ނެޝަނަލް ޖޫނިއަ ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ކުޑަކުދިންގެ ރާޅާއެޅުމުގެ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި
ނެޝަނަލް ޖޫނިއަ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ތިން ދުވަހަށް މާލޭ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވި އެވެ.
މި ކެޓަގަރީތަކަކީ:
-
18 އަހަރުން ދަށުގެ ފިރިހެން ކުދިން
-
18 އަހަރުން ދަށުގެ އަންހެން ކުދިން
-
16 އަހަރުން ދަށުގެ ފިރިހެން ކުދިން
-
14 އަހަރުން ދަށުގެ ފިރިހެން ކުދިން
މިއީ ޖޫނިއަ ސާފިން މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އާ އެކު ވެފައިވާ އެއްބަސްވުން ވަނީ މިދިޔަ އަހަރު އާކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ސާފިންގައި ޒުވާން ހުނަރުވެރިން އުފައްދައި ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނެޝަނަލް ޖޫނިއަ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.