މި ފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ފުރަތަމަ މެޗުގައި ސެނެގޯލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކީލިއަން އެމްބާޕޭ އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

މިއީ ގޯލު ޖަހާ 'މެޝިންތަކެއް'ގެ ވޯލްޑް ކަޕެއް

ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލެންޑް، މިއިން ކޮންމެ ކުޅުންތެރިޔަކު މިއަދު ވަނީ ދެ ލަނޑު ޖަހައި، ދެ ޓީމު ވެސް ދެ ވަނަ ބުރަށް ގެންގޮސްދީފައި
1 ގަޑިއިރު ކުރިން

ރޭ އޮސްޓްރިޔާ ކޮޅަށް ލިއޮނެލް މެސީ ދެ ލަނޑު ޖަހައި، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދިތާ މާ ގިނަ އިރެއް ނުވެ އެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލެންޑް ވެސް، ދެ ލަނޑު ޖަހައި، މި ފަހަރުގެ ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ހުނަރު ހުރި މިންވަރު ސާބިތުކޮށްދިނެވެ.

ގްރޫޕް އައިގައި ފްރާންސުން 3-0 އިން ބަލިކުރީ އިރާގެވެ. ހަމަ މި ގްރޫޕްގައި ނޯވޭ ވަނީ 3-2 އިން ސެނެގޯލް ބަލިކޮށްފަ އެވެ. އެހެންކަމުން ބާކީ އެއް މެޗު އޮއްވައި، ފްރާންސާއި ނޯވޭ ގަދަ 32އަށް އެ ދަތުރުކުރީ އެވެ.

މިއަދު ހެނދުނު ސެނެގޯލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނޯވޭގެ ކުޅުންތެރިން އާލިން ހާލެންޑް (މ)އަށް މަރުހަބާ ކިޔަނީ

ރޭ ރާއްޖޭގެ ގަޑިން މެންދަމު 2 ޖެހިއިރު ފެށި އިރާގު/ފްރާންސް މެޗުގެ ފުރަތަމަ ހާފަށް ފަހު ވިއްސާރަވެ ކުޅުން މެދުކަނޑާލި ގޮތަށް ދެވަނަ ހާފު ފެށީ ދެ ގަޑިއިރު ފަހުންނެވެ.

އެމްބާޕޭގެ ދެ ލަނޑާ އެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާގެ މަގާމަށް، 16 ލަނޑާ އެކު، ވާސިލްވެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމުމުގެ ކުރިން މިހާރު ވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ދެ ލަނޑަށް ވުރެ ގިނައިން ލަނޑު ޖަހައިފަ އެވެ. އެގޮތުން ތިރީގައި އެވަނީ މި ވަގުތު ގަދަ ފަސް ކުޅުންތެރިންނެވެ.

  • 1-

    ލިއޮނެލް މެސީ، އާޖެންޓީނާ، 5 ލަނޑު (ހަ ވޯލްޑް ކަޕްގައި ޖުމްލަ 18)

  • 2-

    ކީލިއަން އެމްބާޕޭ، ފްރާންސް، 4 ލަނޑު (ތިން ވޯލްޑް ކަޕްގައި ޖުމްލަ 16)

  • 3-

    އާލިން ހޭލެންޑް، ނޯވޭ، 4 ލަނޑު (ފުރަތަމަ ވޯލްޑް ކަޕް)

  • 4-

    ޖޮނަތަން ޑޭވިޑް، ކެނެޑާ، 3 ލަނޑު

  • 5-

    ޑެނިޒް އުންދާވް، ޖަރުމަން، 3 ލަނޑު

މިހާރު ވެސް މި ވޯލްޑް ކަޕަކީ ލަނޑުގެ ގޮތުން ތަފާތު މުބާރާތެކެވެ. މިއީ 1958ގެ ފަހުން އެންމެ އަވަހަށް 100 ލަނޑު ހަމަކުރި ވޯލްޑް ކަޕެވެ. އެންމެ 33 މެޗުގަ އެވެ.

މިހާތަނަށް 131 ލަނޑު ވަނީ ޖަހައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް