އެންމެ ފަހުން އޮތް ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމު ތައްޓާ އެކު: މި ފަހަރުގެ ފައިސާ އިނާމު މާ ބޮޑު

ވޯލްޑް ކަޕް 2026

ޗެމްޕިއަނުންނަށް 51 މިލިއަން ޑޮލަރު، ވޯލްޑް ކަޕަށް ހޮވުނަސް 12 މިލިއަން ޑޮލަރު

މި ފަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދަކީ 871 މިލިއަން ޑޮލަރު. މިއީ 2022ގެ ވޯލްޑް ކަޕްގައި ޓީމުތަކަށް ބެހި މިންވަރަށް ވުރެ %50 މަތީ އަދަދެއް
1 ގަޑިއިރު ކުރިން

ވޯލްޑް ކަޕަކީ އަގު ބޮޑު މުބާރާތެކެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި ހަމައެކަނި މުބާރާތަށް ކޮލިފައިވުމަކީ ވެސް، އެތައް މިލިއަން ޑޮލަރެއް ޔަގީންވުމެވެ.

ފީފާއިން އިއުލާންކުރި ގޮތުން ނަމަ މި އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދަކީ 871 މިލިއަން ޑޮލަރު (13.4 ބިލިއަން ރުފިޔާ) އެވެ. މި ފައިސާ ބަހާނެ ގޮތްތައް ވެސް ފީފާއިން ވަނީ ކަނޑައަޅައިފަ އެވެ.

އެންމެ ކުޑަވެގެން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވެސް އެތައް މިލިއަން ޑޮލަރެއް ލިބުމެވެ. އެގޮތުން:

ވޯލްޑް ކަޕަށް ހޮވުނު ކޮންމެ ޓީމަކަށް

  • 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ އެހީއަށް

  • 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ)

މީގެ މާނައަކީ މުބާރާތުގައި ކޮންމެ ނަތީޖާއެއް ނުކުތަސް ކޮންމެ ޓީމަކަށް ފުރަތަމަ ވެސް 12.5 މިލިއަން ޑޮލަރު (192.7 މިލިއަން ރުފިޔާ) ފީފާއިން ދޭނެ ކަމެވެ.

އެކަމަކު ފައިސާގެ އިނާމުގެ ބޮޑު ބައެއް ލިބޭނީ މުބާރާތުގައި ޓީމުތަކުން ދައްކާ ކުޅުމުގެ މައްޗަށެވެ. މާނައަކީ މުބާރާތުގައި ކުރިއަށް ދާ މިންވަރަކުން ލިބޭ ފައިސާގެ އަދަދު ވެސް ބޮޑުވާނެ އެވެ.

ނަތީޖާއަށް ބަލައިގެން ލިބޭ ފައިސާގެ ޖުމްލައަކީ 703 މިލިއަން ޑޮލަރު (10.6 ބިލިއަން ރުފިޔާ) އެވެ. ބާކީ 168 މިލިއަން ޑޮލަރު އެ ބަހަނީ ވޯލްޑް ކަޕްގައި ކުޅުމުގެ އަގަކަށް ހުރިހާ ޓީމަކަށް އެއްވަރަކަށެވެ. މިއީ ފީފާއިން ޓީމުތަކަށް ވެދޭ މާލީ އެހީއެކެވެ.

ނަތީޖާއަށް ބިނާކޮށް ލިބޭ ފައިސާގެ އިނާމު

  • ޗެމްޕިއަނުންނަށް: 51 މިލިއަން ޑޮލަރު (786 މިލިއަން ރުފިިޔާ)

  • 2 ވަނަ ޓީމަށް: 34 މިލިއަން ޑޮލަރު (523 މިލިއަން ރުފިޔާ)

  • 3 ވަނަ ޓީމަށް: 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)

  • 4 ވަނަ ޓީމަށް: 28 މިލިއަން ޑޮލަރު (423 މިލިއަން ރުފިޔާ)

  • 5 އިން 8 ވަނަ ޓީމަށް: 20 މިިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)

  • 9 އިން 16 ވަނަ ޓީމަށް: 16 މިލިއަން ޑޮލަރު (243 މިލިއަން ރުފިޔާ)

  • 17 އިން 32 ވަނަ ޓީމަށް: 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ)

  • 33 އިން 48 ވަނަ ޓީމަށް: 10 މިލިއަން ޑޮލަރު (152 މިލިއަން ރުފިޔާާ)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް