ދިރާގުގެ އޮފިޝަލުން އަންހެން ބާސްކެޓްބޯޅަ ޓީމާ އެކު. (ފޮޓޯ/ދިރާގު)

ދިރާގު

16 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ބާސްކެޓް މުބާރާތް މިއަދު ފަށަނީ

މި މުބާރާތުގައި ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު މިއަދު ހަވީރު 5:30ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިރޭ 8ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ބައްދަލުކުރާނީ ލަންކާއާ ދެކޮޅަށް
12 ޖޫން 2025

ފީބާ އަންޑާ 16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް އަދި ފީބާ އަންޑާ 16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް - ޕަވާޑް ބައި ދިރާގު މިއަދު ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ން ބާއްވާ މި މުބާރާތް އޮންނާނީ މި މަހު 16ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އެތެރެ ކޯޓުގަ އެވެ.

މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. 

ތަފްސީލް - މި މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ 4 ގައުމުން ވާދަކުރާނެ އެވެ. އެއީ:

  • އިންޑިއާ 

  • ބަންގްލަދޭޝް 

  • ލަންކާ

މި މުބާރާތުގައި ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު މިއަދު ހަވީރު 5:30ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިރޭ 8ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ބައްދަލުކުރާނީ ލަންކާއާ ދެކޮޅަށެވެ.

ފާހަގަކޮށްލެވޭ - ދިރާގަކީ ފެށުނީއްސުރެ ރާއްޖޭގައި ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ގައުމީ ފެންވަރުގައި ވެސް މި ކުޅިވަރު ކުރިއެރުމަށް ދިރާގުން އަންނަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް