އެމެރިކާގައި ޗިޕު އުފައްދާ މިންވަރު އިތުރުކުރަން ރައީސް ޖޯ ބައިޑަން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން

ޓައިވާންގެ ޓީއެސްއެމްސީ ކުންފުންޏަށް އެމެރިކާއިން 6 ބިލިއަން ޑޮލަރު ދެނީ

އެމެރިކާގައި ޗިޕު އުފެއްދުމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުން

އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ޓައިވާންގެ ޗިޕް އުފައްދާ ޓީއެސްއެމްސީ ކުންފުނިން  ހިންގަމުން އަންނަ ކާރުހާނާ އިތުރަށް ކުރިއެރުވުމަށް 6.6 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ނިންމައިފި އެވެ. 

އެމެރިކާ ސަރުކާރުން ދޭ މި ފަައިސާއަކީ އެރިޒޯނާގައި ޓީއެސްއެމްސީއިން މިހާރު ބިނާކުރަމުން އަންނަ ދެ ކާރުހާނާގެ އިތުރުން ތިން ވަނަ ކާރުހާނާއެއް ބިނާކުރުމަށް އެހީތެރިވެދިނުމަށް ދޫކުރާ ފައިސާކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މި އެއްބަސްވުމާ އެކު އެމެރިކާގައި ޓީއެސްއެމްސީ އިން ކޮށްފައިވާ އިންވެސްޓްމަންޓުތައް 65 ބިލިއަން ޑޮލަރަށް އަރާނެކަމަށް ވެސް އެ އޮފިޝަލުން ވިދާޅުވި އެވެ.

މިއީ އެންމެ މަތީ ފެންވަރުގެ ޗިޕު އެމެރިކާގައި އުފައްދަމުން އަންނަ މިންވަރު އިތުރުކުރުމަށް ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ކުރަމުން އަންނަ ސިލްސިލާ މަސަައްކަތްތަކުގެ އެންމެ ފަހުގެ ނާރެހެވެ.

ޓީއެސްެއެމްސީއަށް ތިން ވަނަ ކާރުހާނާއެއް އެޅުމަަށް ސަރުކާރުން ފަންޑު ހަމަޖައްސާފައި މިވަނީ 2022ގައި ބައިޑަން ތަސްދީގު ކުރެއްވި 'ޗިޕްސް އެންޑް ސައިންސް އެކްޓް' ގާނޫނުގެ ދަށުންނެވެ. މިއީ އެމެރިކާގެ ޗިޕު އުފައްދާ ސިނާއަތަށް ޕްރައިވެޓް އިންވެސްޓްމަންޓުތައް  ގެނައުމުގެ އަމާޒުގައި އެކުލަވާލި ގާނޫނެކެވެ. 

އެންމެ މަތީ ފެންވަރުގެ ޒަމާނީ ޓެކްނޮލޮޖީތައް ހިމެނޭ ޗިޕުތައް ހޯދުމަށް އެމެރިކާއިން މިހާތަނަށް ބަރޯސާވާން ޖެހިފައި އޮތީ އޭޝިއާގެ ކުންފުނިތަކަށެވެ. ނަމަވެސް ޓައިވާން އާއި ޗައިނާއާ ދެމެދު ބޮޑުވަމުން އަންނަ ނުތަނަވަސްކަމާ ގުޅިގެން އޭޝިއާގެ ސަޕްލައިތަކަށް ބުރޫ އަރާފާނެ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެ.

ޓައިވާންގެ ޓީއެސްއެމްސީއަށް އެމެރިކާއިން 6 ބިލިއަން ޑޮލަރު ދިނުމަށް ނިންމުމާ ގުޅޭ (ވީޑިއޯ/އޭޒީފެމިލީ)

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޗިޕު އުފައްދަމުން އަންނަ ޓައިވާނުގެ ޓީއެސްއެމްސީ ކުންފުންޏަށް އެމެރިކާ ސަރުކާރުން ހަމަޖައްސައިދޭ ފައިސާއާ އެކު 2030 ވަނަ އަހަރު އަންނަން ވާއިރަށް ދުނިޔޭގައި އުފައްދާ ޗިޕުގެ %20 އުފައްދަމުން އަންނާނީ އެމެރިކާގައި ކަމަށް ބައިޑަން ވިދާޅުވި އެވެ.

ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި، އެމެރިކާއިން މީގެ ކުރިން މި ސިނާއަތުގެ %40 ހިއްސާ ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް އެ އަދަދު %10 އަށް ވުރެ ދަށަށް ގޮސް އެންމެ ވަރުގަދަ ޗިޕު އުފެއްދުން ވެސް ހުއްޓުމަކަށް އައިސް، އިގްތިސާދާއި ގައުމީ ސަލާމަތީ ކަންކަމަށް ނާޒުކުކަން ފޯރާފައިވާ ކަމަށް ރައީސް ބައިޑަން ވިދާޅުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް