20 ޖުލައި 2026: ވޯލްޑް ކަޕް 2026ގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި މެޗު.
ފައިނަލްގައި ގޯލާ އަމާޒުކޮށް ޝޮޓެއް ނުހެދުމަކީ އާޖެންޓީނާއަށް ހާއްސަ ރެކޯޑެއް
ރޭ ކުޅުނު ވޯލްޑް ކަޕް 2026ގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް އާޖެންޓީނާ ނުކުތީ ތަށި ދިފާއު ކުރުމަށެވެ. އިތުރު ވަގުތުގައި ޖެހި ގޯލަކުން ކާމިިޔާބު ލިބުނީ ސްޕެއިންއަށެވެ.
މުޅި ޖުމްލަ 120އަށް ވުރެ ގިނަ މިނެޓު ކުޅުނުއިރު، އާޖެންޓީނާއަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ނުހެދެ އެވެ. އެކަމަކު މިއީ އަލަށް ވީ ކަމެއް ނޫނެވެ.
ވޯލްޑް ކަޕް މެޗުތަުގެ ތަފާސްހިސާބުތައް ތަފްސީލުކޮށް ބަލަހައްޓަން ފެށީ 1966 އަށް ފަހު އެވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު މުބާރާތްތަކަށް ބަލާއިރު ވޯލްޑް ކަޕްގެ ފައިނަލް މެޗުތަކުގައި އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލެވި އޮތީ އެންމެ ޓީމަކަށެވެ. އެއީ އާޖެންޓީނާ އެވެ.
ރޭގެ މެޗަކީ އާޖެންޓީނާއިން އެކަން ތަކުރާރުކުރި ތިން ވަނަ ފަހަރެވެ. އެގޮތުން:
-
1990 - ހުޅަނގު ޖަރުމަނާ ދެކޮޅަށް ކުޅުނު ފައިނަލްގައި އާޖެންޓީނާއަށް އުފެއްދުނީ އެންމެ ޝޮޓެއް؛ އެ ޝޮޓު ވެސް ގޯލާ އަމާޒެއް ނުވި
-
2014 - ޖަރުމަނާ ދެކޮޅަށް ކުޅުނު ފައިނަލްގައި އާޖެންޓީނާއިން 10 ޝޮޓު އުފެއްދި؛ އެންމެ ޝޮޓެއް ވެސް ގޯލާ އަމާޒުނުވި
-
2026 - ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލްގައި އާޖެންޓީނާއަށް އުފެއްދުނު 2 ޝޮޓު ވެސް ގޯލާ އަމާޒެއް ނުވި
އެހެންކަމުން މިހާތަނަށް އައިއިރު މިކަން ކުރެވިފައި އޮތީ ހަމައެކަނި އާޖެންޓީނާއަށެވެ.
މި ތިން ފަހަރު ވެސް އާޖެންޓީނާގައި އެ ޓީމަށް އެ އިރަކު އެންމެ މުހިންމު ވި ކުޅުންތެރިޔާ ހުއްޓެވެ. އެއީ 1990 ގައި ނަމަ ޑިއޭގޯ މެރެޑޯނާ އެވެ. އަދި 2014 އާއި 2026ގައި ނަމަ ލިއޮނެލް މެސީ އެވެ.
ރޭގެ ފައިނަލް މެޗުގައި އާޖެންޓީނާއިން ވަނީ އިތުރު ރެކޯޑެއް ވެސް ހަދާފަ އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތުގައި އެންމެ ޝޮޓެއް ވެސް ނުޖެހުމުގެ ރެކޯޑެވެ. ގޯލާ އަމާޒު ވި، ނުވަތަ ނުވި އަދި ކުޅުންތެރިއެއްގެ ގައިގައި ޖެހިގެން ބްލޮކުވި ޝޮޓެއް ވެސް މެޗުގެ 90 މިނެޓުގެ ތެރޭގައި އާޖެންޓީނާއަށް އުފެއްދިފައި ނުވެ އެވެ.
މިއީ ވެސް އާޖެންޓީނާ ފިޔަވައި އިތުރު ޓީމަކަށް މިހާތަނަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ.
ކޮމެންޓް (1)
މަޙުމާ ޢީސާބެ