މިރޭ ސައުދީ އަރަބިއްޔާގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހޯދަން ސްޕޭންގެ ލަމީ ޔަމާލް މަސައްކަތްކުރަނީ

ވޯލްޑް ކަޕް 2026

ސައުދީ ކޮޅަށް ހަތަރު ލަނޑު ޖަހައި، ސްޕެއިންގެ ފެންވަރު ދައްކާލައިފި

ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން އުފެދުނު ސުވާލުތަކަށް ސްޕެއިނުން މިރޭ ވަނީ ރަނގަަޅަށް ޖަވާބު ދީފައި
1 ގަޑިއިރު ކުރިން

ކޭޕް ވާޑޭއާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން ސްޕެއިންއާ މެދު އުފެދުނު ސުވާލުތަކަށް މިރޭ ސައުދީ ކޮޅަށް ހަތަރު ލަނޑު ޖަހައިގެން ޖަވާބު ދީފި އެވެ.

މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިންއަށް ކޭޕް ވާޑޭއާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ނަމަވެސް މިރޭ އޭޝިއާގެ ގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ ސައުދީއަށް ޖެއްސީ ވަރަށް ދެރަ ހާލަތެކެވެ. ސްޕެއިންގެ އަވަސް ކުޅުމާއި ކުޅުންތެރިންގެ ގާބިލްކަން ރަނގަޅަށް ސާބިތުކޮށްދިނެވެ.

މެޗުގެ 10 ވަނަ މިނިޓްގައި ލަމީ ޔަމާލް ފެށި ލަނޑު ޖެހުމުގެ ތެރެއަށް އިތުރުވީ 21 އަދި 24 ވަނަ މިނިޓްގައި މިކޭލް އޮޔަޒަބާލްގެ ދެ ލަނޑެވެ.

ހަތަރު ވަނަ ލަނޑު އައީ ދެވަނަ ހާފު ހަމަ ފެށުނުތަނާހެން ލިބުނު ކޯނަރެއްގައި ސައުދީގެ ކުޅުންތެރިންގެ ފަރާތުން ބައިކޮޅަށެވެ.

މެޗުގައި ސްޕެއިނުން ޖުމްލަ 22 ހަމަލާ އުފެއްދި އެވެ. އަށް ހަމަލާ ގޯލަށް އަމާޒުކުރި އެވެ.

ސައުދީއަށް އުފެއްދުނީ އެންމެ ތިން ހަމަލާ އެވެ. ގޯލަށް އަމާޒުކުރެވުނީ އެންމެ ބޯޅައެކެވެ.

މިއީ ވޯލްޑް ކަޕްގައި ސްޕެއިނާއި ސައުދީ މިހާތަނަށް ބައްދަލުކުރި ދެވަނަ މެޗެވެ. ފުރަތަމަ މެޗު ކުޅނީ 2006ގެ ވޯލްޑް ކަޕްގަ އެވެ. ނަތީޖާއަކީ 1-0 އިން ސްޕެއިން މޮޅުވުމެވެ.

ގްރޫޕް އެޗުގައި ސްޕެއިން މިހާރު އެވަނީ ހަތަރު ޕޮއިންޓާ އެކު އެއްވަނައަށް އަރައިފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް