ވިންޑޯސް 11 އަންނަ މަހު އާންމުންނަށް ދޫކޮށް ލަނީ
ވިންޑޯސް 11 އަންނަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ނެރޭނެ ކަމަށް މައިކްރޮސޮފްޓުން އިއުލާނުކޮށްފި އެވެ.
-
އާ ވިންޑޯސްއެއް މި ނެރެނީ ހަ އަހަރު ފަހުން
ވާނެ ގޮތް - މައިކްރޮސޮފްޓުން ބުނިގޮތުގައި ވިންޑޯސް ބޭނުން ކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ވިންޑޯސް 11 ނުކުތުމުން ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ. ނަމަވެސް މި އަޕްގްރޭޑް ނުކުންނާނީ ހުރިހާ ވައްތަރެއްގެ ކޮމްޕިއުޓަރުތަކަށް އެކީ އެއް ފަހަރަކާ ނޫންކަމަށް މައިކުރޯ ސޮފްޓުން ބުނެ އެވެ.
-
ވިންޑޯސް 11 ގައި ހިމެނޭނެ ކަމަށް ބުނެފައިވާ ބައެއް ހިދުމަތްތައްވެސް ފުރަތަމަ ނުލިބޭނެ
ތަފާތަކީ ކޮބާ؟ - ވިންޑޯސް 11 ނުކުންނައިރު އެންމެ ފާހަގަ ކުރެވޭނެ ބަދަލަކަށް ވާނީ މި ވިންޑޯސް ވާޝަނަށް އައިސްފައިވާ ރީތިކަމެވެ. މިހާތަނަށް ފެނުނު ގޮތުން މިފަހަރުގެ ވިންޑޯސް ވާޝަން އެޕަލްގެ މެކް އޮޕަރޭޓިންގް ސިސްޓަމް ހާ ރީއްޗެވެ. އަދި ރީތިވުމުގެ އިތުރުންވެސް ސްޓާޓް މެނޫގެ ބަދަލުތަކާއި، އެއް ފަހަރާ ގިނަ މަސައްކަތްތައް ކުރެވޭނެ ފަސޭހަ ގޮތްތައް މި ވިންޑޯސްގައި ވަނީ ހިމަނައިފަ އެވެ.
-
މައިކްރޮސޮފްޓް ޓީމްސް ވެސް މިވާޝަންގައި ހިމެނޭނެ
އެނގުން މުހިންމު - ނަމަވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެންޑްރޮއިޑް އެޕްލިކޭޝަން ސަޕޯޓް ވިންޑޯސް 11 ނުކުންނައިރު ނުލިބޭނެ އެވެ. މި ހިދުމަތް ފެށޭނެ ވަކި ތާރީހެއް މައިކްރޮސޮފްޓުން ބުނެފައި ނުވިއަސް ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް ޓެސްޓު ކުރަމުންދާނެ ކަމަށްވަނީ ބުނެފަ އެވެ.
ބާރު ދޭ ވާހަކަތަކެއް - ވިންޑޯސް 11 އަށް އަޕްގްރޭޑު ކުރުމަށްޓަކައި ވިންޑޯސް ކޮމްޕިއުޓަރުތަކުގެ އޮޓޯ އަޕްޑޭޓް އޮން ކުރުމުން އެ ކޮމްޕިއުޓަރަކަށް ވިންޑޯސް 11 ނުކުންނައިރަށް މެސެޖެއް ފެނިގެންދާނެއެވެ.
-
ފުރުތަމަ އަޕްޑޭޓް ވާނީ ފަހުގެ ކޮމްޕިއުޓަރުތައް
މައިކްރޮސޮފްޓުން ލަފާކުރަނީ އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ހުރިހާ ވައްތަރެއްގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް އަޕްގްރޭޑް ނެރެ ނިމޭނެކަމަށެވެ.