒް
-
2023: އެޕަލް އައިފޯން 14 ޕްރޯ
-
2022: އެޕަލް އައިފޯން 13 ޕްރޯ މެކްސް
-
2021: ސެމްސަންގް ގެލެކްސީ އެސް21 އަލްޓްރާ
-
2020: ވަންޕްލަސް 7ޓީ ޕްރޯ