އެންތްރޮޕިކް

އެންތްރޮޕިކް އިން ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެއް އިއުލާނުކޮށްފި

އެންޓްރޮޕިކްގެ އިންވެސްޓަރުންގެ ތެރޭ ގޫގުލް، އެމެޒޯން އަދި ސޭލްސްފޯސް ހިމެނޭ

ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއިއި ކުންފުންޏާ ވާދަކުރަމުން އަންނަ އެންތްރޮޕިކް ކުންފުނިން ކްލޯޑް ސޮނޭ 3.5 އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް އިއުލާންކޮށްފި އެވެ.

އޯޕެންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގުލްގެ ޖެމިނައި ފަދަ ޗެޓްބޮޓެއް ކަމުގައިވާ ކްލޯޑްގެ މަގުބޫލުކަން ބޮޑުވީ މިދިޔަ އަހަރު ތެރޭގަ އެވެ.

އޯޕެންއޭއައި ކުންފުނީގައި ކުރިން ދިރާސާކުރުމުގައި މަސައްކަތްކުރި އެގްޒެކެޓިވް މުވައްޒަފުންތަކެއް އުފެއްދި އެންތްރޮޕިކް ކުންފުންޏަށް އިންވެސްޓް ކުރަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ގޫގުލް، ސޭލްސްފޯސް އަދި އެމެޒޯން ހިމެނެ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންތްރޮޕިކް އިން 7.3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރުކުރި އެވެ.

އެންތްރޮޕިކް އިން ކްލޯޑް އޭއައި ނިޒާމުގެ ވާޝަން 3 ތައާރަފް ކޮށްފައި ވަނީ މިިދިޔަ މާޗު މަހު އެވެ. އޯޕެންއޭއައި އިން ޖީޕީޓީ -4އޯ ލޯންޗުކޮށްފައި ވަނީ މިިދިޔަ މަހު އެވެ.  އެންތްރޮޕިކް އިން ބުނި ގޮތުގައި ކްލޯޑް 3 އޯޕަސްއަށް ވުރެ ކްލޯޑް 3.5 ސޮނޭ އަވަސް ވާނެ އެވެ. އަދި މިއީ ކްލޯޑް 3.5 އާއިލާގެ ފުރަތަމަ ރިލީސްކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކްލޯޑް 3.5ގެ ހިދުމަތް އެންތްރޮޕިކްގެ ވެބްސައިޓުންނާއި ކްލޯޑް އައިފޯން އެޕް އިން ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.

ކްލޯޑް 3.5 ސޮނޭގެ ގާބިލުކަން ދައްކުވައިދޭ ވީޑިއޯއެއް (ވީޑިއޯ/އެންތްރޮޕިކް)

ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ އޭއައި ސިނާއަތަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެކަމަށް މާހިރުން ލަފާކުރައްވާފައި ވާއިރު، އޭއައި ސިނާއަތުގައި ގޫގުލް، އެމެޒޯން، މައިކްރޮސޮފްޓް އަދި މެޓައިން އަންނަނީ ވަރުގަދައަށް ވާދަކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް