ފީފާގެ ރައީސް އިންފަންޓީނޯ: އޭނާ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ

އެފްއޭއެމް

ފީފާގެ ރައީސްއަކު 19 އަހަރަށް ފަހު ރާއްޖެ ވަޑައިގަންނަވަނީ

ފީފާގެ ރައީސް އިންފަންޓީނޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހުކުރު ދުވަހު
21 އޮކްޓޯބަރު 2025
2

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ހަފްތާ ބަންދުގައި ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވި ގޮތުގައި:

  • އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 24 ވަނަ ދުވަހު، އަންނަ ހުކުރު ދުވަހު 

  • މިއީ މިދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސްއަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރު 

ފީފާގެ ރައީސްއަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2006ގަ އެވެ. 

ތަފްސީލް - މިއީ ތާރީހީ ދަތުރެއްކަން ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންފަންޓީނޯގެ މި ދަތުރަކީ:

  • ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް

  • އެ މަސައްކަތުގައި ފީފާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮތްކަމުގެ މިއީ ފުރިހަމަ ރަމުޒެއް

"މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީއަށް ކުރާ މަސައްކަތަށް ހަލުވިކަން އަންނާނެ. އަދި ފީފާ އާއި އެފްއޭއެމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.

އެނގުން މުހިންމު - އެފްއޭއެމް ހިޔާނާތާއި ފަސާދައިގެ ތެރެއަށް ގެބި ދިވެހި ފުޓްބޯޅަ ވަރަށް ބޮޑަށް ވަޅު ޖަހައި މުޅި އެފްއޭއެމް މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓިފައި ވަނިކޮށް މިދިޔަ ޖުލައި މަހު އެފްއޭއެމްގެ ކޮންގްރެސްއެއް ބާއްވާ ތޯރިގު ރައީސްއަކަށް އައްޔަންކޮށް އާ ހިންގާ ކޮމިޓީއެއް ވަނީ އިންތިހާބުކޮށްފަ އެވެ. އެއާ އެކު:

  • ފުޓްބޯޅަ އަލުން ދިރުވަން އެފްއޭއެމުން ވަނީ އާ މަސައްކަތްތަކެއް ފަށައިފައި

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އިދާރާގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކުށް ސާބިތުވެ މިފަހުން އޭނާ ވަނީ ހަތަރު އަހަރަށް ޖަލަށް ލައިފަ އެވެ. އަދިވެސް އިތުރު މައްސަލަތައް އޭނާގެ މައްޗަށް ކޯޓުގައި ކުރިއަށް އެބަދެ އެވެ. 

ކޮމެންޓް (2)

ޒައްރު ހުސޭނު

21 އޮކްޓޯބަރު 2025
ބަލަގަ.ތޯރިގު ރައީސްއަކަށް އައްޔަންކުރީ ކޮންއިރަކު؟ އިންތިޚާބު ކުރީ.އެންމެ މީހަކު ކުރިމަތިލުން އެއީ އެހެންކަމެއް ތާ ދޯ.ފުޓު ބޯޅައަކީ ފައިސާ.އެހެންވީމާ އަތުގަ ހޭކެންޏާ ދަތުގަވެސް ހޭކޭނެ.އިންފަންޓީނޯ އައިސް ކުރާ ވަޢުދުތައް އަޑުއަހަމާ ހިނގާ.
2 0

ސުނާރު

21 އޮކްޓޯބަރު 2025
ބައްސާމުގެ ވަތުކިބަ، އެސޮރު ޖަލަށް ލީމަ ހިތްކުދިކުދިވެ އެސޮރު ބަލާކަންނޭގެ އެ އަންނަނީ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް