ދިރާގު ތުރީއޮންތުރީ ޗެލެންޖް ބާސްކެޓް މުބާރާތުގެ ބައިވެރިން. (ފޮޓޯ/ދިރާގު)

ބާސްކެޓްބޯޅަ

ދިރާގު ތުރީއޮންތުރީ ބާސްކެޓް މުބާރާތް ނިންމާލައިފި

ޓައިޓަންސް ބާސްކެޓް އެކެޑެމީން ބޭއްވި މުބާރާތުގައި 408 ކުޅުންތެރިން ވަނީ 103 ޓީމަކުން ބައިވެރިވެފައި
23 މާރިޗު 2025

ދިރާގު ތުރީއޮންތުރީ ޗެލެންޖް ބާސްކެޓް މުބާރާތް ފޯރިއާ އެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މި މަހު 13 އިން 19އަށް މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގަ އެވެ.

ތަފްސީލް - ޓައިޓަންސް ބާސްކެޓް އެކެޑެމީން ބޭއްވި މުބާރާތުގައި 408 ކުޅުންތެރިން ވަނީ 103 ޓީމަކުން ބައިވެރިވެފަ އެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ:

  • 8 އަހަރުން ދަށް 

  • 10 އަހަރުން ދަށް 

  • 12 އަހަރުން ދަށް 

  • 14 އަހަރުން ދަށް 

  • 16 އަހަރުން ދަށް

  •  19 އަހަރުން ދަށް

މި މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދި ޓީމުތަކަކީ:

އަންހެން ޑިވިޝަން:

  • 8 އަހަރުން ދަށް: ޑްރީމާސް

  • 10 އަހަރުން ދަށް: އެއާ ބޯލާސް

  • 12 އަހަރުން ދަށް: ވޮރިއާސް

  • 14 އަހަރުން ދަށް: ފެލްކަންސް

  • 16 އަހަރުން ދަށް: އާޖީލަކަށް

  • 19 އަހަރުން ދަށް: ލެޕާޑްސް

ފިރިހެން ޑިވިޝަން:

  • 8 އަހަރުން ދަށް: ހޮޓްވީލާސް

  • 10 އަހަރުން ދަށް: ބްލޭޒް

  • 12 އަހަރުން ދަށް: ބަގްސް ބަނީ ބީސީ

  • 14 އަހަރުން ދަށް: ބްލޫމް ސްކުއަޑް

  • 16 އަހަރުން ދަށް: ފެލްކަންސް

  • 19 އަހަރުން ދަށް: ގޯޓް އެސްސީ

މި މުބާރާތުގެ މަގުސަދަކީ ބާސްކެޓަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

އެނގުން މުހިންމު - ދިރާގަކީ ރާއްޖޭގައި ބާސްކެޓް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް