ރޭ ކުޅުނު ގްރޫޕް އެފްގެ ފަހު މެޗުގައި ޖަޕާންގެ ރިޓްސޫ ޑޮއާން (ވ) އާއި ސްވިޑްގެ އިލިއޮޓް ސްޓްރޯޑް ބޯޅަ ހޯދަން މަސައްކަތްކުރަނީ

ވޯލްޑް ކަޕް 2026

ޖަޕާން ދެވަނަ ބުރަށް ގޮސް ލަދަކުން އޭޝިއާ ސަލާމަތްކޮށްދީފި

ގަދަ 32 ގައި ޖަޕާން ވާދަކުރަން ޖެހޭނީ ބްރެޒިލްއާ. މިހާރު އޮތް ގޮތުން އޭޝިއާ ތަމްސީލްކުރާ އޮސްޓްރޭލިޔާ ވެސް ދެވަނަ ބުރަށް ދިއުން ވަރަށް ކައިރި
1 ގަޑިއިރު ކުރިން

މި ފަހަރުގެ ވޯލްޑް ކަޕްގައި އޭޝިއާއިން ނުވަ ގައުމު ވާދަކުރާ އިރު ދެވަނަ ބުރުން ޖާގައެއް ނުލިބުމުގެ ލަދުން ރޭ ސަލާމަތްވެއްޖެ އެވެ: އެ ސަލާމަތްކުރުން އައީ ޖަޕާންގެ ފަރާތުންނެވެ.

ރޭ ސްވިޑުންއާ 1-1 އިން އެއްވަރުވުމުން ގްރޫޕް އެފްއިން ދެވަނަ ޓީމުގެ ގޮތުން ޖަޕާން ވަނީ ގަދަ 32 ކަށަވަރުކޮށްފަ އެވެ. އަދި 29 ޖޫންގައި ޖަޕާން ނުކުންނާނީ ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއާ ދެކޮޅަށެވެ.

ގްރޫޕް އެފްގައި ޓިއުނީޝިއާ 3-1 އިން ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދީ ނެދަލެންޑްސް އެވެ. ނޮކްއައުޓް ބުރުގައި ނެދަލެންޑްސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

ރޭ ކުޅުނު ގްރޫޕް އީގެ ފަހު ދެ މެޗުގެ ތެރެއިން ކިއުރެސާއޯ 2-0 އިން ބަލިކޮށް އައިވަރީ ކޯސްޓް ވަނީ ފުރަތަމަ ފަހަރަށް ގަދަ 32 އިން ޖާގަ ހޯދައިފަ އެވެ. އައިވަރީ ކޯސްޓްގެ ދެ ލަނޑު ވެސް ޖެހީ ނިކޮލަސް ޕެޕޭ އެވެ.

މި ގްރޫޕުން ހަ ޕޮއިންޓް ހޯދައިގެން ޖަރުމަން އެއްވަނައަށް ދިޔަ ނަމަވެސް ފަހު މެޗުގައި އިކުއެޑޯ އަތުން 2-1 އިން ރޭ ވަނީ ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ތިން ވަނަ ޓީމުގެ ގޮތުން އިކުއެޑޯއަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބަ އޮތެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން އިތުރުން އޭޝިއާ ތަމްސީލްކުރަނީ:

  • އޮސްޓްރޭލިޔާ

  • ސައުތު ކޮރެޔާ

  • އީރާން

  • އިރާގު

  • ޖޯޑަން

  • އުޒުބަކިސްތާން

  • ގަތަރު

  • ސައުދީ އަރަބިއްޔާ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް