ކ. ހުރާގައި ކުރިއަށްގެންދިޔަ މަސްރޭހުގެ ތެރެއިން. (ފޮޓޯ/އުރީދޫ)
ހުރާގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަނަކަށް 'ޓީމް ބާކީ'
އުރީދޫ މޯލްޑިވްސްއިން މިދިޔަ ހުކުރު ދުވަހު ކ. ހުރާގައި ކުރިއަށްގެންދިޔަ މަސްރޭސް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މި މަސްރޭހުގައި މާލެ ސަރަހައްދުން 19 ޓީމެއް ވާދަކުރި އެވެ.
ތަފްސީލް - މި މަސްރޭހުގައި:
-
ޗެމްޕިއަން - ޓީމް ބާކީ؛ ޖުމްލަ 544.5 ޕޮއިންޓާ އެކު 25،000ރ.ގެ ފައިސާގެ އިނާމު
-
ދެ ވަނަ - ޓީމް ނޮރަ؛ 489.8 ޕޮއިންޓާ އެކު 10،000ރ.ގެ ފައިސާގެ އިނާމު
-
ތިން ވަނަ - ޓީމް އަނަންތަރާ؛ 370 ޕޮއިންޓާ އެކު 5،000ރ.ގެ ފައިސާގެ އިނާމު
މީގެ އިތުރުން، ހާއްސަ އެވޯޑުތަކުގެ ތެރޭގައި:
-
އެންމެ ބަރު މަސް: ޓީމް އަނަންތަރާގެ މަލާޒް 20.6 ކިލޯގެ ފާނަ (8 ބާ)
-
އެންމެ މޮޅު މަސްވެރިޔާ (ފިރިހެން): 36 މަސް ބާނައިގެން ކްލަބް އެމްޓީސީސީގެ ޒިޔާދަށް ހައި ފިޝިން އިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗުޑީ) ދޮއްޓެއް
-
އެންމެ މޮޅު މަސްވެރިޔާ (އަންހެން): 7 މަސް ބާނައިގެން ސްޓެލްކޯގެ އަމީނާއަށް ހައި ފިޝިންއިން ސްޕޮންސަކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާރ (އެޗުޑީ) ދޮއްޓެއް
ފާހަގަކޮށްލެވޭ - އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ކުރިއަށް ދަނީ ކ. ހުރާ އާއި ށ. ފުނަދޫގަ އެވެ.
މިއަހަރު ކުރިއަށް ދަނީ މަސްރޭހުގެ 16 ވަނަ އެޑިޝަން، އުރީދޫ މަސްރޭހަކީ ދިވެހި މުޖުތަމައުގައި މަގުބޫލުކަން ހޯދާފައިވާ އެއްބައިވަންތަކަމާއި ސަގާފަތާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ރޭހެކެވެ.