އެންޑްރޮއިޑް 16ގެ އާ އަޕްޑޭޓާއެކު ހައިބްރިޑް އޮޓޯ-އެކްސްޕޯޝާ މޯޑް، ޕްރެސިޝަން ކެމެރާ އެޖަސްޓްމަންޓް އަދި މީޑިއާ ޕްލޭބެކްގައި އާ ބަދަލުތަކެއް ގެނެސްފައިވޭ.

އެންޑްރޮއިޑް

އެންޑްރޮއިޑް 16 ބީޓާ 2 ނެރެފި؛ އާ ފީޗާތަކާއެކު ޑިވެލޮޕަރުންނަށް ލިބެން ފަށައިފި

އާ ވާޝަންގައި ކެމެރާގެ ރަނގަޅު ފީޗާތަކަކާއި، އިތުރު ސެކިއުރިޓީ ބަދަލުތަކެއް ހިމަނާފައިވޭ؛ ސްޓޭބަލް ވާޝަން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ނެރުމަށްވަނީ ރޭވިފައި
18 ފެބްރުއަރީ 2025

ބުރާސްފަތި ދުވަހު ގޫގުލްއިން ވަނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ ވާޝަން، އެންޑްރޮއިޑް 16 ބީޓާ 2، ޑިވެލޮޕަރުންނާއި ޓެސްޓަރުންނަށް ދޫކޮށްލާފަ އެވެ.

ގޫގުލްގެ ސްމާޓްފޯނު އޮޕަރޭޓިން ސިސްޓަމްގެ މި އާ ވާޝަންގައި ގިނަ އާ ފީޗަރތަކެއް ހިމެނެ އެވެ. މިގޮތުން އެންޑްރޮއިޑް ބޭނުންކުތާ ފޯނުތަކުގެ ކެމެރާގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ އަލްޓްރާއެޗްޑީއާރު އެޗްއީއައިސީ ފޮޓޯތަކާއި ހައިބްރިޑް އޮޓޯ-އެކްސްޕޯޝަރ މޯޑް ހިމެނެ އެވެ.

އެންޑްރޮއިޑް 16ގެ އަޕްޑޭޓްތައް

މި އާ އަޕްޑޭޓްގައި ޕްރައިވަސީ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށްފައިވެ އެވެ. އަދި 2025ގެ ދެވަނަ ކުއާޓަރުގައި އެންޑްރޮއިޑް 16ގެ ސްޓޭބަލް ވާޝަން ގޫގުލް ޕިކްސެލް ފޯނުތަކަށް ލިބޭނެކަމަށް ބެލެވެ އެވެ. މީގެ އިތުރު މުހިންމު ފީޗާތަކުގެ ތެރޭގައި:

  • ޑިވެލޮޕަރުންނަށް އާ ހައިބްރިޑް އޮޓޯ-އެކްސްޕޯޝަރ މޯޑެއް ލިބިގެންދާނެ އެވެ. މިއާއެކު އައިއެސްއޯ އަދި އެކްސްޕޯޝާ ޓައިމް ބަދަލުކުރެވޭނެ އެވެ. މި ބަދަލުތައް ގެނެވިފައިވަނީ ކެމެރާ2 އޭޕީއައި މެދުވެރިކޮށެވެ. މީގެ މަގްސަދަކީ ޕްރޮފެޝަނަލް ފެންވަރުގައި ބޭނުންކުރާ ފަރާތްތަކަށް އިތުރު ފީޗާތައް ފޯރުކޮށްދިނުމެވެ.

  • ޕްރޮފެޝަނަލް ވީޑިއޯ ރެކޯޑިން އެޕްލިކޭޝަންތަކަށް ކަލާ ކަރެކްޝަން މޯޑް ސީސީޓީ މެދުވެރިކޮށް ވައިޓް ބެލެންސް އަށް ގެންނަ ބަދަލުތައް އިތުރަށް ފުރިހަމަކުރެވޭނެ އެވެ.

  • އިންޓެންޓް ރީޑައިރެކްޝަން ހަމަލާތަކުން ރައްކާތެރިވުމަށް އާ ހިމާޔަތްތަކެއް ހިމަނާފައިވެ އެވެ. މިއާއެކު އެޕްތައް މެދުވެރިކޮށް ޕްރައިވެޓް ފައިލްތަކާއި އެހެނިހެން މައުލޫމާތުތަކަށް ނުރައްކާތެރި ގޮތުގައި ވަނުން ހުއްޓުވޭނެ އެވެ.

  • ޑިވެލޮޕަރުންނަށް އެޖް-ޓު-އެޖް ޑިސްޕްލޭ މޯޑުން އިސްތިސްނާ ނުވެވޭނެ އެވެ. އެހެންކަމުން އެޕްތަކުގެ ކޮންޓެންޓް ސްކްރީނުގެ ކައިރިތަކާ ހަމައަށް ފެތުރެންޖެހޭނެ އެވެ.

  • ހެލްތް ކަނެކްޓުން މައުލޫމާތު ކިޔުމަށް އެޕްތަކުން ވަކިވަކި ހުއްދަ ހޯދަންޖެހޭނެ އެވެ. މިއީ ބޮޑީ ސެންސާސް ޕާމިޝަންގެ ބަދަލުގައި ގެނެވޭ ބަދަލެކެވެ.

އެންޑްރޮއިޑް 16ގެ އެންމެ މުހިންމު 10 ފީޗާ

އެންޑްރޮއިޑް 16 ގައި މިހާތަނަށް ނެރެފައިވާ އެހެން އެންޑްރޮއިޑް މޮޑެލްތަކަށްވުރެ ރަނގަޅު ފީޗާތަކެއް ހިމެނެ އެވެ. އެންޑްރޮއިޑް 16 އެންމެ ފާހަގަކޮށްލެވޭ ފީޗާތަކުގެ ތެރޭގައި:

  •  ރަނގަޅު ޕާފޯމަންސް

އެންޑްރޮއިޑް 16 ހިނގަނީ އާންމު އެންޑްރޮއިޑް ފޯނުތަކަށްވުރެ ހަލުއިކޮށެވެ. މޮބައިލް އެޕްތައް ޑައުންލޯޑްކުރެވެނީ އަވަހަށް އަދި ފަސޭހައިންނެވެ. މި ވާޝަން ކުރީގެ ވާޝަންތަކަށްވުރެ މާ ރަނގަޅު އަދި ހަލުއި އެވެ.

  •  ފުރިހަމަ ޔޫސާ އިންޓަރފޭސް

މި ސްމާޓްފޯނުގައި ވަނީ ބޮޑެތި އަޕްޑޭޓްތަކާއެކު ރަނގަޅު ޔޫސަރ އިންޓަރފޭސްއެއް ހިމަނާފައެވެ. ނެވިގޭޝަން ވަރަށް ފުރިހަމަ އަދި ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ތަޖުރިބާއެއް ލިބިދެއެވެ. އެއްވެސް މައްސަލައެއް ނެތި ހުރިހާ މޮބައިލް އެޕްތަކެއް ފަސޭހައިން ބޭނުންކުރެވޭނެއެވެ.

  • ރަނގަޅު ޕްރައިވަސީ ސެޓިންގްތައް

އެންޑްރޮއިޑް 16ގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗަރަކީ ރަނގަޅު ސެކިއުރިޓީއެވެ. އިތުރު ރައްކާތެރިކަމަށް އެޕް ޕާމިޝަން ކޮންޓްރޯލް އަދި އެންކްރިޕްޝަން ފަދަ ސްމާޓް ފީޗާތައް ހިމަނާފައިވެ އެވެ. އަދި ތިންވަނަ ފަރާތްތަކުން ސިއްރު މައުލޫމާތު ރައްކާތެރިކުރެއެވެ.

އެންޑްރޮއިޑް 16ގެ އާ ސެކިއުރިޓީ ފީޗާތަކުގެ ތެރޭގައި އިންޓެންޓް ރީޑައިރެކްޝަން ހަމަލާތަކުން ރައްކާތެރިވުމަށް އާ ހިމާޔަތްތަކާއި، އެޕްތަކަށް ވަކިވަކި ހުއްދަތައް ހޯދަންޖެހޭ ގޮތަށް ހިމަނާފައިވާ ފީޗާތައް ހިމެނޭ.
އެންޑްރޮއިޑް 16ގެ އާ ފީޗާތަކުގެ ތެރޭގައި ޕްރައިވަސީ ޑޭޝްބޯޑާއި، ހެލްތް ކަނެކްޓުން މައުލޫމާތު ކިޔުން އިތުރަށް ހަރުދަނާކުރެވިފައިވާ އަދި އާ ބައޯމެޓްރިކް ސެކިއުރިޓީ ފީޗާތައް ހިމެނޭ.

ރަނގަޅު ބެޓެރީ މެނޭޖްމަންޓް

  • އެންޑްރޮއިޑް 16ގެ މުހިންމު ފީޗާތަކުގެ ތެރޭގައި ހަރުދަނާ ބެޓެރީ މެނޭޖްމަންޓް ސިސްޓަމެއް ހިމެނެ އެވެ. އެޑެޕްޓިވް ބެޓެރީ ބޭނުންކުރުން ފަދަ ފީޗާތަކުން ޑިވައިސް މުޅި ދުވަހު ބޭނުންކުރެވޭ ގޮތަށް ބެޓެރީ އޮޕްޓިމައިޒްކުރެ އެވެ.

ވިޖެޓްތައް

  • އެންޑްރޮއިޑް 16ގައި މިހާރު ވަނީ ރަނގަޅު ވިޖެޓްތަކެއް ހިމަނާފަ އެވެ. މި ވިޖެޓްތައް ޑިވައިސްގެ ސްކްރީނުގެ ސައިޒާއި ބޭނުންވާ ގޮތަކަށް ބަދަލުކުރެވޭނެއެވެ. މިއިން ޑިވައިސް އިތުރަށް ފަސޭހަކަމާއި ހަރުދަނާކަމާއެކު ބޭނުންކުރެވޭނެ އެވެ.

ރަނގަޅު އެސިސްޓަންޓް

  • މިއީ އެންޑްރޮއިޑް 16ގެ އާ ފީޗާތަކުގެ ލިސްޓުގައި ހިމެނޭ ޚާއްސަ ފީޗަރެކެވެ. މި އޮޕަރޭޓިން ސިސްޓަމްގެ އެސިސްޓަންޓަށް މެސެޖް ދޭހަކޮށް، އެންމެ އުނދަގޫ ޓާސްކްތައްވެސް ބެލެހެއްޓޭނެ އެވެ. ކުރީގެ ވާޝަންތަކަށްވުރެ ބާރު ސްޕީޑެއް ދެއެވެ. މި އެސިސްޓަންޓާއެކު ދުވަހުގެ އާންމު މަސައްކަތްތައް އަވަހަށް ނިންމޭނެ އެވެ.

ފޯކަސް މޯޑް

  • އެންޑްރޮއިޑް 16ގެ ފޯކަސް މޯޑަކީ ދަރިވަރުންނާއި މަސައްކަތްކުރާ މީހުންނަށް ރަނގަޅު ފީޗަރެކެވެ. މި ފީޗަރުން އެޕްތަކުގެ ނޯޓިފިކޭޝަންތައް ބްލޮކްކޮށް މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރެ އެވެ. މި މޯޑް އެކްޓިވްކުރުމުން މުޅި ދުވަހު ކިޔެވުމަށް ނުވަތަ މަސައްކަތްކުރުމަށް ފަސޭހަވެ އެވެ.

ރަނގަޅު މަލްޓިޓާސްކިން

  • އެންޑްރޮއިޑް 16 އޮޕަރޭޓިން ސިސްޓަމްގައި މަލްޓިޓާސްކިން ވަނީ ކުރިއަށްވުރެ ފަސޭހަވެފަ އެވެ. އެކިއެކި އެޕްތައް އެއްފަހަރާ ބޭނުންކުރުން ފަސޭހަ އެވެ. މިއިން ވަގުތު ސަލާމަތްވެ، އުނދަގޫ މަސައްކަތްތައް ފަސޭހައިން ނިންމޭނެ އެވެ.

ރަނގަޅު ގޭމިން ޕާފޯމަންސް

  • އެންޑްރޮއިޑް 16ގައި ވަނީ ގޭމިން އަށް ޚާއްސަ ރަނގަޅު ޕާފޯމަންސް ފީޗާތަކެއް ހިމަނާފަ އެވެ. ގްރެފިކްސްގެ ސާފު މަންޒަރުތަކާއެކު ގޭމްތަކުގެ ރީތި ވިޝުއަލްތައް ދައްކައިދެ އެވެ. ގޭމްތައް އިތުރަށް އިންޓަރެކްޓިވްވެ، ލެގް މަދުވެ، އަވަސް ލޯޑިން ޓައިމްއެއް ލިބެ އެވެ.

5ޖީ އެންހާންސްމަންޓްތައް

  • އެންޑްރޮއިޑް 16ގައި ވަނީ ރަނގަޅު 5ޖީ އެންހާންސްމަންޓްތަކެއް ހިމަނާފަ އެވެ. ހަލުއި އިންޓަނެޓް ކަނެކްޝަނަކާއެކު ހަލުއި 5ޖީ ނެޓްވާކް މެދުވެރިކޮށް މަސައްކަތުގެ އެކި ކަންކަން ފުރިހަމަކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް