ވޯލްޑް ކަޕްގައި ސައުތު ކޮރެޔާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގައި ސްޓޭޑިއަމްގެ އެންމެ ރަނގަޅު ހިސާބުގަނޑުގެ ގޮނޑިތައް ހުހަށް

ވޯލްޑް ކަޕް 2026

ދަނޑުގެ ގޮނޑިތައް ނުފުރޭތަ؟ ފެންނަ މަންޒަރު ތަފާތު ވެދާނެ

ވޯލްޑް ކަޕްގެ ސްޕޮންސަރުންނަށް ދޭ ޓިކެޓްތަކަށް މީހުން ނުދިއުމުން ވެސް ދަނޑުގައި ހުސް ގޮނޑިތައް ގިނަވޭ
2 ގަޑިއިރު ކުރިން

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ބައެއް މެޗުތަކުގައި ދަނޑުން ހުސްކަން ފެނެ އެވެ. އެހެންވެ ދަނޑަށް ހާޒިރުވި މީހުންގެ އަދަދު ކަމަށް އިއުލާންކުރާ މިންވަރަށް މީހުން ތިބިތޯ ސުވާލު އުފެދެ އެވެ.

ޖަވާބަކީ، ގޮނޑި ގުނުމުގައި ގެންގުޅޭ ހަމަތައް، އާންމުކޮށް ގިނަ މީހުންނަށް ނޭނގުމެވެ.

މިދިއަ ހުކުރުދުވަހު ހެނދުނު ކުޅުނު ސައުތު ކޮރެޔާ އާއި ޗެކް ރިޕަބްލިކްގެ މެޗުގެ މެދު ބައިން ފެނުނީ ހުސް ގޮނޑިތަކެވެ. ގުއާޑަލަޖަރާ ސްޓޭޑިއަމް (އެސްޓޭޑިއޯ އެކްރޮން)އަށް ހާޒިރުވި މީހުން ކަަމަށް އިއުލާންކުރީ 44،985 މީހުންނެވެ. އެއީ ދަނޑުގެ އަސްލު ކެޕޭސިޓީ ކަމަށްވާ 45،664އަށް ވުރެ 700 މަދު އަދަދެކެވެ.

ނަމަވެސް ދަނޑުގެ ހުސް ތަން ފެނުނު މީހުންނަށް، އިއުލާންކުރި ރަސްމީ އަދަދަކީ ތެދެއް ކަމަށް ގަބޫލުނުކުރެވިދާނެ އެވެ. ސެންޓަ ސާކަލްއާ ދިމާލުން ފެނުނު ހުސް ގޮނޑިތައް މާ ގިނައީ އެވެ.

ފުޓްބޯޅަ ދަނޑަށް ވަންނަ މީހުންގެ އަދަދު ގުނުމުގައި ވަކި އުސޫލެއް ގެންގުޅެ އެވެ. މިސާލަކަށް ދަނޑަށް ސީދާ ހާޒިރު ނުވިޔަސް އެ ގޮނޑީގެ ޓިކެޓް ވިކިފައި އޮތް ނަމަ އެއީ ހާޒިރުވުން ކަމަށް ބަލަ އެވެ. މި ގޮތަށް ވިސްނާލާއިރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުގައި ދަނޑުގެ މުހިންމު ހިސާބުތަކުގެ ގޮނޑިތައް ހުސްކޮށް ހުރުން އެކަށީގެންވާ ސަަބުތަކެއް އެބަ ހުއްޓެވެ.

މައިގަނޑު ސަބަބަކީ މުބާރާތުގެ ސްޕޮންސަރުންނަށް ފީފާއިން ދޫކޮށްފައި ހުރި ޓިކެޓްތަކަށް މީހުން ނުވަނުމެވެ. މިހެން ދިމާވަނީ މުބާރާތުގެ ފުރަތަމަ ކޮޅުގަ އެވެ. ހުކުރުދުވަހުގެ މެޗުގައި ސްޕޮންސަރުންގެ ޓިކެޓް ލިބުނު ބައެއް މީހުން މެކްސިކޯއަށް ދަތުރު ނުކުރަނީ އެވެ.

ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީގެ އަދަދަށް މީހުން ނުވަންނަ އެހެން ސަބަބެއް ވެސް ފާހަގަކޮށްލާނަމެވެ. އެއީ ފީފާގެ އުސޫލުތަކަށް ފައްތަން ބައެއް ސްޓޭޑިއަމްތަކަށް ގެނެސްފައިވާ ބަދަލެވެ.

މިސާލަކަށް އެމެރިކާގެ ލޮސް އެންޖަލިސް ސްޓޭޑިއަމެވެ. މި ދަނޑުގެ އަސްލު ނަމަކީ ސޯފައި ސްޓޭޑިއަމެވެ. އެއީ އެމެރިކަން ފުޓްބޯޅައަށް ހާއްސަ ދަނޑެކެވެ. އެމެރިކަން ފުޓްބޯޅަ ކުޅެނީ ފުޓްބޯޅަ ދަނޑުތަކަށް ވުރެ ކުޑަ ދަނޑެއްގަ އެވެ. އެހެންކަމުން ވޯލްޑް ކަޕަށް އެ ދަނޑު ބޮޑުކުރަން ސިޑިބަރިން ބައެއް ނަގަން ޖެހުނެވެ.

ވޯލްޑް ކަޕްގެ މެޗުތަކަށް އެ ދަނޑަަށް ވަދެވޭނީ 70،492 މީހުންނަށެވެ. އެކަމަކު ކުރީގައި އެއީ 73،325 މީހުންގެ ކެޕޭސިޓީ ހުރި ސްޓޭޑިއަމެކެވެ.

އިސްތިހާރު ބޯޑުތަކަށް ޖާގަ ދިނުމާއި ބައިނަލްއަގުވާމީ މީޑިއާއަށް ހުސްކުރަން ޖެހޭ ބައި ބޮޑުވުމުން ވެސް، އާންމު ބެލުންތެރިންގެ އަދަދު މަދުކުރަން ޖެހެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް