ގްރޫޕް ސްޓޭޖްގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނެލް މެސީ: އޭނާ މިފެންނަނީ އާދަޔާ ހިލާފު ފެންވަރެއްގައި

ވޯލްޑް ކަޕް 2026

މެސީ އަނެއްކާވެސް ވޯލްޑް ކަޕްގައި އާ ރެކޯޑެއް ހަދައިފި

ވޯލްޑް ކަޕްގައި ޖެހިޖެހެން ހަތް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް އާޖެންޓީނާގެ ތަރި މިއަދު ވީ ފަހު ހާފުގައި ކުޅެން ނުކުމެ ޖޯޑުން ކޮޅަށް ޖެހި ލަނޑުން
1 ގަޑިއިރު ކުރިން
1

ލިއޮނެލް މެސީ، ފުޓްބޯޅައަށް ލޯބިކުރާ އެންމެންނަށް މިފަހަރު ބުނާ ކަހަލަ އެވެ: އަހަރެން މިކުރާ ކަންތައް ބަލަން ތިބޭށެވެ.

ރެކޯޑަކަށް ފަހު ރެކޯޑެކެވެ. ތަށި ދިފާއުކުރަން އާޖެންޓީނާ ޓީމު ގޮވައިގެން ދަނޑު މަތީ ލީޑްކުރަން ނުކުތް ކުޅުންތެރިޔާ މިފަހަރުގެ ވޯލްޑް ކަޕްގައި ހެދި ފުރަތަމަ ރެކޯޑަކީ، ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށް ވުމެވެ. އޭގެ ފަހުން ދެން އައީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. މިހާރު އޭނާގެ ޖުމްލައަކީ 19 ލަނޑެވެ.

މިއަދު ޖޯޑަން ކޮޅަށް ޖެހި ލަނޑާ އެކު އޭނާ ވޯލްޑް ކަޕްގެ ތާރީހަށް އެވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ގްރޫޕް ޖޭއިން އެއްވަނަ ލިބިފައި އޮތުމާ އެކު އާޖެންޓީނާ މިއަދުގެ މެޗު ފެށީ މެސީ އަރާމުކުރަން ބެންޗުގައި ބައިންދައިގެންނެވެ. އޭނާ ކުޅެން އެރުވީ 60 ވަނަ މިނިޓްގަ އެވެ. ހިލޭ ޖެހުމެއްގައި ޖޯޑުން ކޮޅަށް ލަނޑު ޖެހީ 80 ވަނަ މިނިޓްގަ އެވެ.

މި މެޗުން އާޖެންޓީނާ މޮޅުވީ 3-1 އިންނެވެ.

ވޯލްޑް ކަޕްގައި މެސީ ޖެހިޖެހިގެން ލަނޑު ޖެހި ހަތް މެޗު

2022ގެ ވޯލްޑް ކަޕް

  • އޮސްޓްރޭލިޔާއާ ދެކޮޅަށް، ގަދަ 16 ،1 ލަނޑު

  • ނެދަލެންޑްސްއާ ދެކޮޅަށް، ކްއާޓާ ފައިނަލް، 1 ލަނޑު

  • ކްރޮއޭޝިއާއާ ދެކޮޅަށް، ސެމީ ފައިނަލް، 1 ލަނޑު

  • ފްރާންސްއާ ދެކޮޅަށް، ފައިނަލް، ދެ ލަނޑު

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް

  • އަލްޖީރިޔާއާ ދެކޮޅަށް 3 ލަނޑު (ވޯލްޑް ކަޕްގައި މެސީގެ ފުރަތަމަ ހެޓްރިކް)

  • އޮސްޓްރިޔާއާ ދެކޮޅަށް، 2 ލަނޑު

  • ޖޯޑްއާ ދެކޮޅަށް، 1 ލަނޑު

މި ވޯލްޑް ކަޕްގައި މިހާތަނަށް މެސީގެ ލަނޑުގެ ޖުމްލައަކީ ހައެކެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާ އެހެން ވަރުގަދަ ތަރިން ކަމަށްވާ ފްރާންސްގެ ކީލިއަން އަމްބާޕޭ އާއި އުސްމާނޭ ޑެމްބަލޭ އަދި ނޯވޭގެ އާލިން ހޭލެންޑަށް އަދި ހަތަރު ލަނޑެވެ.

ކޮމެންޓް (1)

profile-image-placeholder

ތެފައާސާ.

1 ގަޑިއިރު ކުރިން
ރޮނާލްޑޯވެސް ރިކޯޑު އެބަ ހަދައޭ. މިއަދުވެސް ކުޅުނީ ރަން ބޫޓަކަށް އަރައިގެން. އެކަމަކު މި ނޫހުން އެ ވާހަކައެއް ނުގެނެސްދޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް