ކުރިން ބޭއްވި ބާސްކެޓް މެޗެއްގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު ތުރީއޮންތުރީ ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ ފަށަނީ

މި މުބާރާތް މި މަހު 13 އިން 19އަށް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި
12 މާރިޗު 2025

ދިރާގު ތުރީއޮންތުރީ ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ ފަށަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މުބާރާތް މި މަހު 13 އިން 19އަށް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.

ތަފްސީލް - މި މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ:

  • 8 އަހަރުން ދަށް 

  • 10 އަހަރުން ދަށް

  • 12 އަހަރުން ދަށް

  • 14 އަހަރުން ދަށް

  • 19 އަހަރުން ދަށް

ޓައިޓަންސް ބާސްކެޓް އެކެޑެމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

ދިރާގަކީ ރާއްޖޭގައި ބާސްކެޓް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް