ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ އަޝްރަފް ހަކީމީ އާއި ފެބިއަން ރުއިޒް އުފާ ފާޅުކުރަނީ. ޕީއެސްޖީ މޮޅުވީ 4-0 އިން

އެމްބާޕޭ ދަނޑުގައި ގޮތެއް ނުހެދި، ޕީއެސްޖީ އެ ޖެހީ ހަތަރު ލަނޑު

ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ބޮޑު ތަފާތަކުން ބަލިކޮށް ފައިނަލަށް ދިއުމަކީ ޕީއެސްޖީގެ ކުރީގެ ތަރިއަށް ވެސް ހިތްދަތިކަމެއް
10 ޖުލައި 2025

ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ ޗެމްޕިއަންސް ލީގުގެ ތަށި ވެސް ހޯދުމުގެ އުއްމީދުގަ އެވެ. އެކަމަކު މިއަދު ފަތިހު އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގެ ދަނޑު މަތީގައި ކީިލިއަން އެމްބާޕޭއަށް ގޮތެއް ނުހެދި އުޅެނިކޮށް ޕީއެސްޖީން ހަތަރު ލަނޑު ޖަހައި، ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ އެވެ.

ޔޫރަޕްގެ ބޮޑު މި ދެ ޓީމުގެ ވާދަކުރުން ބަލަން 77،000 އަށް ވުރެ ގިނަ މީހުން ދަނޑަށް ވަދެ ތިއްބެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ފުރަތަމަ ހާފުގައި މެޗު ގާތްގަނޑަކަށް ނިންމައިފި އެވެ. ހަ ވަނަ މިނިޓްގައި ފެބިއާން ރުއިޒް، ނުވަ ވަނަ މިނިޓްގައި އުސްމާން ޑެމްބެލޭ އަދި 24 ވަނަ މިނިޓްގައި ރުއިޒްގެ ދެވަނަ ލަނޑު ޖަހައި، 3-0 އަށް ބަދަލުކޮށްލި އެވެ.

ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު އައީ 87 ވަނަ މިނިޓްގައި ގޮންކަލޯ ރާމޯސްގެ ފަރާތުންނެވެ.

މި ނަތީޖާއާ އެކު ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކްލަބަކީ ލުއިސް އެންރީކޭގެ ޕީއެސްޖީކަން ސާބިތުކޮށްދީފި އެވެ.

ކްލަބް ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި ބަޔާން މިޔުނިކް 2-0 އިން ބަލިކުރި އެވެ. އޭގެ ކުރިން ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިޓަލީގެ އިންޓަ މިލާން 5-0އިން ބަލިކޮށްލީ ވެސް ފަސޭހަކޮށެވެ.

ކްލަބް ވޯލްޑް ކަޕްގައި އިންޓަ މިލާންގެ މައްޗަށް ހޯދި 4-0ގެ ކާމިޔާބިއަކީ ވެސް، ޕީއެސްޖީގެ ހަލުއި އަދި މޮޅު ކުޅުން ހުއްޓުވާލެވޭ ވަރުގެ އެހެން ބަޔަކު އަދި ނެތްކަން ސާބިތުކޮށްދިން ނަތީޖާއެކެވެ.

ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް