ސޮނީ ޑިކްސަން ލީކުކުރި އައިފޯން 17 ޕްރޮ މެކްސް ކަމަށް ބެލެވޭ ފޯނުގެ ފޮޓޯތައް:

ސޮނީ ޑިކްސަން އެކްސްގައި ޝާއިއުކުރި ރެންޑާތަކުން އެނގެނީ އައިފޯން 17 ޕްރޯ މެކްސްގައި ފޯނުގެ ފުޅާމިނުގައި ދިގު ކެމެރާބާއެއް ހުންނާނެކަން

އައިފޯން 17 ސީރީޒްގެ ޕްރިމިއަމް މޮޑެލްތަކުގައި ޕިކްސެލް ސީރީޒްއާ އެއްގޮތް ކެމެރާ ޑިޒައިނެއް ފެންނާނެކަމަށް ބައެއް ރިޕޯޓްތައ ބުނޭ.
26 ފެބްރުއަރީ 2025

އައިފޯން 16އީ އިއުލާނުކުރެވުމާއެކު، އެޕަލްގެ ދެން އަންނަ ފްލެގްޝިޕް ފޯން އައިފޯން 17 ސީރީޒްއަށް އާންމުންގެ  ޝައުގުވެރިކަން އިތުރުވެއްޖެއެވެ. އަދި އަދިވެސް ރިލީޒް ތާރީޚަށް އެތައް މަހެއް ބާކީ އޮތްނަމަވެސް، އަޑުއިވޭ ވާހަކަތައް ކެނޑިނޭޅި ފެތުރެމުންދެއެވެ.

  • އެންމެ ފަހުގެ ވާހަކައަކީ ފާހަގަކޮށްލެވޭ އެޕަލް ލީކާ ސޮނީ ޑިކްސަން، އެކްސް ގައި އާދިއްތަ ދުވަހު މެގްސޭފް ކޭސްއެއްގައި ލައްވާފައިވާ އައިފޯން 17 ޕްރޯ މެކްސްއެއ ކަމަށް ބެލެވޭ ރެންޑާތަކެއް ޝާއިއުކުރުމެވެ.

އަޑުއިވޭގޮތުން އެޕަލްއިން ވަނީ ފޯނުގެ ފަހަތު ފަރާތުގެ ޑިޒައިން އާކުރުމަށް ނިންމާފަ އެވެ. ނަމަވެސް، ޑިޒައިން ހުންނާނީ ސީދާ ކިހިނެއްކަން އަދިވެސް ސާފެއް ނޫނެވެ. އެންމެ ފަހުގެ ރެންޑާތަކުން ދައްކުވައިދެނީ ކެމެރާ މޮޑިއުލް ފޯނުގެ ފުޅާމިނަށް ފެތުރިފައިވާތަނެވެ.

  • އައިފޯން 17 ޕްރޯ މެކްސްގައި ކުރިއެކޭވެސް އެއްގޮތަށް ތިންކަނަށް ކެމެރާތައް ހުންނަނަމަވެސް، އެލްއީޑީ ފްލޭޝްއާއި، މައިކްރޯފޯނާއި، ލައިޑާ ސްކޭނާ ވަނީ އެއްފަރާތަށް ޖައްސާލާފަ އެވެ. މީގެ ނަތީޖާއަކީ ގޫގުލްގެ ޕިކްސެލް ސީރީޒް، މިސާލަކަށް ޕިކްސެލް 9، ގައި ފެންނަ ފަދަ ހަތަރެސްކަން ކެމެރާ ބާ އެކެވެ.

ސޮނީ ޑިކްސަން ލީކުކުރި އައިފޯން 17 ޕްރޮ މެކްސް ކަމަށް ބެލެވޭ ފޯނުގެ ފޮޓޯތައް:

އައިފޯން 17 ޕްރޯ ގައިވެސް މި އަލަށް ޑިޒައިންކުރެވުނު ކެމެރާ ބާ ހިމެނޭނެކަމަށް ބެލެވެ އެވެ. އަދި މިއާއެކު ހަދާ ތުނި އައިފޯން 17 އެއާ ގައިވެސް ހިމެނޭނެ އެވެ. އެޕަލްއިން އައިފޯން 17 އަދި އައިފޯން 17 ޕްލަސްގައި މިހާރުގެ ޑިޒައިން ދަމަހައްޓަން ނިންމިކަމަށް ބުނެވެ އެވެ. މިއީ ފަހަރެއްގައި ޕްރީމިއަމް ފޯނުތައް އެހެނިހެން ފޯނުތަކާ އަޅާބަލާއިރު ތަފާތުކޮށް ފާހަގަކުރުމަށް ކަމަށްވެސް ވެދާނެ އެވެ.

  • ފޯނުގެ ފަހަތުގެ މުޅި ދިގުމިން ހިމެނޭގޮތަށް ހުންނާތީ، މިއީ ވަރަށް ބޮޑު ކެމެރާ މޮޑިއުލްއެއްކަމަށް ބެލެވެ އެވެ.

  • މި ރެންޑާތަކަށް ބަލައިގެން ބުނަން ދަތިވަނީ ކުރިން އަޑުއިވުނު ފަދައިން އެޕަލްއިން ޑައިނަމިކް އައިލެންޑް ކުޑަކޮށްފައިވޭތޯ އެވެ. މިއީ ޑައިނަމިކް އައިލެންޑް ތައާރަފުކުރެވުނީއްސުރެ އައިފޯން ބޭނުންކުރާ ފަރާތްތަކުން އެދެމުން އައި ކަމެކެވެ.

އެޕަލްގެ މުޅި އައިފޯން 17 ލައިންއަޕްގެ ޑިޒައިން ހާމަކުރާކަމަށް ދައުވާކުރާ އާ ކެޑް ރެންޑާތަކެއް ފެންމަތިވެއްޖެ އެވެ. މި ފޮޓޯތައް މިފަދަ މައުލޫމާތު ލީކްކުރާ މަޖިން ބޫ އަށް ފެނިގެން އެކްސް ޕްލެޓްފޯމުގައި ޝާއިއުކުރި އެވެ.

މި ރެންޑާތަކުގެ މަސްދަރާ ބެހޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. ނަމަވެސް، މި ރެންޑާތައް ކުރިއަށް އަންނަ އައިފޯން 17 މޮޑެލްތަކާ ބެހޭގޮތުން ފަހަކަށްއައިސް ފެތުރެމުންދާ އަޑުތަކާ އެއްގޮތްވާކަން ފާހަގަކުރެވެ އެވެ.

  • މަދުވެގެން އެއް ލީކަރަކު ބުނެފައިވަނީ އައިފޯން 17 ޕްރޯ މެކްސްގައި 'މެޓަލެންސް' ޑިޒައިނެއް ބޭނުންކޮށްގެން ފޭސް އައިޑީއަށް ހަނި ޑައިނަމިކް އައިލެންޑެއް ލިބިގެންދާނެ ކަމަށެވެ. މިއީ އާންމުކޮށް ފޯނުތަކުގައި ބޭނުންކުރެވޭ ތިރިވެފައިވާ ލެންސްތަކުން އިމޭޖް ސެންސަރަށް އަލި ނަގާ ގޮތާ ޚިލާފުކަމެކެވެ.

މިވަގުތުގައި މިހުރިހާ ވާހަކަތަކާމެދު ޝައްކުގެ ނަޒަރަކުން ބަލަންޖެހޭނެ ނަމަވެސް، މިކަމުން އާންމުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ. ކުރީގެ ތާރީޚުތަކަށް ބަލާއިރު އައިފޯން 17 ނެރެންޖެހޭނީ އައިފޯން 12ގެ ފަސް އަހަރުގެ އަހަރީ ދުވަހާ ދިމާވާހެން ކަމަށް ވާތީ، އެޕަލްއިން ބޮޑެތި ބަދަލުތަކެއް ގެންނާނެކަން ކަށަވަރެވެ. އައިފޯން 12 އަކީ އައިފޯންގެ އެންމެ ފަހުން ކުރެވުނު ބޮޑު ޑިޒައިން ބަދަލެވެ.

އެޕަލް އައިފޯން 17 ޕްރޯގައި ވީޑިއޯ ރެކޯޑިންއަށް އިސްކަންދޭނެކަމަށް ބްލޫމްބާގް ބުނޭ

ބްލޫމްބާގްގެ މާކް ގާމަން ބުނާގޮތުގައި އެޕަލްއިން މިއަހަރު ފަހުކޮޅު އައިފޯން 17 ޕްރޯ ނެރެނީ ވީޑިއޯ ރެކޯޑިން އަށް އިސްކަންދީގެން، ޚާއްސަކޮށް ވްލޮގަރުންނާއި ވީޑިއޯ ކްރިއޭޓަރުންނަށް އަމާޒުކޮށްގެންނެވެ.

ގަމަންގެ 'ޕަވަރ އޮން' ނިއުސްލެޓާގައި ހަފްތާ ބަންދުގައި ބުނެފައިވަނީ އެޕަލްއިން މިއަހަރުގެ ފަހުކޮޅު އައިފޯން 17 ޕްރޯ ތައާރަފުކުރާއިރު، ވީޑިއޯ ރެކޯޑިންގެ ގާބިލުކަން ރަނގަޅުވެފައިވާކަން ފާހަގަކުރެވޭނެ ކަމަށެވެ. ނަމަވެސް، އަންނަމުންދާ އާ ފީޗާތަކާބެހޭ އެއްވެސް ވަކި ތަފްސީލެއް އޭނާ ހާމަކޮށްފައެއްނުވެ އެވެ.

  • "ފާއިތުވި އަހަރުތަކުގައި، އެޕަލްއިން ގިނައިން އަލިއަޅުވާލާފައިވަނީ ކެމެރާގެ ފޮޓޯނެގުމުގެ ގާބިލުކަމަށް. މިއަހަރު އެކުންފުނިން އިސްކަންދޭނީ ވީޑިއޯ ރެކޯޑިންއަށް އައިސްފައިވާ ކުރިއެރުންތަކަށް. 2025 ވަނަ އަހަރުގެ އައިފޯން ލައިންއަޕްގެ އެއް ލަނޑުދަނޑިއަކީ ވްލޮގިން ކޮމިއުނިޓީއާއި އެހެނިހެން ވީޑިއޯ ކްރިއޭޓަރުން ވަކިން ހުންނަ ކެމެރާތަކުން ދުރުކޮށް، އައިފޯން އެބައިމީހުންގެ މަސައްކަތުގައި އިތުރަށް ބޭނުންކުރުމަށް ހިތްވަރުދިނުމަށް."

އައިފޯންތަކަށް މިހާތަނަށް އިތުރުކުރެވިފައިވާ ވީޑިއޯ ރެކޯޑިން ގާބިލުކަމުގެ ތެރޭގައި ސްޓެބިލައިޒޭޝަނަށް 'އެކްޝަން މޯޑް' އަދި ތުނި ޑެޕްތް-އޮފް-ފީލްޑަށް 'ސިނަމެޓިކް މޯޑް' އަދި އިތުރު ކަންތައްތައް ހިމެނެ އެވެ.

  • ގިނަ މަސްދަރުތަކުން ބުނެފައިވަނީ އައިފޯން 17 ޕްރޯ މޮޑެލްތަކުގައި އަލުން ޑިޒައިންކުރެވިފައިވާ ފަހަތު ކެމެރާ ސިސްޓަމެއް ހިމެނޭނެ ކަމަށެވެ. އައިފޯން 17 ޕްރޯގެ ކަމަށް ބުނެވޭ ރެންޑާއެއްގައި ހާމަވެފައިވަނީ ފޯނުގެ ފަހަތުގައި ހުންނާނީ ކުލަނބު ކަންމަތިތަކެއް ހުންނަ ބޮޑު ހަތަރެސްކަން ކެމެރާ ބާރެއް ކަމަށެވެ. މި ޑިވައިސްގައި 48-މެގަޕިކްސެލްގެ ތިން ފަހަތު ކެމެރާ ހުންނާނެކަމަށް ބެލެވެއެވެ.

ގާމަންގެ ނިއުސްލެޓަރުގައި އަދިވެސް ބުނެފައިވަނީ އެޕަލްއިން 2026 ވަނަ އަހަރު ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް އައިފޯން ނެރޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް