'އީދު ބައިބަލާ ޗެލެންޖު'ގެ ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސުން. (ފޮޓޯ/ދިރާގު)

ދިރާގު

'އީދު ބައިބަލާ ޗެލެންޖު'ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި މުބާރާތް ބާއްވަނީ މި މަހުގެ 1 އިން 6ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި
3 އޭޕްރީލު 2025

ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅުވައިގެން ބާއްވާ 'އީދު ބައިބަލާ ޗެލެންޖު'ގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި މުބާރާތް ބާއްވަނީ މި މަހުގެ 1 އިން 6ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.

ތަފްސީލް - މި މުބާރާތަކީ، ދިރާގުން ބުނި ގޮތުގައި، ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން ބައިވެރިވެ، ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

ބައިބަލާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށް ވެފައި، މި މުބާރާތަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާ އެކު އެކި ކަންކޮޅުތަކުން ބަލަމުންގެންދާ މުބާރާތެއްކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

ފާހަގަކޮށްލެވޭ - ދިރާގަކީ، ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އެކި ފަރާތްތަކާ ގުޅިގެން މިފަދަ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން އަންނަނީ އެކިއެކި މަސައްކަތްތައް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް