އަލްޖީރިޔާއާ ދެކޮޅަށް ލިއޮނެލް މެސީ ހެދި ހެޓްރިކްގެ ދެވަނަ ލަނޑު ޖަހަނީ

ވޯލްޑް ކަޕް 2026

މިރޭ މެސީ އާއި އެމްބާޕޭ ވެސް އާ ރެކޯޑެއް ހަދާފާނެ

މެސީއަށް އެންމެ ލަނޑެއް ޖެހުނަސް ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވާނެ. އެމްބާޕޭ އުޅެނީ އެންމެ ދެ ލަނޑު ފަހަތުގައި
1 ގަޑިއިރު ކުރިން

މިރޭ 10 ޖަހާއިރު އޮސްޓްރިޔާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު ކެޕްޓަން ލިއޮނެލް މެސީ ތާރީހުން އާ ޖާގައެއް ހޯދުން އޮތީ ވަރަށް ގާތުގަ އެވެ.

ފުރަތަމަ މެޗުގައި އަލްޖީރިޔާ ކޮޅަށް ހެދި މެސީގެ ވޯލްޑް ކަޕް އަލަތު ހެޓްރިކާ އެކު އޭނާއަކީ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެކެވެ. އެ މެޗާ ހަމައަށް، 16 ލަނޑާ އެކު، 2014 އިން ފެށިގެން ރެކޯޑް އޮތީ ޖަރުމަންގެ މިރޮސްލާވް ކްލޯސޭގެ އަތުގަ އެވެ.

މިރޭ މެސީގެ ފަރާތުން ލަނޑެއް އަތުވެއްޖެ ނަމަ ޖުމްލަ 17 އަށް އަރައި، 38 އަހަރުގެ ކުޅުންތެރިޔާއަށް ވޯލްޑް ކަޕްގެ ތާރީހުން ޖާގައެއް ލިބުނީ އެވެ.

މެސީގެ ފަހަތުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވެސް ހުރީ އެފަދަ ރެކޯޑެއްގެ ތުންފަތް މަތީގަ އެވެ. 

ފުރަތަމަ މެޗުގައި ސެނެގޯލް ކޮޅަށް ދެ ލަނޑު ޖެހުމާ އެކު ވޯލްޑް ކަޕްގައި އެމްބާޕޭގެ ޖުމްލައަކީ 14 އެވެ.

ފްރާންސްގެ ފުރަތަމަ މެޗުގައި ސެނެގޯލްގެ ކުޅުންތެރިޔަކު ކީލިއަން އެމްބާޕޭ ވައްޓާލަނީ: މި މެޗުގައި އޭނާ ދެ ލަނޑު ޖެހި

އެންމެ ފަހު ވޯލްޑް ކަޕް މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ހޯދީ ފައިނަލް މެޗު 3-3 އިން އެއްވަރުވެގެން ޕެނެލްޓީ ޖަހައިގެންނެވެ. އެ މެޗުގައި ފްރާންސްގެ ތިން ލަނޑު ޖަހައި، ތާރީހީ ހެޓްރިކް ހެދީ ވެސް އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދީ ވެސް އެމްބާޕޭ އެވެ. އެއީ 1966ގެ ވޯލްޑް ކަޕްގެ ފަހު ފައިނަލް މެޗެއްގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އާޖެންޓީނާ އާއި އޮސްޓްރިއާގެ މެޗު ނިމޭތާ ދެ ގަޑިއިރުގެ ތެރޭގައި ފްރާންސް ނުކުންނާނީ އިރާގާ ދެކޮޅަށެވެ. އެހެންކަމުން މިއީ ލަނޑު ލިސްޓުން އާ ޖާގައެއް ހޯދަން އެމްބާޕޭއަށް އޮތް ރަނގަޅު ފުރުސަތެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް