މަޝްހޫރު އެޕަލް އެނަލިސްޓް މިން-ޗި ކުއޯ އެކްސް މެދުވެރިކޮށް ހާމަކުރި ކޮންސެޕްޓް ކުރެހުން. މިކުރެހުމުގައި ފެންނަނީ 2026 ގައި ނެރުމަށް ލަފާކުރެވޭ ފޯލްޑަބަލް އައިފޯނުގެ ފޮތެއްފަދަ ޑިޒައިނެއް. (ފޮޓޯ: މިން-ޗި/އެކްސް)

އެޕަލް

އެޕަލްގެ އެންމެ އަގުބޮޑު އީޖާދު: ފޯލްޑަބަލް އައިފޯން

އައިފޯން ބޭނުންކުރާ މީހުންނަށް ވޭތުވެދިޔަ ދުވަސްތަކުގައި ގެނެސްދިން ހައިރާންކުރުވަނިވި ބަދަލުތަކަށްފަހު އެޕަލްއިން މިހާރު ތައްޔާރުވަމުންދަނީ ފަތްޖަހާލެވޭ އަގުބޮޑު ފޯނެއް ތައާރަފްކުރުމަށް. ގާތްގަޑަކަށް 2,000 ޑޮލަރަށްވުރެ އަގު ބޮޑުވެދާނެކަމަށް ލަފާކުރެވޭ މި ފޯނަކީ ކުންފުނީގެ މަތީ ފަންތީގެ ފޯނެއް.
8 މާރިޗު 2025

އެޕަލްގެ ޕްރޮޑަކްޓްތައް ދިރާސާކުރާ މަޝްހޫރު އެނަލިސްޓް މިން-ޗި ކުއޯ އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެޕަލްގެ ފޯލްޑަބަލް އައިފޯނުގެ ވާހަކަތައް މިހާރުދަނީ ކަށަވަރުވަމުންނެވެ. ޓީއެފް އިންޓަނޭޝަނަލް ސެކިއުރިޓީޒްގެ މި އެނަލިސްޓް ބުނާގޮތުން މި ސިއްރު ޕްރޮޖެކްޓަކީ 7.8 އިންޗީގެ އެތެރޭގެ ޑިސްޕްލޭ އަދި 'ބުކް-ސްޓައިލް' ޑިޒައިނެއް ކޮށްފައިވާ ފޯނެކެވެ. މީގެ އަގު 2,000 ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ އިރު، 2026ގެ ފަހު ކުއާޓަރުގައި މި ފޯނު ގިނައަދަދަކަށް އުފައްދަން ފަށާނެ އެވެ.

  • އެޕަލްއިން މިހާތަނަށް ފޯލްޑަބަލް އައިފޯނެއް ނެރުމަށް ރާވާކަން ކަށަވަރުކޮށްފައެއްނުވެ އެވެ. ނަމަވެސް ޓިމް ކުކް ވަނީ "ސްމާޓްފޯންތަކުގައި އީޖާދުކުރާނޭ ވަރަށް ގިނަ ކަންކަން ބާކީ ހުރި" ކަމަށް ބުނެފަ އެވެ. ސެމްސަންގް އަދި ހުއާވޭ ފަދަ ވާދަވެރިންނަށް ހުޅުވިފައިވާ މާކެޓަށް އެޕަލް ވަނުމަކީ ބޮޑު ރިސްކެއް ކަމަށް ބައެއް އެނަލިސްޓުން ދެކެ އެވެ.

  • ފޯރެސްޓާ އެނަލިސްޓް ޑިޕަންޖަން ޗެޓަރުޖީ ބިޒްނަސް އިންސައިޑަރަށް ބުނި ގޮތުގައި "މިފަދަ މަތީ އަގެއްގެ ފޯނަކުން އެޕަލްއަށް ލިބޭނީ އަގުހެޔޮ ބާވަތްތަކުގެ ފޯނުތަކާއި، މިސާލަކަށް އައިފޯން 16އީ ފަދަ ޑިވައިސްތަކާއެކު ބެލެންސްކުރެވޭ ލަގްޒަރީ ޕްރޮޑަކްޓެކެވެ."

މިހާރު މާކެޓްގައި ސްމާޓްފޯންގެ ވާދަވެރިކަން ގަދަވެފައިވަނީ، ޚާއްސަކޮށް ޗައިނާގެ ވާދަވެރިން އަގުހެޔޮ ފޯނުތަކާއި އާ ޑިޒައިންތަކުގެ އަގުބޮޑު މޮޑެލްތައް ނެރެމުންދާތީ އެވެ.

  • ނަމަވެސް، އެޕަލްގެ މި ޕްލޭން ބަދަލުވެ މިފަދަ ޑިވައިސްއެއް ނުނެރެފާނެކަން ވެސް ފާހަގަކުރެވެ އެވެ. އެހެން އެނަލިސްޓަކު ބުނީ "މިފަދަ އެއްޗެއް ތަރައްގީކުރަމުންދާކަން ޔަގީން. އެކަމަކު އެއެއްޗެހި ލޯންޗްކުރާނެކަމާމެދު އަހަރެން މާ ޔަގީނެއް ނޫން" ކަމަށެވެ.

ކުއޯ ބުނި ގޮތުގައި ފޯލްޑަބަލް އައިފޯނުގައި ޓަޗް އައިޑީ އަނބުރާ ގެންނާނެ އެވެ. އެހެންނަމަވެސް މިފަހަރު އެބަޓަން ހުންނާނީ ޑިވައިސްގެ އަރިމަތީގަ އެވެ. އަދި 'ކްރީސް-ފްރީ' ޑިސްޕްލޭއެއް ވެސް ޑިޒައިންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެ އެވެ.

މިކުރެހުމުގައި ފެންނަނީ 2026 ގައި ނެރުމަށް ލަފާކުރެވޭ ފޯލްޑަބަލް އައިފޯނުގެ ފޮތެއްފަދަ ޑިޒައިނެއް.

2023 ގައި ކުއޯގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ފޯލްޑަބަލް އައިޕެޑްތައް 2024 ގައި ނެރޭނެ ކަމަށް ލަފާކުރި ނަމަވެސް އެއެއްޗެހި ނެރެފައި ނެތުމާއެކު، މި އާ ލަފާކުރުންތައް ވެސް ސަމާލުކަމާއެކު ގަބޫލުކުރުން މުހިންމެވެ.

  • 2024 ގައި އެޕަލް ސްމާޓް ގްލާސަސް، އޭއައި-ޕަވާޑް ގޭގޭގައި ބޭނުންކުރާ ޑިވައިސްތައް އަދި ރޮބޮޓިކްސްއާ ގުޅޭ މަސައްކަތްކުރާކަމުގެ އަޑުއިވުނެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ 2025 ގެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ ގުޅޭގޮތުން ވާހަކަދައްކަމުން އެޕަލްގެ ޕްރޮޑަކްޓް ޕައިޕްލައިންއާ ދޭތެރޭ "އޮޕްޓިމިސްޓިކް" ކަމަށް ބުނެފަ އެވެ.

  • އައިފޯންގެ ޑިޒައިންއާއި އީޖާދުކުރުމުގެ ފުރުސަތު އޮތް ތަންތަނާއި ބެހޭގޮތުން ސުވާލުކުރުމުން، ކުކް ވިދާޅުވީ "ސްމާޓްފޯންތަކުގައި އީޖާދުކުރާނޭ ވަރަށް ގިނަ ކަންކަން ބާކީ ހުރި" ކަމަށެވެ.

ފޯލްޑަބަލް ފޯނުގެ ލަފާކުރާ މައުލޫމާތު

  • 5.5 އިންޗީގެ ބޭރުގެ ޑިސްޕްލޭއާއި 7.8 އިންޗީގެ އެތެރޭގެ ޑިސްޕްލޭ

  • ފޭސް އައިޑީ ނެތި، ޓަޗް އައިޑީ ޑިވައިސްގެ އަރިމަތީ ބަޓަންގައި

  • ވިއްކާ އަގު: 2,000 ޑޮލަރަށްވުރެ ބޮޑު، 2,500 ޑޮލަރަށްވުރެ ކުޑަ  

  • ލައްޕާލުމުން 9-9.5 މިލިމީޓަރުގެ ބޯމިން، ހުޅުވާލުމުން 4.5-4.8 މިލިމީޓަރުގެ ބޯމިން

  • ސްޓެއިންލެސް ސްޓީލް އަދި ޓައިޓޭނިއަމްއިން ހަދާފައިވާ ހިންޖް، ޓައިޓޭނިއަމްއިން ހަދާފައިވާ ކޭސިން

ކުއޯ ގަބޫލުކުރާގޮތުގައި 2026 ގައި ފޯލްޑަބަލް އައިފޯނުގެ ގާތްގަނޑަކަށް 3-5 މިލިއަން ޔުނިޓް ޝިޕްކުރެވޭނެއެވެ. މިއީ ޑިމާންޑް ނެތިގެނެއް ނޫން، ނަމަވެސް އުފެއްދުމުގެ އުނދަގުލާއެކު ކެޕޭސިޓީ މަދުވާނެތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް