މިދިއަ އަހަރު އޮތް އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގައި ފާތުމަތު ނަބާހާ އަބްދުއްރައްޒާގު ކުޅެނީ (ފޮޓޯ/އިސްމާއިލް ތޯރިގު/އެމްއޯސީ)

ޕެރިސް 2024

ނަބާހާގެ މައްޗަށް ސިންދު ކާމިޔާބު ހޯދީ ބައިގަޑިއިރުގެ ތެރޭގައި

އޮލިމްޕިކްސްގެ އަންހެން ސިންގަލްސް ގްރޫޕްގައި ނަބާހާ ކުޅޭ ދެވަނަ މެޗުގައި އަންގާރަދުވަހު ބައްދަލުކުރަނީ އެސްޓޯނިއާގެ ކުޅުންތެރިޔަކާ
28 ޖުލައި 2024

ކުރިން ހީކުރި ގޮތަށް ޕެރިސް އޮލިމްޕިކްސްގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ފާތުމަތު ނަބާހާ އަބްދުއްރައްޒާގު، މުބާރާތުގެ 10 ވަނަ ސީޑް އިންޑިއާގެ ޕީ.ވީ ސިންދު އަތުން ސީދާ ދެ ގޭމުން މިއަދު ބަލިވެއްޖެ އެވެ.

ގްރޫޕް އެމްގެ މި މެޗުގައި ސިންދު ދެ ގޭމް ކާމިޔާބުކުރީ 21-9 ،21-6 އިންނެވެ.

އުމުރުން 24 އަހަރުގެ ނަބާހާގެ ދެ ވަނަ މެޗުގައި އަންނަ އަންގާރަދުވަހު ވާދަކުރާނީ ގްރޫޕް އެމްގައި ދެން ހިމެނޭ އަނެއް ކުޅުންތެރިޔާ އެސްޓޯނިއާގެ ކްރިސްޓިން ކުބާއާ އެވެ.

ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ނަބާހާއާ ދެކޮޅަށް ކުޅުނު ކޯޓުގައި އިންޑިއާގެ އެއްވަނަ ކުޅުންތެރިޔާ ޕީ.ވީ. ސިންދު

އެންމެ ފަހުން އޮތް ދެ އޮލިމްޕިކްސްގެ އަންހެން ސިންގަލްސްގެ ރިހި އަދި ލޯ މެޑެލް ހޯދާފައިވާ ސިންދު މިއަދުގެ މެޗު ކާމިޔާބުކުރީ ބައިގަޑިއިރުގެ ތެރޭގަ އެވެ. 

މިދިއަ އަހަރެއްހާ ދުވަހު ވަރަށް ބުރަ މަސައްކަތްކޮށް، ބޭރުގެ ގިނަ މުބާރާތްތަކެއްގައި ކުޅެ ހޯދި ނަތީޖާގެ ސަބަބުން އޮލިމްޕިކްސްއިން ފުރުސަތު ލިބުނު ނަބާހާއަށް މިއަދުގެ މެޗުގައި ވަރަށް ފަސޭހައިން ގިނަ ޕޮއިންޓްތަކެއް އަތުން ދޫވި އެވެ. ބައެއް ކޯޗުން ބުނީ މި ކަހަލަ ބޮޑު މުބާރާތެއްގައި، ސިންދު ކަހަލަ ކުޅުންތެރިޔަކާ ކުޅޭ އިރު އެއީ ވެދާނެ ގޮތެއް ކަމަށެވެ.

ނަބާހާއަކީ ދެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް