ސްލެކްލައިނިން ޗެމްޕިއަން ޔާން ރޫސޭ ރާއްޖޭގައި ޖެއްސި ޗެލެންޖު. (ފޮޓޯ/އެމްއެމްޕީއާރުސީ)

ވޯޓާ ސްޕޯޓްސް

ހިނގާލާފައި އެ ދިޔައީ ވައިގެ ތެރެއިން، ހިމަ ފަށެއްގެ މަތިން

ސްލެކްލައިނިންގައި ޔާން ރޫސޭއަކީ އާ ނަމެއް ނޫނެވެ. އޭނާ ވަނީ ސްލެކްލައިނެއްގެ މަތިން ދުބާއީގެ އުސް އިމާރާތްތަކުގެ ދެމެދުގައި ހިނގާފަ އެވެ. އަދި ތުރުކީގައި އެއް ބައްރުން އަނެއް ބައްރަށް ވެސް ހުރަސްކޮށްފަ އެވެ. އެކަމަކު މިއީ އޭނާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ޗެލެންޖެވެ.

އިހަކަށް ދުވަހު މީހަކު އެ ދިޔައީ ހިމަ ފަށެއްގެ މަތިން ހިނގާލާފަ އެވެ. ރާއްޖޭގެ ސާފު ވައިގެ ތެރެއިން، މޫދުގެ ރާޅުތަކުގެ މަތިންނެވެ. ހަށިގަނޑު ބެލެންސް ކުރުމުގެ މައްޗަށް ބިނާވާ މި ކުޅިވަރަށް ކިޔާ އުޅެނީ ސްލެކްލައިނިން އެވެ. ފަށުގެ އެއްކޮޅު އައްސާފައި ހުރީ ދުއްވާފައި ދިޔަ ލޯންޗެއްގަ އެވެ. އަދި އަނެއްކޮޅު އައްސާފައި ހުރީ އެއަށް ވުރެ މާ މަތިން އުދުހިފައިދިޔަ ޕެރަސެއިލްއެއްގަ އެވެ.

އެއީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެސްޓޯނިއާއަށް ނިސްބަތްވާ ރެޑް ބުލްގެ އެތުލީޓު ޔާން ރޫސޭއަކީ ސްލެކްލައިނިންގައި އާ ނަމެއް ނޫނެވެ. އޭނާ ވަނީ ސްލެކްލައިނެއްގެ މަތިން ދުބާއީގެ އުސް އިމާރާތްތަކުގެ ދެމެދުގައި ހިނގާފަ އެވެ. އަދި ތުރުކީގައި އެއް ބައްރުން އަނެއް ބައްރަށް ވެސް ހުރަސްކޮށްފަ އެވެ.

ނަމަވެސް މިއީ ސްލެކްލައިނިންގައި ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރޫސޭ މިކަމުގައި މިހާތަނަށް ކުރިމަތިލި އެންމެ އުނދަގޫ ޗެލެންޖެވެ.

"މިއީ އަހަރެންގެ އެންމެ އުނދަގޫ ޕްރޮޖެކްޓް،" ރޫސޭ ބުންޏެވެ.

"ބޯޓަކާއި ޕެރަސައިލްއަކާ ދެމެދު ހިނގާފައި ދިޔުން. އެއީ އަބަދު ބަދަލުވޭ ވޭ ހުންނަ ދެ ޕޮއިންޓް. ވަޔާއި ފެނާއި ފަށަށް އަންނަ ގޮތްނޭނގޭ ބަދަލުތަކާ ވެސް ކުރިމަތިލާން ޖެހުނު. މުޅިން އާ ވިސްނުމަކަށް، ބެލެންސިންގެ އާ ގޮތްތަކަކަށް ދާން ޖެހުނީ."

ސްލެކްލައިނިން ޗެމްޕިއަން ޔާން ރޫސޭ. ރާއްޖޭގައި އޭނާ ޖެއްސި ޗެލެންޖު ކާމިޔާބުކުރަން ހަފްތާއެއް ހޭދަވި. (ފޮޓޯ/އެމްއެމްޕީއާރުސީ)

އެމްއެމްޕީއާރުސީ އާއި ރެޑްބުލް ގުޅިގެން އިންތިޒާމުކުރި މި ޗެލެންޖު ކުރިއަށްގެންދިޔައީ ނ. އަތޮޅުު، ސިޔާމް ވޯލްޑް މޯލްޑިވްސް ކައިރިންނެވެ. މި ޗެލެންޖަށް ތައްޔާރުވުމަށްޓަކައި ރޫސޭގެ ޓީމުން ވަނީ ތަފާތު ބަންޖީ ސިސްޓަމަކާއި ޕެރެސައިލް ޓޮގްލްތަކެއް ބޭނުންކޮށްގެން ކަސްޓަމް ރިގެއް ހަދާފަ އެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޗެލެންޖު ރޫސޭއަށް ނިންމާލެވުނީ 34 ފަހަރު މަސައްކަތް ކޮށްގެންނެވެ. އެއީ ސްލެކްލައިން އިންޖިނިއަރިން އާއި އެތެލެޓިކް އެންޑިއުރެންސްގެ ލިމިޓުތައް ދެނެގަނެގެ، ރޫސޭ އާއި ޕެރަސެއިލް ޕައިލެޓާއި ބޯޓުގެ ކެޕްޓްގެ މެދުގައި ބަރާބަރަށް ކޯޑިނޭޓު ކޮށްގެންނެވެ.

ސްލެކްލައިނިން ޗެމްޕިއަން ޔާން ރޫސޭ ރާއްޖޭގައި ޖެއްސި ޗެލެންޖު. (ފޮޓޯ/އެމްއެމްޕީއާރުސީ)

އެމްއެމްޕީއާރުސީގެ އަމާޒަކީ، އެ ކުންފުނިން ބުނި ގޮތުގައި، މިފަދަ ތަޖުރިބާތައް ވެސް ކުރަން އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ ދައްކާލުމެވެ.

"ވިދިވިދިގެން ފަސް އަހަރު ދުނިޔޭގެ ލީޑިން މަންޒިލެއްގެ ހައިސިއްޔަތުން ރާއްޖެއަކީ ގުދުރަތީ ރީތިކަމުގެ އިތުރުން، ތަފާތު ތަޖުރިބާގެ ފުރުސަތުތައް ދުނިޔެއަށް ހުޅުވައިދޭ ގައުމެއް،" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޫސޭގެ ޕްރޮޖެކްޓަކީ މިފަދަ ކޮންޓެންޓު ހޯސްޓުކުރަން ރާއްޖެއިން ދޭ އަހަމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓް (1)

މަލްނާ

13 ޖުލައި 2025
ޝިއުރީ ކައިރި ބުނެބަލަ ކީއްވެ ހޭ އިންޑިއާ 3 އަކަށް އައިއްސަ ކުރިން އިންޑިއާ އޮތް 8 ވަނަ އަށް ރާއްޖެ ފޭބީ ޓެލެގްރާފު އެވޯޑްސް ގަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް