އެމެރިކާގެ ވެރިރަށުގައި އޮތް ވޯލްޑް ކަޕްގެ ގުރުނެގުމުގައި މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ
ވޯލްޑް ކަޕް: އާޖެންޓީނާ ހިމެނޭ ގްރޫޕްގައި އަލްޖީރިއާ، ޖޯޑަން އަދި އޮސްޓްރިއާ
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ގްރޫޕް ސްޓޭޖްގައި އަލްޖީރިޔާ، އޮސްޓްރިޔާ އަދި ޖޯޑަންއާ ވާދަކުރަން ޖެހިއްޖެ އެވެ.
އެންމެ ފަހުން ގަތަރުގައި އޮތް މުބާރާތުގެ ފައިނަލްގައި ފްރާންސް ބަލިކޮށް ތަށި ނެގި އާޖެންޓީނާއަށް މިއީ ނިސްބަތުން މާ އުނދަގޫ ގްރޫޕަކަށް ވެދާނެ ކަމަކަށް ނުބެލެވެ އެވެ.
ވޯލްޑް ކަޕް ހުޅުވުން އޮންނާނީ 11 ޖޫން 2026ގައި، މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގަ އެވެ. ވާދަކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާ އެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އޮތް ގުރުނެގުމުގެ ބޮޑު ރަސްމިއްޔާތުގައި ފީފާ ރޭންކިންގައި މިވަގުތު ގަދަ ހަތަރެއްގައި އޮތް ސްޕެއިން، އާޖެންޓީނާ، ފްރާންސް އަދި އިންގްލެންޑަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. މި ހަތަރު ޓީމަށް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަން އެންމެ އަވަހަށް ވެސް ޖެހޭނީ ސެމީ ފައިނަލްގަ އެވެ.
މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާގައި ކުޅޭ މި މުބާރާތަކީ 48 ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖް ބަހާލާފައި އޮތީ ހަތަރު ޓީމު ހިމެނޭ 12 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ނޮކްއައުޓް ސްޓޭޖަށް ދާނެ އެވެ. ދެން އެ ފުރުސަތު އޮންނާނީ އެންމެ ރަނގަޅު ނަތީޖާއެއްގައި ގްރޫޕްގެ ތިން ވަނަ ހޯދާ އަށް ޓީމަށެވެ.
މެޗުތައް އޮންނާނެ ތަންތަނާއި ވަގުތު އެނގޭނީ މިއަދު އެކަމަށް ބާއްވާ ހާއްސަ ގުރުނެގުމުގަ އެވެ. އެކަމަކު މުބާރާތް ބާއްވާ ތިން ގައުމު ހިމެނޭ ގްރޫޕް މެޗުތައް އޮންނާނީ އެ ގައުމެއްގަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕްތައް ބެހުނު ގޮތް
-
ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ސައުތު ކޮރެޔާ، ޔޫއެފާގެ ޕްލޭ އޮފް ގްރޫޕް ޑީ
-
ގްރޫޕް ބީ: ކެނެޑާ، ގަތަރު ސްވިޓްޒަލެންޑް، ޔޫއެފާ ޕްލޭ އޮފް ގްރޫޕް އޭ
-
ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ހެއިޓީ، ސްކޮޓްލެންޑް
-
ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިޔާ، ޔޫއެފާ ޕްްލޭއޮފް ގްރޫޕް ސީ
-
ގްރޫޕް އީ: ޖަރުމަން، ކްރެކާއޯ، އައިވަރީ ކޯސްޓް، އިކުއެޑޯ
-
ގްރޫޕް އެފް: ނެދަލެންޑްސް، ޖަޕާން، ޓިއުނީޝިއާ، ޔޫއެފާ ޕްލޭއޮފް ގްރޫޕް ބީ
-
ގްރޫޕް ޖީ: ބެލްޖިއަމް، މިސްރު، އީރާން، ނިއު ޒީލެންޑް
-
ގްރޫޕް އެޗު: ސްޕެއިން، ކޭޕް ވާޑޭ، ސައުދީ އަރަބިޔާ، އުރުގުއޭ
-
ގްރޫޕް އައި: ފްރާންސް ސެނެގޯލް، ނޯވޭ، ފީފާ ޕްލޭއޮފް 2
-
ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިޔާ، އޮސްޓްރިޔާ، ޖޯޑަން
-
ގްރޫޕް ކޭ: ޕޯޗުގަލް، އުޒުބަކިސްތާން، ކޮލަމްބިއާ، ފީފާ ޕްލޭއޮފް 1
-
ގްރޫޕް އެލް: އިންގްލެންޑް، ކްރޮއޭޝިއާ، ގާނާ، ޕެނަމާ
ޔޫއެފާ ޕްލޭއޮފް ގްރޫޕްތަކުން ވޯލްޑް ކަޕަށް ހޮވޭނީ ގްރޫޕްގެ އެއްވަނަ އެވެ. މި މެޗުތަކުގައި ވާދަކުރަނީ:
-
ގްރޫޕް އޭ: އިޓަލީ، ވޭލްސް، ބޮސްނިއާ، ނޯދަން އަޔަލެންޑް
-
ގްރޫޕް ބީ: ޔުކްރެއިން، ޕޮލެންޑް، އަލްބޭނިއާ، ސްވިޑުން
-
ގްރޫޕް ސީ: ތުރުކީ، ސޮލެވޭކިއާ، ކޮސޯވޯ، ރޫމޭނިއާ
-
ގްރޫޕް ޑީ: ޑެންމާކް، ޗެކް ރިޕަބްލިކް، އަޔަލެންޑް، ނޯތު މެސެޑޯނިއާ
ފީފާ ޕްލޭއޮފް މެޗުތަކުގައި ވާދަކުރަނީ:
-
ޕްލޭއޮފް 1: ޑީއާރު ކޮންގޯ، ޖެމެއިކާ، ނިއު ކެލެޑޯނިއާ
-
ޕްލޭއޮފް 2: އިރާގު، ބޮލީވިއާ، ސުރިނޭމް