މިރޭ ކުޅުނު އިނގިރޭސި ޕްރިމިއަ ލީގުގެ މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއަށް ވެސްޓް ހެމްގެ ފަބިއޯ ފައުލް ކުރަނީ: މި ފައުލްގެ ސަބަބުން ވެސްޓް ހެމްގެ ގޯލު ކެންސަލްކުރި

އާސެނަލް

އާސެނަލް މޮޅުކޮށްދިން ވީއޭއާރުގެ ނިންމުގެ އަސަރު އެތައް ޓީމަކަށް

މި ނަތީޖާއާ އެކު ތައްޓާ ކައިރިއަށް އާސެނަލް. ފަހު ވަގުތު ވެސްޓް ހެމް ޖެހި ލަނޑު ވީއޭއާރުން ކެންސަލްކުރުމުން އެ ޓީމު ރެލިގޭޝަންގައި. މެންޗެސްޓާ ސިޓީގެ ދުއާ ވެސް ބިލާހަށް
10 މޭ 2026
1

މެޗުގެ 83 ވަނަ މިނިޓްގައި ލިއަންޑްރޮ ޓްރޮސާޑް ޖަހާލި ލަނޑުން އިނގިރޭސި ޕްރިމިއަ ލީގުގެ ތައްޓާ ދެ ފިޔަވަޅު ކައިރިއަށް އާސެނަލް ގެންގޮސްދީފި އެވެ. ނަމަވެސް އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގައި ލިބުނު ކޯނަރެއްގައި ވެސްޓް ހެމް ޔުނައިޓެޑުން އެއްވަރުކުރި ލަނޑު ވީއޭއާރުން ކެންސަލްކުރީ އެވެ.

މިއީ އެތައް ޒަމާނަކަށް ވާހަކަ ފެތުރިގެން ދާނެ ފަދަ ނިންމުމެކެވެ. އޭގެ ނުބައި އަސަރާއި ރަނގަޅު އަސަރު، ލީގުގެ އެންމެ ފަހުކޮޅު، އެތައް ޓީމަކަށް ކުރާނެ އެވެ.

މި މެޗު އެއްވަރުވި ނަމަ ރެލިގޭޝަނުން ސަލާމަތްވާން ވެސްޓް ހެމްއަށް ރަނގަޅު ފުރުސަތެއް ތަނަވަސްވީހެވެ. އޭރުން 17 ވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވާނެ އެވެ.

އެ ލަނޑު ކެންސަލްވުމުން ޓޮޓެންހަމްއަށް ދިރުމުގެ ނޭވާއެއް ލެވުނީ އެވެ. އެކަމަކު އާސެނަލް ފަހަތުން ވިއްދާފައި އޮތް މެންޗެސްޓާ ސިޓީއަށް، ތަށި ހޯދަން ހުޅުވެން އޮތް ފުރުސަތެއް ގެއްލުނީ އެވެ.

ފަބިއޯގެ ވާތުން ރާޔާގެ ކަރުގައި ޖެހިފައި

ވެސްޓް ހެމްގެ ގޯލު ކެންސަލްވީ ކޯނަރުގައި އައި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ހިފަން އުޅެނިކޮށް ވެސްޓް ހެމްގެ ޕަބްލޯގެ ވާތް، ރާޔާގެ ކަރުގައި ރަނގަޅަށް އަޅުވާފައި އޮތުމެވެ. ވީއޭއާރުން ނިންމީ އެއީ ފައުލެއް ކަމަށެވެ. ރެފްރީ ކްރިސް ކަވަނާ ގޮސް ވީޑިއޯއިން ބަލައި، އެކަން ކަށަވަރުކުރި އެވެ.

މި ފަހަރުގެ ލީގުގެ ޗެމްޕިއަންކަން ކަނޑައަޅާނީ އާސެނަލް އާއި ސިޓީގެ އެންމެ ފަހު ފަސް މެޗުންނެވެ. މިރޭގެ މޮޅާ އެކު އާސެނަލްގެ ފަސް މެޗުގެ ތެރެއިން ތިން މެޗުން އެ މޮޅުވީ އެވެ. ސިޓީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗު އެއްވަރުވެ ދެ ޕޮއިންޓް އޮތީ ގެއްލިފަ އެވެ. އެހެންކަމުން އާސެނަލްގެ ފަހު ދެ މެޗުން ޕޮއިންޓެއް އުނިވެގެން ނޫން ގޮތަކަށް ސިޓީއަށް ޗެމްޕިއަންކަން ލިބޭކަށް ނެތެވެ.

މި ވަގުތު އާސެނަލް އެވަނީ ފަސް ޕޮއިންޓްގެ ކުރިއެއްގަ އެވެ. އެކަމަކު އެއީ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

އިނގިރޭސި ޕްެރިމިއަ ލީގުގެ ޗެމްޕިއަންކަން އާސެނަލްއަށް ނުލިބޭތާ މިހާރު 22 އަހަރު ވެއްޖެ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ދެ ޓީމު

  • 1-

    އާސެނަލް، ކުޅުނު 36، ޖެހި 68، ވަން 26، ފައިދާ 42، ޕޮއިންޓް 79

  • 2-

    ސިޓީ، ކުޅުނު 35، ޖެހި 72، ވަން 32، ފައިދާ 40، ޕޮއިންޓް 74

ޕްރިމިއަ ލީގުގެ ފުލުގައި އޮތް ހަތަރު ޓީމު

(އަންނަ ސީޒަންގައި ރެލިގޭޓްވާނީ އެންމެ ފުލަށް ދާ ތިން ޓީމެވެ.)

  • 17 - ޓޮޓެންހަމް: ކުޅުނު 35، ޕޮއިންޓް 37

  • 18 - ވެސްޓް ހެމް، ކުޅުނު 36، ޕޮއިންޓް 36

  • 19 - ބާންލީ، ކުޅުނު 35، ޕޮއިންޓް 21

  • 20 - ވުލްވްސް، ކުޅުނު 36، ޕޮއިންޓް 18

ކޮމެންޓް (1)

ދައުރު ޑަފަ އެބޮ

11 މޭ 2026
ކަމޯން ގަނާސް.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް