ފީފާ ވޯލްޑް ކަޕްގައި އޮސްޓްރިއާއާ ދެކޮޅަށް ކުޚުނު މެޗުގައި މެސީ: މި މެޗުގައި އޭނާ ޖެހި ޕެނަލްޓީ ގޯލާ އަމާޒުވަ ގޮތެއް ނުވި.

ވޯލްޑް ކަޕް 2026

ރެކޯޑުތައް މުގުރަމުން ގޮސް މިސް ޕެނަލްޓީގެ ރެކޯޑު ވެސް މެސީއަށް

މެސީ 7 ޕެނަލްޓީ ޖަހަން ދިމާކުރުމާއި އޭގެ ތެރެއިން 3 ޕެނަލްޓީ ނާކާމިޔާބުވުމަކީ ވެސް ވޯލްޑް ކަޕްގެ ތާރީހުގައި ރެކޯޑުތަކެއް
1 ގަޑިއިރު ކުރިން
1

އާޖެންޓީނާގެ ލިއޮނެލް މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. މިއީ އޭނާގެ ވާހަކައެއް ދެއްކުމުގެ ކުރިން، އޭނާއަށް މަރު ދޭ ސަޕޯޓަރުން އަތުވެދާނެ ރުޅިން ސަލާމަތްވާން 'ގައިކޮޅު ގައިގާ ދުރު' ކިޔާ ގޮތަށް ކޮންމެހެން ވެސް ކުރަން މަޖުބޫރު ތައުރީފެކެވެ.

ވޯލްޑް ކަޕްގައި ރޭ އޮސްޓްރިއާގެ މައްޗަށް އާޖެންޓީ ކުރި ހޯދި މެޗުގައި މެސީ ވަނީ ދެ ރެކޯޑެއް ހަދައިފަ އެވެ. އެއް ރެކޯޑަކީ ރޭގެ މެޗުގައި އޭނާ ޖެހި ދެ ގޯލާ އެކު، އެ މުބާރާތުގައި ޖުމްލަ 18 ގޯލު ހަމަކޮށް، އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑެވެ.

އެކަމަކު އެ ރެކޯޑު ހެދުމުގެ ކުރިން އޭނާ ވަނީ ވޯލްޑް ކަޕްގެ އިތުރު ރެކޯޑެއް ވެސް މުގުރާލައިފަ އެވެ.

ރޭގެ މެޗުގެ 9 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ ޖެހުމާ ހަވާލުވީ މެސީ އެވެ. ފައިގައި ހުރި ބާރެއް ލާފައި ޖެހީ ބޭރަށެވެ.

އެ ބޯޅަ ބޭރަށް ދިޔަ ވަގުތަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެއް ކުޅުންތެރިއަކު އެންމެ ގިނަ ޕެނަލްޓީ މިސްކޮށްލުމުގެ ރެކޯޑު ވެސް ފުނޑުފުނޑުވެގެން ދިޔަ ވަގުތެވެ.

ވޯލްޑް ކަޕްގައި އޮސްޓްރިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ.

އެ ރެކޯޑު ހެދުމަކީ ވެސް އޭގެ ޒާތުގައި ފަސޭހަ ކަމެއް ނޫނެވެ. މެސީ ރެ ރެކޯޑު ހެދީ ޖުމްލަ ތިން ޕެނަލްޓީ މިސްކޮށްލައިގެންނެވެ. އެ އަދަދު ހާސިލްކުރެވޭނީ، ލައްކަ ބައިވަރު ޕެނަލްޓީ ލިބިގެންނެވެ.

ހައިރާން ނުވާށެވެ. ވޯލްޑް ކަޕްގެ ތާރީހުގައި މެސީ ވަނީ 7 ޕެނަލްޓީ ޖަހައިފަ އެވެ. މި މުބާރާތުގެ އެންމެ ގިނައިން ޕެނަލްޓީ ނެގި ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮތީ އޭނާގެ އަތުގަ އެވެ.

އެ 7 ޕެނަލްޓީގެ ތެރެއިން ކުރިން ބުނިހެން ތިން ޕެނަލްޓީ މިސްކޮށްލުމަކީ ރެކޯޑެކެވެ. ބާކީ ހަތަރު ޕެނަލްޓީއިން އޭނާ ވަނީ ކާމިޔާބުކަމާ އެކު ގޯލު ޖަހައިފަ އެވެ.

ޕެނަލްޓީއަކާ ގުޅޭގޮތުން ވަކި ކުޅުންތެރިޔަކަށް ހެދިދާނެ ގިނަ ރެކޯޑުތައް އޮތީ މެސީ އަތުގަ އެވެ. ވޯލްޑް ކަޕް 2022ގައި މެސީ އެކަނި ފަސް ޕެނަލްޓީ ޖަހަން ދިމާކުރި އެވެ. މިއީ ވޯލްޑް ކަޕްގެ އެއް މުބާރާތެއްގައި އެއް ކުޅުންތެރިޔަކު އެންމެ ގިނަ ޕެނަލްޓީ ޖެހުމުގެ ރެކޯޑެވެ.

އެކަމަކު އޭނާއަށް ނުހެދި އޮތް ރެކޯޑަކީ އެންމެ ގިނަ ޕެނަލްޓީ ގޯލަށް ޖެހުމުގެ ރެކޯޑެވެ. ލިބުނު 6 ޕެނަލްޓީގެ ތެރެއިން 5 ޕެނަލްޓީ ގޯލަށް ވައްދާލައިގެން އެ ރެކޯޑު އޮތީ އިންގްލެންޑުގެ ހެރީ ކޭން އަތުގަ އެވެ.

ނަމަވެސް މި މުބާރާތް މިހާރު ދާ ގޮތަށް ބަލާއިރު، މެސީ އެ ރެކޯޑު މުގުރާލުމަކީ ވަރަށް ގާތް ކަމެކެވެ.

ކޮމެންޓް (1)

profile-image-placeholder

ޕްފްްފފފފ

1 ގަޑިއިރު ކުރިން
މީ ހާދަ ބޮޑު ހަސަދަވެރިޔަކު ލިޔެފަ އޮތް އެއްޗެކޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް