އޮލިމްޕިކް ގޭމްސް ނިންމަން ސްޓޭޓް ޑި ފްރާންސްގައި އޮތް ރަސްމިއްޔާތުގައި ސްޓޭޑިއަމްގެ ފުރާޅު މަތިން ވަލެއް ބޭނުންކޮށްގެން ޓޮމް ކްރޫޒް ފުންމާލަނީ

ޕެރިސް 2024

ޓޮމް ކްރޫޒް ދަނޑަށް ފުންމާލައި، އޮލިމްޕިކް ދިދަ ހިފައިގެން ހިނގައްޖެ

މިޝަން އިމްޕޮސިބްލްގެ ތަރި ސްޓޭޓް ޑި ފްރާންސްގެ މަތިން ފޭބީ އަމިއްލަ ސްޓަންޓްގައި. އޭނާ ވަނީ އޮލިމްޕިކްސް ދިދަ، އެމެރިކާގެ ލޮސް އެންޖަލިސްއަށް ގެންދާކަން ދައްކުވައިދީފައި
12 އޯގަސްޓު 2024

ޕެރިސް އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތު ސްޓޭޓް ޑި ފްރާންސްގައި ކުރިއަށް ދިޔަ އިރު ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒް ކުއްލިއަކަށް ފޭބީ ފުރާޅުމަތިން ތިރިއަށެވެ. އޭނާ އެގޮތަށް ފައިބައިގެން ގޮސް، އޮލިމްޕިކް ދިދަ ހިފައިގެން ސައިކަލްގައި އެ ނައްޓާލީ އެވެ.

މިއީ 2028ގެ އޮލިމްޕިކްސް އޮންނަ އެމެރިކާގެ ލޮސް އެންޖަލިސްއަށް އެ ދިދަ ގެންދާކަމުގެ ރަމްޒީ ތަމްސީލެވެ. އެކަމަކު މި ތަމްސީލްގައި ކްރޫޒް އަމިއްލައަށް ސްޓަންޓް ހަދައި، ފުރާޅު މަތިން ތިރިއަށް، ވަލެއްގެ އެހީގައި، ފުންމާލީ އަމިއްލައަށެވެ. އޭނާގެ ފިލްމުތަކުގައި އަމިއްލަށް ހަދާ ސްޓަންޓްގެ ބައެއް ފަަދަ އެވެ.

ފުރާޅު މަތިން ފުންމާލައިގެން ގޮސް އޮލިމްޕިކް ދިދަ ހިފައިގެން ޓޮމް ކްރޫޒް ދަނީ

ދަނޑަށް ފައިބައިގެން ސްޓޭޖަށް އަރަން އޭނާ ދިޔައީ ދަނޑުގައި ތިބި އޮލިމްޕިކް އެތުލީޓުން ކައިރިން ލައިގެންނެވެ. މިއީ އެ އެތުލީޓުންނަށް ލިބުނު ޝަރަފެކެވެ.

ސްޓޭޖް މައްޗަށް އަރައި، އޮލިމްޕިކްގެ ދިދަ އޭނާ ލިބިގަތީ ލޮސް އެންޖަލިސްގެ މޭޔަރު ކަރަން ބާސް އާއި އޮލިމްޕިކްސްގައި އެމެރިކާގެ ޖިމްނާސްޓިކް ތަރި ސިމޯން ބައިލްސް އަތުންނެވެ.

ސްޓޭޓް ޑި ފްރާންސްގައި އޮތް ރަސްމިއްޔާތުގައި ޓޮމް ކްރޫޒް އޮލިމްޕިކް ދިދަ ސައިކަލްގައި ހަރުކޮށްލައިގެން ނައްޓާލަނީ

ސައިކަލްގައި ދިދަ ހިފައިގެން ނައްޓާލުމުގެ ކުރިން ސައިކަލްގެ ފަހަތުގައި ދިދަ ހަރުކޮށްލި އެވެ. ދެން ފެންނަނީ ޕެރިހުގެ މަގުތަކުގައި ސައިކަލްގައި ދާ ތަނެވެ. ގޮސް އަރަނީ މަތިންދާބޯޓަކަށެވެ. އެހާ ހިސާބުން ފެންނަނީ ލޮސް އެންޖަލިސްގެ މަންޒަރެވެ. މިއީ ކުރިން ކުޅެފައި ހުރި ބައިތަކެކެވެ.

ފަހުން ކްރޫޒް ފެންނަނީ ހޮލީވުޑްގެ މަޝްހޫރު ނަން ބޯޑު ކައިރިންނެވެ. އޭރު އެ ނަމުގައި އޮލިމްޕިކްސްގެ ފަސް ބޮޅު ވަނީ އަޅައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް