ބްރެޒިލްއާ ކުޅެ ބަލިވުމުން ސްކޮޓްލެންޑްގެ ކުޅުންތެރިން މާޔޫސްވެ ދަނޑު މަތީގައި: އެކަމަކު ތިން ޕޮއިންޓް އޮތުމުން ގަދަ ތިންވަނައިގެ ތެރެއިން ފުރުސަތެއް އަދި ނުގެއްލޭ
ގަދަ 32ގެ ޖާގައަށް ވާދަކުރާ ގަދަ ތިންވަނަ ގައުމުތަކަކީ ކޮބާ؟
ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަދު 48އަށް އިތުރުކުރުމުން ކުރިން ކުޅޭ 16 ޓީމުގެ ނޮކްއައުޓް ބުރުގެ ކުރިން މިހާރު 32 ޓީމުގެ ދެވަނަ ބުރެއް، ނޮކްއައުޓް އުސޫލުން، ކުޅެން ޖެހެ އެވެ. އެކަމަކު ހަތަރު ޓީމު ހިމެނޭ 12 ގްރޫޕުން އެއްވަނަ އާއި ދެވަނަ ހޯދާ ދެ ޓީމުގެ އިތުރުން، ދެވަނަ ބުރު ފުރިހަމަކުރަން އަށް ޓީމު ބޭނުންވެ އެވެ.
ފީފާއިން ހަމަޖައްސާފައިވާ ގޮތުން އެއީ ހުރިހާ ގްރޫޕެއް އެއްކޮށްލުމުން އެންމެ މަތިން ތިންވަނައަށް ނިންމާ އަށް ޓީމެވެ. އޭގެ މާނައަކީ ޕޮއިންޓާއި ލަނޑުގެ ތަފާތުން އެންމެ ކުރީގައި އުޅޭ އަށް ގައުމެވެ.
މިހާރު ވެސް ތިންވަނާގައި އޮތް ގަދަ އަށް ގައުމުގެ ތެރެއިން ތިން ޓީމެއް ވަނީ ދެވަނަ ބުރު ކަށަވަރުކޮށްފަ އެވެ. އެއީ
-
ސްވިޑްން، ޕޮއިންޓް 4 (ދެވަނަ ބުރުގައި ފްރާންސާ ދެކޮޅަށް)
-
އިކުއެޑޯ، ޕޮއިންޓް 4 (ދެވަނަ ބުރުގައި އިންގްލެންޑާ ދެކޮޅަށް)
-
ބޮސްނިޔާ، ޕޮއިންޓް 4 (ދެވަނަ ބުރުގައި އެމެރިކާއާ ދެކޮޅަށް)
ދެން ބާކީ އޮތް ޖާގައަށް ވާދަކުރާ ފަސް ގައުމަކީ:
-
ޕެރަގުއޭ، ގެއްލުން ގޯލް 2، ޕޮއިންޓް 4
-
ކްރޮއޭޝިއާ، ގެއްލުން ގޯލް 1، ޕޮއިންޓް 3 (ބާކީ އެއް މެޗު އެބަ އޮތް)
-
ސައުތު ކޮރެޔާ، ގެއްލުން ގޯލް 1، ޕޮއިންޓް 3
-
އަލްޖީރިޔާ، ގެއްލުން ގޯލް 2، ޕޮއިންޓް 3، (ބާކީ އެއް މެޗު އެބަ އޮތް)
-
ސްކޮޓްލެންޑް، ގެއްލުން ގޯލް 3، ޕޮއިންޓް 3
މިއީ މިވަގުތަށް ތިންވަނަ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރުގެ ވާދައަށް އެންމެ ކައިރިން ވާދަކުރާ ގައުމުތަކެވެ. އަދި ހަތް ގްރޫޕްގެ ފަހު މެޗުތައް އޮތީ އެވެ. އެކަމަކު އެ ގްރޫޕްތަކުގެ ބައެއް ޓީމުތައް ވާދަކުރަނީ ހަމައެކަނި ގަދަ ތިނަކަށް ނޫނެވެ. ގްެރޫޕްގެ ދެވަނަ ވެސް އޮތީ ހުޅުވިފަ އެވެ.
ކޮމެންޓް