ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަހު މެޗު މެޗުގައި ސްރީ ލަންކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ދިވެހި ކުޅުންތެރިން މިއަދު އުފާ ފާޅުކުރަނީ (ފޮޓޯ/ސާފް)

ގައުމީ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން މާދަމާ ރޭ އާޓިފިޝަލް ބީޗުގަައި ހަވާއަރުވަނީ

ސަރަހައްދީ ޗެމްޕިއަންކަން ހޯދި ޓީމު މާދަމާ ރޭ މާލެ އައިސް މާލޭގެ މަގުތަކުގައި ބުރު ޖެހުމަށް ފަހު އާޓިފިޝަލް ބީޗަށް ދިއުމުން ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާނެ
26 ޖެނުއަރީ 2026

ފުޓްސަލްގައި ސަރަހައްދީ ޗެމްޕިއަަންކަން ހޯދި ރާއްޖޭގެ ގައުމީ ޓީމަށް މަރުހަބާ ކިޔަން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ހަވާއަރުވަން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި ޕްރޮގްރާމްގައި އޮތް ގޮތުން ހަވާއަރުވާނީ ގައުމީ ޓީމު މާލޭގެ އަމިނީ މަގާމައި މަޖީދީ މަގުން ލޮރީގައި ބުރެއް ޖަހާފައި އާޓިފިޝަލް ބީޗަށް ފޭބުމުން ރައީސް މުހައްމަދު މުއިއްޒުގެ މަރުހަަބާ ވިދާޅުވުމަށް ފަހު އެވެ.

ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރައީސްގެ އަތްޕުޅަށް ގައުމީ ޓީމުން އަރުވާނެ އެވެ. އޭގެ ފަހުން ހަވާ ކުރިއަށް ދާނީ ތިން މިނިޓަށެވެ.

ސަަރަހައްދީ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ފުޓްސަލް ޓީމުގެ ކުޅުންތެރިން (ފޮޓޯ/ސާފް)

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އޮތް މުބާރާތުގެ ކާމިޔާބީއަށް ފަހު ރާއްޖޭގެ ޓީމު މާލެ އަަންނަނީ މާދަމާ ރޭ 7:45ގަ އެވެ. އެއާޕޯޓުން ޓީމަށް މަރުހަބާ ވިދާޅުވާނީ ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ އިސް ވެރިންނެވެ. އޭގެ ފަހުން ވީއައިއޭއިން ލޮރީއެއްގައި ޓީމު އަންނާނީ މާލެއަށެވެ. ބްރިޖުން ފައިބައިގެން އަމީނީ މަގުން ގޮސް އައިޖީއެމްއެޗު ކައިރިން ބޮޑުތަކުރުފާނު މަގުން ދަތުރުކޮށް ދެން އަޅާނީ މަޖީދީ މަގަށެވެ. އާޓިފިޝަލް ބީޗަށް ޓީމު ދާނީ މަޖީދީ މަގުންނެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރީ ލީގު އުސޫލުން ކުޅުނު ހަ މެޗުން ވެސް މޮޅުވެ ޖުމްލަ 18 ޕޮއިންޓް ހޯދައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް