މާލޭގައި މިހާރު ކުރިއަށް ދާ ވިމެން ކާވާ ކަޕްގައި ރާއްޖޭގެ ޓީމުން ޕޮއިންޓެއް ހޯދުމަށް ފަހު އުފާ ފާޅުކުރަނީ (ފޮޓޯ/ވީއޭއެމް)

ކާވާ ކަޕް ފައިނަލްގައި ރާއްޖެ އާއި ކިރިގިސްތާނުގެ ކުރިމަތިލުމެއް

އެއްވެސް މެޗަކުން ބަލިނުވެ ރާއްޖެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ރޭ ބަންގްލަދޭޝް ސީދާ ތިން ސެޓުން ބަލިކޮށްފައި
25 ޑިސެމްބަރު 2025

ރޭ ސޯޝަލް ސެންޓަރުގައި އަނެއްކާވެސް ގައުމީ އަންހެން ވޮލީބޯޅަ ޓީމު ދިވެހިންނަށް ހިތްހަމަޖެހުން ގެނެސްދީފި އެވެ. އަންހެނުންގެ ކާވާ ކަޕްގެ ސެމީ ފައިނަލްގައި އަވަށްޓެރި ބަންގްލަދޭޝްގެ މައްޗަށް ސީދާ ތިން ސެޓުގެ ކާމިޔާބީއެއް ހޯދީ އެވެ.

މި މޮޅާ އެކު މިރޭގެ ފައިނަލްގައި ކިރިގިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ރާއްޖޭގެ އަންހެން ޓީމަށް ހޯދުނު ކާމިޔާބީއެއް ނޫނެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިޔަކު ހަމަލާއެއް ފޮނުވާލަނީ: ރާއްޖެ ފައިނަލަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެ (ފޮޓޯ/ވީއޭއެމް)

މުބާރާތުގެ ލީގު ބުރުގެ ތިން މެޗުން ވެސް މޮޅުވެ އެއް ވަނަ ހޯދީ ރާއްޖެއިން ރޭ ބަންގްލަދޭޝް ބަލިކުރީ 25-17، 25-12، 15-12އިންނެވެ.

ކިރިގިސްތާން ފައިނަލަށް ދިޔައީ އިއްޔެ ހަވީރު އޮތް ސެމީ ފައިނަލް މެޗުގައި ސީދާ ތިން ސެޓުން އަފްގާނިސްތާން ބަލިކޮށްފަ އެވެ.

އިދިކޮޅު ޓީމުން ޕޮއިންޓެއް ހޯދިޔަ ނުދޭން ރާއްޖޭގެ ކުޅުންތެރިން އުނދަގޫ ބޯޅައަކަށް ހަރަކާތްތެރިވަނީ (ފޮޓޯ/ވީއޭއެމް)

މިދިއަ އަހަރު މާލޭގައި އޮތް ކާވާ ޗެލެންޖް ކަޕްގެ ފައިނަލްގައި ރާއްޖެ ވަނީ ކިރިގިސްތާން އަތުން 3-2 އިން ބަލިވެފަ އެވެ. އެކަމަކު މިހާރު ކުރިއަށްދާ މުބާރާތުގެ ލީގު ބުރުގައި ކިރިގިސްތާންގެ މައްޗަށް 3-1އިން ރާއްޖެއިން ކުރި ހޯދި އެވެ. މިއީ ހަ އަހަރުގެ ތެރޭގައި ކިރިގިސްތާން އަތުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް