ތުރުކީގެ ގޯލަށް އޮސްޓްރޭލިޔާގެ ނެސްޓޮރީ އިރަކުންޑާ ލަނޑު ޖަހަނީ

ވޯލްޑް ކަޕް 2026

އޮސްޓްރޭލިޔާއިން ހައިރާންކުރުވަނިވި ފުރަތަމަ ނަތީޖާ ނެރެފި

ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ތުރުކީ 2-0 އިން ބަލިކުރުމަކީ އޭޝިއާގެ ފުޓްބޯޅައަށް ނިސްބަތްވާ އޮސްޓްރޭލިޔާއަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް
1 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގައި ހައިރާންކުރުވަނިވި ނަތީޖާތައް ފެންނާނެ އެވެ. އޭގެ ފުރަތަމަ މެޗު މިއަދު ހެނދުނު ކެނެޑާގެ ވެންކޫވާގައި އެ ނިމުނީ އެވެ.

އޭޝިއާ ތަމްސީލްކުރާ އޮސްޓްރޭލިޔާ އިން 2-0 އިން ބަލިކުރީ ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ ތުރުކީ އެވެ. މިއީ ގްރޫޕް ޑީގައި އޮސްޓްރޭލިޔާއަށް ލިބުނު ވަރަށް ރަނގަޅު ފެށުމެކެވެ.

ތުރުކީން ކިތައްމެ ގިނައިރަކު ބޯޅަ ހިފައިގެން އުޅުނަސް، މުޅި މެޗަށް ބަލާ ނަމަ އެއީ %71، އޮސްޓްރޭލިޔާއިން ދެ ހާފުގައި ޖެހި ދެ ލަނޑުން، ވޯލްޑް ކަޕްގައި އުފައްދައި އެދިނީ އަމިއްލަ ތާރީހެކެވެ.

ފުރަތަމަ ހާފުގެ 27 ވަނަ މިިނިޓްގައި ރީތި ލަނޑެއް ޖެހި ނެސްޓޮރީ އިރަކުންޑާއަކީ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއަށް ލަނޑެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރަކީ 20 އަހަރާއި 125 ދުވަހެވެ.

ދެވަނަ ލަނޑު އައީ 75 މިނިޓްގައި ކޮންނޯ މެޓްކާފޭގެ ފަރާތުންނެވެ.

މިއީ ތުރުކީ އަތުން އޮސްޓްރޭލިޔާއަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗު ވެސް ކާމިޔާބުކުރީ ތުރުކީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ތުރުކީ ކޮލިފައިވީ 2002ގެ މުބާރާތުގެ ތިން ވަނަ ހޯދި ފަހުން ފުރަތަމަ ފަހަރަށެވެ. 

މިއީ އެމެރިކާ ވެސް ހިމެނޭ ގްރޫޕް ޑީގައި ތުރުކީއަށް ވަރަށް ބޮޑު ހުރަހަކާ ކުރިމަތިވާނެ ނަތީޖާއެއް ވެސް މެ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އެމެރިކާ ވަނީ 4-1 އިން ޕެރަގުއޭ ބަލިކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް