'ދިރާގު މާލެ އޯޕަން 2025' ފެތުމުގެ މުބާރާތް ކުރިއަށްދަނީ. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް 350 މީހުންނާ އެކު ނިންމާލައިފި

މިއީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް
26 މޭ 2025

ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމަށްވާ 'ދިރާގު މާލޭ އޯޕަން 2025' ފެތުމުގެ މުބާރާތް، ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - ސްވިމް މޯލްޑިވްސް އިން މި މުބާރާތް ބޭއްވީ މިިދިޔަ ހޮނިހިރު ދުވަހު އެވެ.

ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ބޭއްވި މި މުބާރާތުގައި:

  • 350 ފެތުންތެރިން ބައިވެރި

  • 340އަށް ވުރެ ފެތުންތެރިން ރޭސް ފުރިހަމަކުރި

  • އޭގެ ތެރޭގައި އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނޭ

މުބާރާތުގައި ބައިވެރިވި ފެތުންތެރިންގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިން ޓީމުގެ ފެތުންތެރިއަކު ވެސް ހިމެނެ އެވެ.

'ދިރާގު މާލެ އޯޕަން 2025' ފެތުމުގެ މުބާރާތް ކުރިއަށްދަނީ. (ފޮޓޯ/ދިރާގު)

މި މުބާރާތުގެ އެންމެ ހާއްސަ އެއް ފެނިލުމަކަށްވީ ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކާގެ ބައިވެރިވުމެވެ. އެޑަމް ވޯކާ ވަނީ ބައިވެރިވި ފެތުންތެރިންނާ ބައްދަލުކޮށް، ހިތްވަރުދީ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ހިމެނުނު ކެޓަގަރީތަކަކީ:

  • ކޮމްޕެޓިޓިވް 1 ކިލޯމީޓަރު ކެޓަގަރީ 

  • އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީ

'ދިރާގު މާލެ އޯޕަން 2025' ފެތުމުގެ މުބާރާތުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ތަފްސީލް - ދިރާގު މާލެ އޯޕަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިންނަކީ:

10-12 އަހަރާ ދެމެދު، ފިރިހެން

  • އެއް ވަނަ: އިބްރާހީމް ޔުއާން ޝަމީމް (18:07:11)

  • ދެ ވަނަ: މިކައިލް ލައެލް އަބްދުލްއަލީމް (20:24:98)

  • ތިން ވަނަ: ނޫމާން މުހައްމަދު ނަސީފު (20:25:88)

10-12 އަހަރާ ދެމެދު، އަންހެން

  • އެއް ވަނަ: މަރްޔަމް އައިރާ ޝިރްމީލް (18:43:88)

  • ދެ ވަނަ: އައެޝާ ޒަޔާހް ހުސައިން (21:25:23)

  • ތިން ވަނަ: އަޝްޔާ އެއިލިޔާ ނާޒިމް (23:00:10)

13-14 އަހަރު، ފިރިހެން

  • އެއް ވަނަ: އިސްމާއިލް ހާމް ހުސައިން (17:19:50)

  • ދެ ވަނަ: މުހައްމަދު އަލްޔަން ޝިފާން (17:20:89)

  • ތިން ވަނަ: އިބްރާހީމް ޖޫދް ހުސައިން (17:22:83)

13-14 އަހަރު، އަންހެން

  • އެއް ވަނަ: އަލްޔާ އަޝްރަފް (18:59:53)

  • ދެ ވަނަ: މަރްޔަމް މީސަމް ނިޔާޒް (19:06:52)

  • ތިން ވަނަ: ދާލިޔާ އައިޑާ ލަޠީފް (20:29:87)

15-19 އަހަރު، ފިރިހެން

  • އެއް ވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒް (15:22:72)

  • ދެ ވަނަ: ލޫތު މުހައްމަދު ހުސައިން (15:29:17)

  • ތިން ވަނަ: ޔޫސުފް ޒިޔާން ޒާހިދު (15:37:33)

15-19 އަހަރު، އަންހެން

  • އެއް ވަނަ: އަޔާނާ އަރީފް (17:19:83)

  • ދެ ވަނަ: އާއިޝަތު އަލީނާ ޝާހިދު (17:21:32)

  • ތިން ވަނަ: ލައިބާ ހަސަން މަނިކު (17:30:97)

20-29 އަހަރު، ފިރިހެން

  • އެއް ވަނަ: މުބާލް އައްޒާމް އިބްރާހީމް (15:18:44)

  • ދެ ވަނަ: އަހުމަދު ޝާވީ ރާފިއު (22:25:25)

30-39 އަހަރު، ފިރިހެން

  • އެއް ވަނަ: މުހައްމަދު އާމިރު (20:36:55)

  • ދެ ވަނަ: މިންވާލް އިބްރާހީމް (23:05:97)

  • ތިން ވަނަ: އަބްދުﷲ އަބްދުއްރަހީމް (24:41:58)

40-49 އަހަރު، ފިރިހެން

  • އެއް ވަނަ: އާދަމް އަރީފް (22:27:73)

  • ދެ ވަނަ: ހުސައިން އިލްހާމް (23:09:60)

  • ތިން ވަނަ: އަހްމަދު ފިރާސް އަފީފް (23:13:49)

50 އަހަރުން މަތި، ފިރިހެން

  • އެއް ވަނަ: ހުސައިން ރިޔާޒް (26:51:69)

  • ދެ ވަނަ: އަބްދުއްޝަކޫރު (27:11:28)

  • ތިން ވަނަ: އަހްމަދު ނިޔާޒް (29:46:44)

މުޅި މުބާރާތުން އެންމެ މޮޅު، ފިރިހެން

  • އެއް ވަނަ: މުބާލް އައްޒާމް އިބްރާހީމް (15 މިނިޓު 18.44 ސިކުންތު)

  • ދެ ވަނަ: އިފްޒާލް އިބްރާހީމް މަހްފޫޒު (15 މިނިޓު 22.72 ސިކުންތު)

  • ތިން ވަނަ: ލޫތު މުހައްމަދު ހުސައިން (15 މިނިޓު 29.17 ސިކުންތު)

މުޅި މުބާރާތުން އެންމެ މޮޅު، އަންހެން

  • އެއް ވަނަ: އަޔާނާ އަރީފު (17 މިނިޓު 19.83 ސިކުންތު)

  • ދެ ވަނަ: އާއިޝަތު އަލީނާ ޝާހިދު (17 މިނިޓު 21.32 ސިކުންތު)

  • ތިން ވަނަ: ލައިބާ ހަސަން މަނިކު (17 މިނިޓު 30.97 ސިކުންތު)

'ދިރާގު މާލެ އޯޕަން 2025' ފެތުމުގެ މުބާރާތުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ފާހަގަކޮށްލެވޭ - ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް