ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އިންޓަސްކޫލް ފެތުމުގެ މުބާރާތް ނިންމާލައިފި

މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ބައިވެރިވި
19 އޮކްޓޯބަރު 2025

ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތް މިއަދު ނިންމާލައިފި އެވެ.

ހަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގަ އެވެ.

މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ބައިވެރިވި އެވެ. މި ދަރިވަރުން ބައިވެރިވީ ފްރީސްޓައިލް، ބެކްސްޓްރޯކް، ބްރެސްޓްސްޓްރޯކް އަދި ބަޓަފްލައި ފަދަ ތަފާތު އިވެންޓްތަކުގަ އެވެ.

  • ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

މި މުބާރާތުން ވަނަ ހޯދި ދަރިވަރުންނަށް މިއަދު ބޭއްވި މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.

ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނާ އެކު އެކްސްކްލޫސިވް ޕާޓްނަޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރު އެ ބޭންކުން ވަނީ ސްވިމިން އެސޯސިއޭޝަނާ އެކު ގާއިމުކޮށްފައިވާ ޕާޓްނަޝިޕް އިތުރު 3 އަހަރުގެ މުއްދަތަކަށް އާކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް