ފުޓްސަލް މެޗެއް ކުރިއަށް ދަނީ: ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ފުޓްސަލް މުބާރާތްތައް ބާއްވާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުޓްސަލް

ފުޓްސަލް ގައުމީ ސްކޮޑަށް ހުރަސްއެޅޭ ގޮތަށް މެޗުތައް ނުރާވަން އެފްއޭއެމުން އެދެފި

ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމުގެ ޕްރެކްޓިސް 1 ޑިސެމްބަރުގައި ފަށާއިރު އެފްއޭއެމުން އިލްތިމާސްކުރަނީ ގައުމީ ކުޅުންތެރިން ހިމެނޭ ގޮތަށް ވަކި މުއްދަތަކަށް މެޗުތަކާއި މުބާރާތްތައް ނުބާއްވަން
22 ނޮވެމްބަރު 2025
2

ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރުކުރާ އިރު 1 ޑިސެމްބަރުން 26 ޖެނުއަރީ 2026ގެ ނިޔަލަށް، ގައުމީ ސްކޮޑްގެ ކުޅުންތެރިން ހިމެނޭހެން މެޗުތަކާއި މުބާރާތްތައް ނުބާއްވަން އެފްއޭއެމުން މިއަދު އެދިއްޖެ އެވެ.

ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް އޮންނާނީ ތައިލެންޑްގައި 13-26 ޖެނުއަރީ 2026ގަ އެވެ. މި މުބާރާތުގައި ފިރިހެން އަދި އަންހެން ގައުމީ ޓީމު ވެސް ވާދަކުރާނެ އެވެ.

ރާއްޖޭގައި އެކި ފަރާތްތަކުން އިންތިޒާމްކުރާ ގިނަ އަދަދެއްގެ ފުޓްސަލް މެޗުތަކާއި މުބާރާތްތައް، އެކި ރަށްރަށުގައި ބާއްވަ އެވެ. އެހެންކަމުން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި އެދުނީ ގައުމީ ސްކޮޑްގެ ކުޅުންތެރިން ހިމެނޭ މެޗުތަކާއި މުބާރާތްތައް ވަކި މުއްދަތަކަށް ނުބޭއްވުމަށެވެ.

"ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން އަލަަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ޓީމުތަކުގެ ފަރިތަކުރުންތަކަށް ފުށުއަރާ ގޮތަށް، 1 ޑިސެމްބަރު 2025 ދުވަހުން ފެށިގެން 26 ޖެނުއަރީ 2026ވަނަ ދުވަހާ ދެމެދު އަމިއްލަ ފަރާތްތަކާއި  ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކުން އެކި މެޗުތަކާއި މުބާރާތްތައް ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން ހިމަނައިގެން ރާވާ އިންތިޒާމް ނުކުރުމަށް މި އެސޯސިއޭޝަނުން އިލްތިމާސްކުރަމެވެ،" އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް އޭޝިއާގެ ތަޖުރިބާކާރެއް ކަމަށްވާ އުޒުބަކިސްތާނުގެ ފިރިހެން ގައުމީ ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވް ވަނީ ހަމަޖައްސައިފަ އެވެ. މިއީ ފުޓްސަލްގައި އޭޝިއާގެ ހަތަރު ވަނާގައި އުޅޭ އުޒުބަކިސްތާނުގެ ވެސް މޮޅު ކޯޗެކެވެ.

އެފްއޭއެމުން ބުނީ ގައުމީ ފިިރިހެން ޓީމުގެ އިތުރުން ގައުމީ އަންހެން ޓީމުގެ ޕްރެކްޓިސް ވެސް ކުރިއަށް ދާނީ ޒަކިރޯވްގެ އިރުޝާދުގެ ދަށުން ކަމަށެެވެ.

ކޮމެންޓް (2)

އަލީމްބެ ގެ ކޮއްކޮ

23 ނޮވެމްބަރު 2025
ކަންތަކާ ޖެހެނީ ދޯ. މި މީހުން ކަމެއް ކުރަންޏާ އެހެން މީހުން އޮބި އަޅުވާފަ ނޫނީ ކަމެއްވާ ކަމަކަށް ނުވޭ
0 0

ޓޮމް އެންޑް ޖެރީ

23 ނޮވެމްބަރު 2025
އެފް އޭ އެމް ހިންގަން ނޭގުނީމަ ކުޅިވަރަކީ ކޮން އެއްޗެއްކަން ނޭގުނީމަ، ގައުމު ހުއްޓުވާފަވެސް ކަމެއް ވޭތޯ ތި ބަލަނީ ކުޑަކުދިން މައިން ބަފައިން ކައިރީ ޝަކުވާ ކުރާ ގޮތައް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް