ޔޫރޯ 2024ގެ ފައިނަލް މިރޭ ކުޅޭއިރު ކޮޕާ އެމެރިކާގެ ފައިނަލް އޮންނާނީ މިރޭ ފަތިހު. މި 2 މެޗު ވެސް މީޑިއާނެޓުން ވަގުތުން ދައްކާނެ

ފުޓްބޯޅަ

އިންގްލެންޑާއި ކޮލަމްބިއާ މޮޅުވާނެ ކަމަށް ބެލެވޭ 2 ފައިނަލް މެޗު މީޑިއާނެޓުން ވަގުތުން

ޔޫރަޕުގެ ތައްޓަށް ސްޕެއިން އާއި އިންގްލެންޑް ވާދަކުރާއިރު، އެމެރިކާގެ ބައްރުގެ ރަސްކަމަށް ވާދަކުރަނީ އާޖެންޓީނާ އާއި ކޮލަމްބިއާ
14 ޖުލައި 2024
1

މިރެ އާއި މާދަމާ އަކީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ބޮޑު ދެ ދުވަހެވެ. ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯޯ 2024ގެ ފައިނަލް މެޗު ފަށަން މިހާރު އޮތީ ގަޑިއެއްހާ އިރެވެ. އަނެއްކޮޅުން މިރޭ ފަތިހު އެމެރިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ފައިނަލް މެޗު ކުޅޭނެ އެވެ.

ޔޫރޯ 2024ގެ ފައިނަލްގައި ބައްދަލުކުރަނީ ޒުވާން ޓީމަކާ އެކު މޮޅު އެޓޭކިން ކުޅުމެއް ދައްކަމުން އަންނަ ސްޕައިން އާއި އަބަދުވެސް މޮޅު ސްކޮޑަކެއް އޮންނަ، ކޮންމެ މުބާރާތެއްގެ ވެސް ފޭވަރިޓުންގެ ގޮތުގައި ބަލާ އެހެން ނަމަވެސް ކާމިޔާބީއާ ބީރައްޓެހި އިންގްލެންޑެވެ.

އަބަދު ވެސް ޔޫރަޕު އަދި ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ އިންގްލެންޑާއި ސްޕެއިން ޔޫރަޕުގެ ތައްޓަށް ވާދަކުރާއިރު، އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރަނީ މިއީ އިންގްލެންޑުގެ ފަހަރެއް ކަމަށެވެ.

ޔޫރޯ 2024ގެ ފައިނަލްގައި އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗު ދައްކާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު.

އަނެއްކޮޅުން ކޮޕާ އެމެރިކާގެ ފައިނަލުގައި ވާދަކުރަނީ އާޖެންޓީނާ އާއި ކޮލަމްބިއާ އެވެ. އާޖެންޓީނާ ފައިނަލަށް ދަތުރުކޮށްފައި އޮތީ ފަސޭހަ ފަޅިންނެވެ. ގްރޫޕް ސްޓޭޖުގައި ކެނެޑާ، ޗިލީ އަދި ޕެރޫ އޮތް ގްރޫޕުން އެއް ވަނަ ހޯދިއިރު، ފައިނަލަށް ދިޔައީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން އިކުއެޑޯ ބަލިކޮށް، ސެމީގައި ކެނެޑާ ބަލިކުރުމަށް ފަހު އެވެ.

އަނެއްކޮޅުން ކޮލަމްބިއާ ފައިނަލާ ހިސާބަށް ކުރި ދަތުރު، ގްރޫޕް ސްޓޭޖާ ހިސާބުން ވެސް އޮތީ ވަރަށް އުނދަގޫ ކޮށެވެ. ކޮލަމްބިއާ ފައިނަލާ ހިސާބަށް ދިޔައީ ބްރެޒިލް، ކޮސްޓަ ރިކާ އަދި ޕެރެގުއޭ ހިމެނޭ ގްރޫޕަކުން އެއް ވަނަ ހޯދުމަށް ފަހު ކުއާޓާގައި ތަފާތު ބޮޑު ނަތީޖާއަކުން ޕެނަމާ އަދި ސެމީގައި ވަރުގަދަ އުރުގުއޭ ބަލިކުރުމަށް ފަހު އެވެ.

ކޮޕާ އެމެރިކާގެ ފައިނަލްގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ދައްކާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 5 ޖަހާއިރު.

މި ދެ މެޗު ވެސް ދިވެހިންނަށް ވަގުތުން ބަލައިލެވޭނެ ފުރުސަތު މީޑިއާނެޓުން ވަނީ ފަހިކޮށްދީފަ އެވެ. މި ދެ މެޗު މީޑިއާނެޓުން ވަގުތުން ދައްކާނީ:

  • ޔޫރޯގެ ފައިނަލް މެޗު - މިރޭ 12 ޖަހާއިރު ޗެނަލް 892އިން

  • ކޮޕާ އެމެރިކާގެ ފައިނަލް މެޗު - މިރޭ ފަތިހު 5 ޖަހާއިރު ޗެނަލް 102އިން

ކޮމެންޓް (1)

ރެންޑަމް

15 ޖުލައި 2024
ދިސް ޑިޑް ނޮޓް އޭޖް ވެލް! ލޮލް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް