ހުޅުމާލެ ރަން

ހުޅުމާލެ ރަން: މި ހަފުތާގެ ބުރާސްފައްޗާ ހަމައަށް ފުރުސަތު

4 ޖުލައިގައި ބާއްވާ ރޭސް ހާއްސަކޮށްފައި ވަނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު އަދި ކުޑަކުދިންނަށް 1 މޭލްގެ ރާސްތަކަށް
22 ޖޫން 2025
1

ރޭހަކަށް ފަހު ރޭހެއް ހުޅުމާލޭގައި ކުރިއަށް އެބަ ދެ އެވެ. ދުވުންތެރިންނަށް ވެސް އިތުރު ފުރުސަތުތަކެކެވެ. ދެން އެންމެ އަވަހަށް އޮންނާނީ 4 ޖުލައިގައި ބާއްވާ 'ހުޅުމާލެ ރަން' އެވެ.

އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމްކުރާ މި ރޭސް ހާއްސަކޮށްފައި ވަނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު އަދި ކުޑަކުދިންނަށް 1 މޭލުގެ ދުވުމަށެވެ.

އެލީޓްގެ އެއް ބާނީ އަދި ދިގު ދުވުންތެރިޔާ އަހުމަދު ޝަރަފް ބުނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތިދުވަސް، 26 ޖޫންއާ، ހަމައަށް އޮންނާނެ ކަމަށެވެ.

ހުޅުމާލެ ރަންގައި ހިމެނޭ ކޮންމެ ބަޔަކަށް ވެސް އިނާމު ވަނީ ހުށައަޅާފައި

"އަޅުގަނޑުމެންގެ މި އަހަރުގެ ޓާގެޓާ ހަމައަށް ގާތްގަނޑަކަށް މިހާރު ދެވިއްޖެ. މި މަހު ރޭހުގައި ބައިވެރިވާ އަދަދު އައީ ގިނަވަމުން،" ޝަރަފް ބުންޏެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށައި އަދި އެތަނަށް ނިންމާ ގޮތަށް އޮންނަ ރޭހުގައި ރަޖިސްޓްރީކުރަން ފީއެއް ނަގަ އެވެ. އެގޮތުން:

  • 10 ކިލޯމީޓަރުގެ ރޭސް: 420ރ

  • 5 ކިލޯމީޓަރުގެ ރޭސް: 310ރ

  • 1 މޭލު ރޭސް (12 އަހަރުން ދަށް): 150ރ

ހުޅުމާލެ ރަން ބެހިފައިވާ ގޮތް:

  • 10 ކިލޯމީޓަރު އޯޕަން

  • 10 ކިލޯމީޓަރު، 41 އަހަރުން މަތީގެ މާސްޓާ ކެޓެގަރީ

  • 5 ކިލޯމީޓަރު އޯޕަން

  • 5 ކިލޯމީޓަރު 5-17 އަހަރާ ދެމެދުގެ ކުދިންނަށް

  • 1 މޭލު ރޭސް (12 އަހަރުން ދަށުގެ ކުދިންނަށް)

މިދިއަ އަހަރު ބޭއްވި 'ހުޅުމާލެ ރަަން'ގެ ކުޑަކުދިންގެ 1 މޭލު ރޭހުގައި ކުޑަކުދިންތަކެއް ދުވަނީ

މީގެ ތެރެއިން 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭސް ފަށާނީ ހެނދުނު 6:00 ގަ އެވެ. ކުޑަކުދިންގެ 1 މޭލުގެ ރޭސް ފަށާނީ 7:00ގަ އެވެ.

ޝަރަފް ބުނީ ހުރިހާ ވެސް އަމާޒަކީ މިދިއަ އަހަރަށް ވުރެ ރަނގަޅަށް މި އަހަރުގެ ރޭހުގެ ހުރިހާ ކަމެއް ވެސް އިންތިޒާމްކޮށް، ދުވުންތެރިންނަށް ވެސް މުހިންމު ވާދަކުރުމަކަށް ހެދުން ކަމަށެވެ. އެހެންވެ ރޭހުގެ ހުރިހާ ބައިތަކުން ވެސް ވަނަ ހޮވައި، ފައިސާގެ އިނާމު ދެ އެވެ. އޭގެ އިތުރުން ބައިވެރިންގެ މެދުގައި ގުރު ނަގައިގެން ވެސް ހާއްސަ އިނާމުތައް ވަނީ ހުށައަޅައިފަ އެވެ.

މިދިއަ އަހަރުގެ 'ހުޅުމާލެ ރަަން'ގައި ދުވުންތެރިން ދުވަނީ

ރޭހަށް ރަޖިސްޓްރީކުރާ މީހުންގެ ތެރެއިން 25 ނަސީބުވެރިން ހޮވަ އެވެ. އެ ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

  • އެކަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ހިލޭ

  • އެކަކަށް މެލޭޝިއާގެ ދެ ކޮޅު ޓިކެޓް %50 ޑިސްކައުންޓަކާ އެކު

  • ސެމްސަންގް ކިޔޫލެޑް ޓީވީއެއް

  • ޑެލް ބްރޭންޑްގެ ލެޕްޓޮޮޕެއް

  • ކަރޯކޭ ސިސްޓަމެއް

"ފުރަތަމަ ރޭސްއަަށް ވުރެ އިތުރަށް އިންތިޒާމް ރަނގަޅުކުރެވޭތޯ ބަލަނީ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ޝަރަފް ބުންޏެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވަކި ފެންވަރެއް ގާއިމްކޮށްގެން ހުޅުމާލެ ރަން ކުރިއަށް ގެންދަން. ދުވުންތެރިންނަށް ރަނގަޅު ޕްލެޓް ފޯމެއް ގާއިމްކޮށްދޭން."

ކޮމެންޓް (1)

ޙަމްކޮ

22 ޖޫން 2025
މަ ރެޑީ މިހާރުވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް