އިންޑިއާ ދަތުރުގައި ދިއްލީގެ ކުޑަކުދިންތަކަކާއެކު މެސީ (ފޮޓޯ/ގެޓީ)
އިންޑިއާ ދަތުރު ނިންމާފައި މެސީ ހުރީ ރާއްޖޭގައި
ދުނިޔޭމެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ މިފަހުން އިންޑިއާ އަށް ކުރި 'ގޯޓް ޓުއާ' އަށް ފަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ.
އިންޑިއާ ދަތުރު ނިންމާލުމަށް ފަހު، މެސީ އާ އެކު އެ ދަތުރުގައި ބައިވެރިވި ފުޓްބޯޅަ ތަރި ލުއިސް ސުއަރޭޒް ވެސް ރާއްޖެ އަ އެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ކ. އަތޮޅުގައި އޮންނަ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.
މެސީ އިންޑިއާ އަށް ކުރި ދަތުރުގައި އެ ގައުމުގެ މައި ހަތަރު ސިޓީ އަކަށް ޒިޔާރަތްކޮށް ފޭނުންނާ ބައްދަލު ކުރި އެވެ. އެންމެ ފުރަތަމަ ދިޔަ ކަލްކަތާގައި މެސީގެ ފޭނުންނަށް މެސީ އާ ބައްދަލު ނުކުރެވި ހަމަނުޖެހުމެއް ވެސް ހިނގި އެވެ. ފަހުން މުމްބާއީ އަށާއި ދިއްލީ އަށް ކުރި ޒިޔާރަތުގައި އިންފުލުއެންސަރުންނާއި ބޮލީވުޑް ތަރިންނާ އެކު ވެސް މެސީ ފޮޓޯ ނެގި އެވެ.
ރާއްޖެ އަކީ މަޝްހޫރު ތަރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ކުޅިވަރު ތަރިންނާއި ފިލްމީތަރިންގެ އިތުރުން ދުނިޔޭގެ ބޮޑެތި މަހުޖަނުން އަހަރުގެ އެކި ހިސާބުތަކުގައި ޗުއްޓީ އަށް ރާއްޖެ އާދެ އެވެ.