ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025ގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ އެހީގައި ބޭއްވި ގައުމީ ޓެނިސް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

9 ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގައި 9 ކެޓަގަރީއަކުން 138 ކުޅުންތެރިން ބައިވެރިވި
23 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ނުވަ ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގައި 9 ކެޓަގަރީއަކުން 138 ކުޅުންތެރިން ބައިވެރިވި އެވެ.

ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބީއެމްއެލް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާ އެކު ވަނީ އެއްބަސްވެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025ގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025ގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

މި މިބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނަށް މިދިޔަ އާދީއްތަ ދުވަހު ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް