އޮސްޓްރޭލިޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

އޮސްޓްރޭލިޔާ ބަލިކޮށް އެމެރިކާއިން ގަދަ 32އިން ޖާގަ ހޯދައިފި

ގްރޫޕް ޑީގައި އެމެރިކާއާ އެކު ދެވަނަ ބުރަށް ދާނެ ބަޔަކު ކަނޑައަޅަން މިއަދު ހެނދުނު ތުރުކީ އާއި ޕެރަގުއޭގެ މެޗު މުހިންމު
1 ގަޑިއިރު ކުރިން

ފުރަތަމަ ހާފުގައި ބައިކޮޅަށް ވަން ލަނޑާއި އެލެކްސް ފްރޭމަން ޖެހި ލަނޑުން އޮސްޓްރޭލިޔާ 2-0 އިން ބަލިކޮށް އެމެރިކާއިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ރޭ ދަތުރުކޮށްފި އެވެ.

ގްރޫޕް ޑީގައި އެމެރިކާގެ ބާކީ އެއް މެޗު އޮއްވާ ގަދަ 32 ޓީމުގެ ތެރެއިން ޖާގަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ. 

މިއީ 1930ގެ މުބާރާތުގެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން އެމެރިކާ މޮޅުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިއަދު ހެނދުނު ތުރުކީ އާއި ޕެރަގުއޭ ކުޅޭ މެޗު ދެ ޓީމަށް ވެސް ވަރަށް މުހިންމެވެ. މި މެޗުން މޮޅުވާ ބަޔަކަށް ދެވަނަ ހޯދުމުގެ ފުރުސަތު ހުޅުވޭނެ އެވެ.

ފުރަތަމަ މެޗުގައި އެމެރިކާއިން ޕެރަގުއޭ 4-1 އިން ބަލިކުރުމާއި ރޭ ދެ ލަނޑު ޖެހުމުން މިހާތަނަށް އެވަނީ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕެއްގައި އެމެރިކާއަށް މިހާތަނަށް އެންމެ ގިނައިން ޖެހިފައި ވަނީ، 1930 އާއި 2002ގައި، ހަތް ލަނޑެވެ. އެ އަދަދަށް ލަނޑު ހަމަކުރަން މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ.

އެމެރިކާގެ ފަހު މެޗުގައި ވާދަކުރާނީ ތުރުކީއާ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް