ފުޓްބޯޅަ ތަރި ލިއޮނެލް މެސީ އިންޑިއާއަށް ކުރާ ޕްރޮމޯޝަން ދަތުރުގައި ކަލްކަތާގައި: އޭނާ ދެކިލަން ބޮޑު އަގުގައި އެތައް ހާސް ބަޔަކު ޓިކެޓް ގަތް

ލިއޮނެލް މެސީ

މެސީ ފެންނަ ގޮތް ނުވުމުން ކަލްކަތާގެ ފޭނުން ހަމައިން ނެއްޓިއްޖެ

މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމަށް މެސީގެ ފޭނުން ވަނީ ހަމަ ލޮލުން އޭނާ ދެކިލަން 133 ޑޮލަރު ހޭދަކޮށްފައި. އެކަމަކު އޮފިޝަލުންނާއި މަޝްހޫރު މީހުންތައް ވަށައިގެން ތިބުމުން ރަނގަޅަށް ފެންނަ ގޮތެއް ނުވި
13 ޑިސެމްބަރު 2025

ދުނިިޔޭގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ އިންޑިއާގެ ފުޓްބޯޅައިގެ މައި ސަހަރު ކަލްކަތާއަށް މިއަދު ކުރި ޒިޔާރަތުގައި އޭނާގެ ފޭނުންގެ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމާ  ކުރިމަތިވެއްޖެ އެވެ. އެކަމަކު އެ މީހުން ރުޅިއައީ މެސީ ދެކެއެއް ނޫނެވެ. އެމީހުން ހޭދަކުރި ފައިސާ ބޭކާރުވުމުންނެވެ.

ހަމަ ލޮލުން މެސީ ދެކިލަން ކަލްކަތާގެ ބިޔަ ސްޓޭޑިއަމް، ސޯލްޓް ލޭކް ސްޓޭޑިއަމަށް އެތައް ހާސް ފޭނުން ވަނީ 12،000 ރުޕީސް (133 ޑޮލަރު) ހޭދަކޮށްފަ އެވެ. އެ ސްޓޭޑިއަމް ތެރޭގައި މެސީ ހިނގަމުން ދިޔައީ، އޮފިޝަލުންނާއި އިންޑިއާގެ މަޝްހޫރު ބައެއް ޝަހުސިއްޔަތުތައް ވަށައިގެން ތިބެ އެވެ. އެކަމާ ހެދި އާންމުންނަށް އޭނާ ރަނގަޅަށް ފެންނަ ގޮތެއް ނުވި އެވެ.

ސްޓޭޑިއަމަށް މެސީ ވަންތާ 20 މިނިޓް ތެރޭގައި ސަލާމަތީ މީހުން ވަނީ ކުއްލިއަކަށް އޭނާ އެތަނުން ނެރެފަ އެވެ. ފޭނުންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނީ އެހާ ހިސާބުންނެވެ. ސްޓޭޑިއަމްގެ ގޮނޑިތަކާއި އެހެން އެއްޗެހި އުކާ، ހަމަނުޖެހުމަކަށް ބަދަލުވި އެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމަށް އޭނާ ދެކިލަން ވަން މީހުންނަށް އޭނާ ފެންނަ ގޮތް ނުވުމުން ހަމަނުޖެހުން ހިންގަނީ

މެސީ އިންޑިއާއަށް ދިޔައީ ކަލްކަތާ އާއި ހައިދުރަ އާބާދާއި މުމްބާއީ އަދި ނިއު ދިއްލީއަށް ކުރާ ޕްރޮމޯޝަން ދަތުރެއްގަ އެވެ.

"ހަމައެކަނި ސިޔާސީ ލީޑަރުންނާއި ފިލްމީ ތަރިން އޭނާ ވަށައިގެން ތިބީ. އެހެންވިއްޔާ ކީއްކުރަން އަހަރެމެން ވެއްދީ؟ އަހަރެމެން ޓިކެޓް ގަތީ 12،000 ރުޕީސްއަށް. އެކަމަކު އަހަރެމެންނަށް އޭނާގެ މޫނު ފެންނަ ވަރު ވެސް ނުވި،" ދަނޑަށް ވަން މީހަކު ބުންޏެވެ.

އެހެން ފޭނަކު ބުނީ މެސީ ދެކިލުމުގެ އުއްމީދުގައި ބައެއް މީހުން އެ މީހުންގެ އެއް މަހުގެ މުސާރަ ހޭދަކުރި ކަމަށެވެ.

"އަހަރެން 5،000 ރުޕީސް ހޭދަކުރިން. ދަރިފުޅާ އެކު ދަނޑަށް ވަނީ މެސީ ދެކިލަން، ސިޔާސީ މީހުން ބަލާކަށެއް ނޫން،" އެހެން ފޭނެއް ބުންޏެވެ.

"ފުލުހުންނާއި ސިފައިން އޭނާއާ އެކު ސެލްފީ ވެސް ނެގި."

އިތުރު އާޓިކަލް

އިތުރު އާޓިކަލް