ރޭ ލަލީގާގައި ކުޅުނު މެޗުން 4-0 އިން މޮޅުވެ ބާސެލޯނާ މިހާރު ވަނީ ތާވަލްގެ އެއްވަނައަށް އަރާފައި

ބާސެލޯނާ

ބާސެލޯނާ އެއްވަނައަށް، ރެއާލްއަށް ވުރެ ތިން ޕޮއިންޓްގެ ތަފާތެއް

ރޭ ބާސެލޯނާ ހޯދި 4-0ގެ ކާމިޔާބީއާ އެކު ތާވަލްގެ އެއްވަނަ ހޯދިއިރު ދެވަނައަށް އެތުލެޓިކޯ މެޑްރިޑް ވަނީ އަރާފައި
3 މާރިޗު 2025

ސްޕެއިންގެ ލީގުގެ ފޯރި ގަދަވެ، ޓީމުތައް ދާދި އެއްހަމައެއްގައި ވާދަކުރަމުން އަންނަ އިރު ރެއަކީ ބާސެލޯނާއަށް ނަސީބު ރަނގަޅު ރެއެކެވެ.

މި ހަފުތާގައި ރެއާލް ބެޓިސް އަތުން ރެއާލް މެޑްރިޑް 2-1އިން ބަލިވުމާ އެކު ތާވަލްގެ އެއްވަނަ ހޯދަން ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ފުރުސަތު ހުޅުވުނެވެ. އެކަމަކު ރެއާލް ސޮސިޑާޑް އަތުން މޮޅުވެއްޖެ ނަމަ ބާސެލޯނާއަށް ހުރަހެއް ނެތެވެ.

ރޭ ކުޅުނު އެ މެޗުން ބާސެލޯނާ މޮޅުވީ 4-0ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި ސޮސިޑާޑްގެ އަރިޒް އެލުސްޓޮންޑޯއަށް ދެއްކި ރަތް ކާޑަކީ ބާސެލޯނާއަށް މެޗު ފަސޭހަވުމުގެ އެއް ސަބަބެވެ.

ބާސެލޯނާގެ އިތުރުން އެތުލެޓިކް ކްލަބްއާ ވާދަކޮށް އެތުލެޓިކޯ މެޑްރިޑް 1-0 އިން މޮޅުވުމާ އެކު މިހާރު މި އޮތީ ލަލީގާގެ ތާވަލްގެ ފުރަތަމަ ތިނަކަށް ބަދަލު އައިސްފަ އެވެ.

ބާސެލޯނާ އެއް ވަނާގައި އުޅުމުގެ އިތުރުން ލަނޑުގެ ތަފާތު ވެސް އެހާމެ ބޮޑެވެ. ރެއާލްއަށް ފައިދާ 30 ލަނޑު އޮތް އިރު ބާސެލޯނާގެ އަދަދަކީ 46 އެވެ. އެތުލެޓިކޯއަށް ލިބިފައިވަނީ ފައިދާ 27 ގޯލެވެ.

ލަލީގާގެ ގަދަ ފަހެއް

  • 1-

    ބާސެލޯނާ، ކުޅުނު 26، ޕޮއިންޓް 57

  • 2-

    އެތުލެޓިކޯ މެޑްރިޑް، ކުޅުނު 26، ޕޮއިންޓް 56

  • 3-

    ރެއާލް މެޑްރިޑް، ކުޅުނު 26، ޕޮއިންޓް 54

  • 4-

    އެތުލެޓިކް ކްލަބް، ކުޅުނު 26، ޕޮއިންޓް 48

  • 5-

    ވިލަރެއާލް، ކުޅުނު 26، ޕޮއިންޓް 44

އިތުރު އާޓިކަލް

އިތުރު އާޓިކަލް