ޕެރިސް އޮލިމްޕިކްސްގެ ފަހު ދުވަހުގެ ސްޓޭޑް ޑި ފްރާންސްގައި އޮތް އެންމެ ފަހު އިވެންޓް ކަމަށްވާ އަންހެނުންގެ 400 މީޓަރުގެ ރިލޭ ބޮޑު ތަފާތަކުން ކާމިޔާބުކުރި އެމެރިކާގެ ރިލޭ ޓީމު

ޕެރިސް 2024

ޕެރިސް އޮލިމްޕިކްސްގެ އެއްވަނަ އެމެރިކާއަށް

އިއްޔެ އޮތް އަންހެނުންގެ ބާސްކެޓްބޯޅަ ފައިނަލް މެޗުގައި އެންމެ ޕޮއިންޓެއްގެ ތަފާތުން މޮޅުވެ އެމެރިކާ ރަން މެޑެލް ހޯދުމަކީ ތާވަލްގެ އެއްވަނައަށް ދާން ލިބުނު ފަހު ފުރުސަތު
12 އޯގަސްޓު 2024

މުބާރާތް ފެށުނީއްސުރެ ރަން މެޑެލްގައި ޗައިނާ އޮތީ ކުރީގަ އެވެ. ނަމަވެސް އިއްޔެ އޮތް އަންހެނުންގެ ބާސްކެޓްބޯޅަ ފައިނަލްގައި ފްރާންސް ބަލިކޮށް އެމެރިކާއިން ކާމިޔާބުކުރި ރަން މެޑެލްއާ އެކު، ޗައިނާއާ އެއްވަރުކޮށް އެންމެ ފަހުން އެމެރިކާ އެއްވަނަ ވެސް ހޯދީ އެވެ.

މިއީ އޮލިމްޕިކްސްގެ އެ މަގާމު އެމެރިކާ ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ.

އިއްޔެ ކުޅުނު އަންހެނުންގެ ބާސްކެޓްބޯޅަ ފައިނަލްގައި ފްރާންސްގެ މައްޗަށް އެމެރިކާގެ ޓީމުން ހޯދި 67-66 ޕޮއިންޓްގެ ކާމިޔާބީއަކީ ރަން މެޑެލްގެ ނަތީޖާއިން ޗައިނާއާއާ އެއްވަރުކުރަން އެމެރިކާއަށް ލެވުނު އެންމެ ފަހު ނޭވާ އެވެ.

އޮލިމްޕިކްސްގެ އެއްވަނަ ކަނޑައަޅަނީ ރަން މެޑެލް ލިބޭ މިންވަރެއްގެ މައްޗަށެވެ.

އެމެރިކާ އާއި ޗައިނާއަށް މިފަހަރު ކާމިޔާބުކުރެވުނީ 40 ރަން މެޑެއްޔެވެ. އެކަމަކު ޖުމްލަ އަދަދު އެމެރިކާ އުޅެނީ މާ ކުރީގަ އެވެ.

އޮލިމްޕިކްސްގެ މެޑެލް ތާވަލް، ގަދަ ފަހެއް

  • 1-

    އެމެރިކާ: ރަން 40، ރިހި 44، ލޯ 42، ޖުމްލަ 126

  • 2-

    ޗައިނާ: ރަން 40، ރިހި 27، ލޯ 24، ޖުމްލަ 91

  • 3-

    ޖަޕާން: ރަން 20، ރިހި 12، ލޯ 13، ޖުމްލަ 45

  • 4-

    އޮސްޓްރޭލިޔާ: ރަން 18، ރިހި 19، ލޯ 16، ޖުމްލަ 53

  • 5-

    ފްރާންސް: ރަން 16، ރިހި 26، ލޯ 22، ޖުމްލަ 64

އިތުރު އާޓިކަލް

އިތުރު އާޓިކަލް