ގޫގުލް ޕްލޭ ސްޓޯރުގައި ޝާއިއުކުރެވޭ އެޕްތަކާއި ގޭމްތަކުގެ ތެރެއިން %91 އަށްވުރެ ގިނަ އެޕް މިހާރު ލިބެނީ އެންމެ ފަހުގެ އެންޑްރޮއިޑް 13+ ސެކިއުރިޓީ ޕްރޮޓެކްޝަންތަކާ އެކުގަ.
ގޫގުލް ޕްލޭގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށް، 2024 ގައި ނުރައްކާތެރި 2.36 މިލިއަން އެޕް ބްލޮކްކޮށް، 158،000 ޑިވެލޮޕަރުން ބްލެކްލިސްޓްކުރި
ބިލިއަނުން ގުނާލެވޭ އެންޑްރޮއިޑް ޑިވައިސް ބޭނުންކުރާ ފަރާތްތަކާއި ގޫގުލް ޕްލޭއިން އެޕް ޑައުންލޯޑްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސައިބާ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ ދާއިމީ ހަނގުރާމައެކެވެ. ގޫގުލްއިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުން ދިޔަނަމަވެސް، ބައެއް ފަރާތްތަކުން މި ރައްކާތެރިކަން ފަހަނައަޅާދިއުމަށް އާ ގޮތްތައް ތަރައްގީކޮށް، މަލްވެއާ ފަތުރާ ޔޫސާ ޑޭޓާ އަށް ނުރައްކާކުރަމުންދެ އެވެ.
-
ގޫގުލް ޕްލޭގެ އެންމެ ފަހުގެ ސެކިއުރިޓީ އަޕްޑޭޓުން ފާހަގަކޮށްފައިވާ ގޮތުގައި އޭއައި މެދުވެރިކޮށް ނުރައްކާތައް ދެނެގަތުމާއި، ޑިވެލޮޕަރުންގެ ކޮމްޕްލަޔަންސް، އަދި ގިނަ ފަށަލައިގެ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމުކަން އިތުރުވެފައިވެއެވެ.
މި ކުރިއެރުންތަކާއެކުވެސް، ނުރައްކާތެރި އެޕްތަކާއި، ޑޭޓާ ޕްރައިވަސީއާ ގުޅޭ ކަންބޮޑުވުންތަކާއި، ސޯޝަލް އިންޖިނިއަރިންގެ ހަމަލާތަކަކީ ދެމިގެންދާ ނުރައްކާތަކެކެވެ. އެންޑްރޮއިޑް އިކޯސިސްޓަމްގައި ޔޫސަރުން މި ނުރައްކާތައް ދެނެގަނެ، އަމިއްލައަށް ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހެ އެވެ.
ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރާ އެޕްތައް ކިހާ ރައްކާތެރިކަމަށް ދެކެންތޯ؟
Thank you for voting Poll closes on 08 Feb 2025 12:00 AM Final Results
2024 ވަނަ އަހަރު ގޫގުލްއިން އޭއައިގެ އެހީގައި %92 ރިވިއުތައް ހަލުވިކޮށް، 2.36 މިލިއަން ޕޮލިސީއާ ޚިލާފު އެޕް ޕަބްލިޝްކުރުން ހުއްޓުވައި، 158،000 ނުރައްކާތެރި ޑިވެލޮޕާ އެކައުންޓް ބަންދުކޮށްފައިވެ އެވެ. މީގެއިތުރުން ދުވާލަކު 200 ބިލިއަން ފަހަރު އެޕް ސްކޭންކުރެވި، 1.3 މިލިއަން އެޕްގެ ޑޭޓާ އެކްސެސް މަދުކުރެވިފައިވެ އެވެ.
-
ގޫގުލް ޕްލޭ ޕްރޮޓެކްޓްއިން 13 މިލިއަން އާ މެލީޝަސް އެޕް ފާހަގަކޮށް، ނުވަ ގައުމެއްގައި ފްރޯޑް ޕްރިވެންޝަން ޕައިލެޓް ޕްރޮގްރާމް ހިންގައި، 200،000 އެޕްގެ 36 މިލިއަން ނުރައްކާތެރި އިންސްޓޯލޭޝަން ބްލޮކްކުރެވިފައިވެ އެވެ.
ބޭނުންކުރާ ފަރާތްތަކުން ނުރައްކަލުން ސަލާމަތްވުމަށް ނެގޭ ފަރާތްތަކުގެ އެޕް އިންސްޓޯލްނުކުރުމާއި، ޕްލޭ ޕްރޮޓެކްޓް އެނޭބަލްކޮށްފައި ބެހެއްޓުމާއި، އެޕްތަކުގެ ޕާމިޝަންތައް ބެލުމަށްފަހު އިންސްޓޯލްކުރުމާއި، ގަވާއިދުން އަޕްޑޭޓްކުރުން މުހިންމެވެ.
ގޫގުލްއިން އޭއައި މެދުވެރިކޮށް ނުރައްކާތެރި އެޕްތަކާ ދެކޮޅަށް ކުރާ މަސައްކަތް
ގޫގުލްއިން މަލްވެއާ، ފްރޯޑް އަދި ޕޮލިސީއާ ޚިލާފު އެޕްތަކާ ދެކޮޅަށް އޭއައި މެދުވެރިކޮށް ނުރައްކާ ދެނެގަތުމުގެ ނިޒާމުތައް ފުޅާކޮށްފައިވެ އެވެ. 2024 ވަނަ އަހަރު އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
-
އޭއައި އެހީގައި އެޕް ރިވިއުކުރުން: ގޫގުލްގެ ރިވިއުތަކުގެ %92 މިހާރު ހަދަނީ އޭއައި އެހީގަ އެވެ. މިއީ އަވަސް އަދި ސައްހަ ނިންމުންތަކެއް ނިންމުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
-
ނުރައްކާތެރި އެޕް ބްލޮކްކުރުން: ގޫގުލްއިން ޕޮލިސީއާ ޚިލާފު 2.36 މިލިއަން އެޕް ޕަބްލިޝްކުރުން ހުއްޓުވައި، ނުރައްކާތެރި އެޕް ފެތުރުމަށް މަސައްކަތްކުރި 158،000 ޑިވެލޮޕާ އެކައުންޓް ބަންދުކޮށްފައިވެ އެވެ.
-
ރިއަލްޓައިމް އެޕް ސްކޭނިން: ގޫގުލް ޕްލޭ ޕްރޮޓެކްޓްއިން ދުވާލަކު 200 ބިލިއަން ފަހަރު އެޕް ސްކޭންކޮށް، ޕޮލިމޯފިކް މަލްވެއާފަދަ އަލަށް އުފެދޭ ނުރައްކާތައް ދެނެގަތުމަށް އެޑްވާންސްޑް ކޯޑް އެނަލިސިސް ބޭނުންކުރެ އެވެ.
މި ކުރިއެރުންތަކުން ގޫގުލް ޕްލޭ ވަނީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ގެނެސްދީފައެވެ. ނަމަވެސް ނުރައްކާތެރި ފަރާތްތަކުން އަބަދުމެ އައު ގޮތްތައް ހޯދަމުންދާތީ، ބޭނުންކުރާ ފަރާތްތަކުން ވިސްނުންތެރިކަމާއެކު ކަންކުރަން ޖެހެއެވެ.
އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވަސީ އަދި ސެކިއުރިޓީ ފިޔަވަޅުތައް
މަލްވެއާގެ އިތުރުން، ޑޭޓާ ޕްރައިވަސީއަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެ އިތުރުވަމުންދާ ކަންބޮޑުވުމެކެވެ. މިކަމަށްޓަކައި ގޫގުލްއިން ހަރުކަށި ޕޮލިސީތަކާއި، ބޭނުންކުރާ ފަރާތްތަކަށް ބާރުދޭ ފީޗާތައް ތައާރަފުކޮށްފައިވެއެވެ.
-
2024 ވަނަ އަހަރު، 1.3 މިލިއަނަށްވުރެ ގިނަ އެޕްގެ އިތުރު ޑޭޓާ އެކްސެސް މަދުކުރެވި، އެޕްތަކަށް ހަމައެކަނި އެ އެޕެއްގެ މަސައްކަތަށް ބޭނުންވާ މިންވަރަށް ޑޭޓާ އެއްކުރެވޭގޮތް ހެދިފައިވެ އެވެ. ޑިވެލޮޕަރުން މިހާރު ޖެހެނީ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޑޭޓާ ފޮހެލުމުގެ ސާފު އޮޕްޝަންތަކެއް ދިނުމަށެވެ. މިއީ ޕާސަނަލް މައުލޫމާތުގެ މައްޗަށް އޮންނަ ކޮންޓްރޯލް އިތުރުކޮށްދޭ ކަމެކެވެ. މީގެއިތުރުން، ގޫގުލް ޕްލޭއިން އިންސްޓޯލްކުރެވޭ އެޕްތަކުގެ %91 އަށްވުރެ ގިނަ އެޕް މިހާރު ލިބެނީ އެންމެ ފަހުގެ އެންޑްރޮއިޑް 13+ ޕްރޮޓެކްޝަންތަކާ އެކުގަ އެވެ.
ގޫގުލް ޕްލޭ ޕްރޮޓެކްޓް: ފަށަލަތަކެއްގެ މައްޗަށް ބިނާވެފައިވާ ދިފާއީ ނިޒާމެއް
ގޫގުލް ޕްލޭ ޕްރޮޓެކްޓްއަކީ އެންމެ ފުރިހަމަ މޮބައިލް ސެކިއުރިޓީ ހައްލުތަކުގެ ތެރެއިން އެއް ހައްލެވެ. އަދި މިއީ ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް އަބަދުމެ ތަރައްގީވަމުންދާ ނިޒާމެކެވެ. 2024 ވަނަ އަހަރުގެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި:
-
ރިއަލްޓައިމް އެޕް ސްކޭނިން: ގޫގުލް ޕްލޭ ޕްރޮޓެކްޓްއިން ގޫގުލް ޕްލޭގެ ބޭރުން 13 މިލިއަން އާ މެލީޝަސް އެޕް ފާހަގަކުރެވިފައިވެ އެވެ.
-
ފްރޯޑް ޕްރިވެންޝަން ޕައިލެޓްތައް: 9 ގައުމެއްގައި ތަންފީޒުކުރެވި، 200،000 އަށްވުރެ ގިނަ ޝައްކުކުރެވޭ އެޕްގެ 36 މިލިއަން ނުރައްކާތެރި އިންސްޓޯލޭޝަން ބްލޮކްކުރެވިފައިވެ އެވެ.
-
ސޯޝަލް އިންޖިނިއަރިން ޕްރޮޓެކްޝަން: ފިޝިން ހަމަލާތަކާއި ފޯނު ސްކޭމްތަކުގެ ތެރޭގައި ޕްލޭ ޕްރޮޓެކްޓް ޑިސޭބަލްކުރުން ހުއްޓުވަ އެވެ.
ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް ރައްކާތެރިވެވޭނެ ގޮތްތައް
-
ގޫގުލް ޕްލޭގެ ސެކިއުރިޓީ ފިޔަވަޅުތަކުން ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރިނަމަވެސް، އަމިއްލަ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމާއި ނުރައްކާތެރި އެޕްތައް ދެނެގަތުން މުހިންމެވެ.
އެންމެ ރަނގަޅު އާދަތަކުގެ ތެރޭގައި:
-
ނޭގޭ ފަރާތްތަކުގެ އެޕް ސައިޑްލޯޑްކުރުން ދުރުހެލިވުން، އެއީ ގޫގުލް ޕްލޭގެ ސެކިއުރިޓީ ޗެކްތައް ބައިޕާސްވެދާނެތީ އެވެ.
-
ރިއަލްޓައިމް ސްކޭނިން އާއި މަލްވެއާ ޑިޓެކްޝަންގެ ފައިދާ ލިބުމަށް ޕްލޭ ޕްރޮޓެކްޓް އެނޭބަލްކޮށްފައި ބެހެއްޓުން.
-
އިންސްޓޯލްކުރުމުގެ ކުރިން އެޕް ޕާމިޝަންތައް ރިވިއުކޮށް، ސެންސިޓިވް ޑޭޓާއަށް ބޭނުންނުވާ އެކްސެސް ކެންސަލްކުރުން.
-
އާ ވަލްނަރަބިލިޓީތަކުން ރައްކާތެރިވުމަށް ގަވާއިދުން އަޕްޑޭޓްކުރުން.
-
ޝައްކުކުރެވޭ ލިންކުތަކުގައި ކްލިކްނުކުރުމާއި އިތުބާރު ފަރާތްތަކުގެ އެޕް ޑައުންލޯޑްނުކުރުން.
-
ޝައްކުކުރެވޭ ލޮގިން ނުވަތަ އެޕް އެކްސެސްގެ ނިޝާންތައް ހުރިތޯ ގަވާއިދުން ގޫގުލް އެކައުންޓް އެކްޓިވިޓީ ޗެކްކުރުން.