މެންޗެސްޓާ ޔުނައިޓެޑަށް ލަނޑެއް ޖެހުމަށް ފަހު މާކަސް ރަޝްފޯޑް އުފާ ފާޅުކުރަނީ: ރަޝްފޯޑަކީ އިޖުތިމާއީ ކަންކަމުގައި އަޑުއުފުލައި އަދި ވަރަށް ކެރޭ ކުޅުންތެރިއެއް

ބޭރު ކުޅިވަރު

ރަސްފޯޑް: ޒާތާ ގުޅޭ ކަންކަމުގައި މައާފަކަށް ނޭދޭނެ

13 ޖުލައި 2021

ދަނޑުމަތީގައި ހޭދަކުރާ 90 މިނިޓަށް ވުރެ ކުޑަ ވަގުތުކޮޅުގައި މާކަސް ރަސްފޯޑް ދައްކާ ހިތްވަރަކީ އޭނާގެ ހަޔާތުގެ ހަމައެކަނި ވާހަކައެއް ނޫނެވެ: ނަސްލީ އިމްތިޔާޒާ ދެކޮޅަށާއި ހައްގުތައް ކަށަވަރުކުރުމުގެ މައުލޫއުގައި އޭނާގެ އަޑު ގަދަވެފައި ނުފޫޒު ވެސް ބޮޑެވެ.

އެއް މިސާލެވެ: ނަސްލީ އަދި ފުދުންތެރިކަމުގެ ގޮތުން ދަށް އާއިލާތަކުގެ ކުދިންނަށް ސްކޫލްތަކުގައި ހިލޭ ކެއުން ނުދެނީ ކީއްވެގެންތޯ، މިދިއަ އަހަރު ސޯޝަލް މީޑިއާގައި ރަސްފޯޑް ސުވާލުކުރި އެވެ. ބޮޑުވަޒީރު ބޮރިސް ޖޯންސަން ފުރަތަމަ އުޅުއްވީ އެ ވާހަކަ ކަމަކަށް ނުހައްދަވާށެވެ. ނަމަވެސް ރަސްފޯޑް އޭނާގެ ގޮތުގައި އެ މައްސަލާގައި ހިފިލެއް ބޮޑުކަމުން އެންމެ ފަހުން ޖޯންސަންއަށް ޖެހިވަޑައިގަތީ އެ ވާހަކައަށް ސަމާލުކަން ދެއްވާށެވެ. ނަތީޖާއަކީ، އެކުދިންގެ ކެއުމަށް އެތައް މިލިއަން ޑޮލަރެއް ލިބުމެވެ.

އިނގިރޭސި މީޑިއާގައި ކަޅު ނަސްލުގެ ކުޅުންތެރިންނާ މެދު ގެންގުޅެނީ ދެ ފުށް ދެ ގޮތް ސިޔާސަތެކެވެ. ބައެއް ސަޕޯޓަރުން ދިމާލަށް ނަސްލީ މަލާމާތްކުރެ އެވެ.

ރަސްފޯޑް ހުރީ އެކަންކަމާ ވެސް ކުރިމަތިލައިގެންނެވެ. އެއްވެސް ޖެހިލުމެއް ނެތި އޭނާ ވާހަކަ ދައްކަ އެވެ.

ޔޫރޯގެ ފައިނަލްގައި އިޓަލީ އަތުން ބަލިވާން މެދުވެރިވި ނާކާމިޔާބުވި ތިން ޕެނެލްޓީ ޖެހީ ކަޅު ނަސްލުގެ ކުޅުންތެރިންނެވެ. ރަސްފޯޑްގެ އިތުރުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އާއި އާސެނަލްގެ ބުކާޔޯ ސާކާ އެވެ.

އެ ޕެނެލްޓީ ދަނޑީގައި ޖެހުނު ފަހުން އަހަރެންގެ ބޮލުގައި އެ ހަނދާންތައް ހުރީ އެނބުރި އެނބުރި އެވެ. އަހަންނަށް ކުރި އަސަރުތައް ބުނެދޭން ވެސް ނޭނގެ އެވެ. އެއީ ފަނަލެވެ. 55 އަހަރެވެ. 1 ޕެނެލްޓީ އެވެ. އަހަންނަށް ހަމައެކަނި އެދެވެން އޮތީ މައާފަށެވެ. އެހެން ގޮތަކަށް އެކަން ބަދަލުވި ނަމައޭ ހިތަށްއަރަ އެވެ.

މާކަސް ރަޝްފޯޑް

ސޯޝަލް މީޑިއާގައި މި ތިން ކުޅުންތެރިންނާ އެތައް ބަޔަކު ގެންދަނީ ނަސްލީ ގޮތުން ދިމާކުރަމުންނެވެ. އެކަން ބޮޑުވަޒީރު ޖޯންސަން އިން ފެށިގެން، ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓާއި ކެޕްޓަން ހެރީ ކޭން ވެސް ކުށްވެރިކޮށް، ނަސްލީ ދިމާކުރުންތަކަށް އެއްވެސް ޖާގައެއް ނެތް ކަމަށް ބުނެ ގެންދަނީ ވާހަކަ ދައްކަމުންނެވެ.

ރަސްފޯޑްގެ އުފަން ސަރަހައްދު، ވިތިންޓަންގައި ހަދާފައި ހުރި އޭނާގެ ބޮޑު ފޮޓޯގަނޑަށް އެ ޕެނެލްޓީއަށް ފަހު ބަޔަކު ވަނީ ގެއްލުންދީފަ އެވެ. އެކަމަކު އޭނާގެ ސަޕޯޓަރުން އެތަން ފޮރުވައި، ހިތްވަރުގެ މެސެޖްތައް ލިއުނެވެ.

ރަސްފޯޑް ނެރުނު ބަޔާނެއްގައި ބުނީ ޕެނެލްޓީގެ ސަބަބުން އޭނާ ތަހައްމަލްކުރި ހިތާމަ އާއި އެހެން މީހުންނަށް ލިބުނު ދެރަ ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ޕެނެލްޓީ ނާކާމިޔާބުވުމުން އޭނާއަށް ފާޑުކިޔަސް އެންމެ ރަނގަޅެވެ. އަދި އެކަމަށް އޭނާ އިނގިރޭސިންގެ ކިބައިން މައާފަށް ވެސް އެދެ އެވެ. އެކަމަކު އޭނާ ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކާ މެދު މައާފަށް ނޭދޭނެ ކަމަށް ބުންޏެވެ.

"އެތައް ބަޔަކު މާޔޫސްކޮށްދެވުނުކަން އަހަރެން ގަބޫލުކުރަމެވެ،" ރަސްފޯޑްގެ ބަޔާނެއްގައި ބުންޏެވެ.

"އެ ޕެނެލްޓީ ދަނޑީގައި ޖެހުނު ފަހުން އަހަރެންގެ ބޮލުގައި އެ ހަނދާންތައް ހުރީ އެނބުރި އެނބުރި އެވެ. އަހަންނަށް ކުރި އަސަރުތައް ބުނެދޭން ވެސް ނޭނގެ އެވެ. އެއީ ފަނަލެވެ. 55 އަހަރެވެ. 1 ޕެނެލްޓީ އެވެ. އަހަންނަށް ހަމައެކަނި އެދެވެން އޮތީ މައާފަށެވެ. އެހެން ގޮތަކަށް އެކަން ބަދަލުވި ނަމައޭ ހިތަށްއަރަ އެވެ."

ޔޫރޯގައި އިންގްލެންޑްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުން ރަޝްފޯޑް (ކ) އަރަނީ: ފައިނަލްގައި އިންގްލެންޑް ބަލިވުމުން ނަސްލީ ގޮތުން ރަޝްފޯޑާ ބައެއް މީހުން ދިމާކުރި.

އޭނާ ބުނި ގޮތުގައި ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމާ އެކު އޭނާއާ ބެހޭ ގޮތުން ލިއާ އެއްޗެހި އޭނާ ވެސް ކިޔާނެ އެވެ.

"އެއީ އަހަރެންގެ ހަމުގެ ކުލައާ ބެހޭ ގޮތުން ކަމަށް ވިޔަސް، އަހަރެން އުޅެބޮޑުވި ތަން ކަމަށް ވިޔަސް އަދި މި ފަހުން ދަނޑުން ބޭރުގައި ވަގުތު ހޭދަކުރަން އަހަރެން ނިންމި ގޮތް ކަމަށް ވިޔަސްމެ އެވެ."

އޭނާ ބުނި ގޮތުގައި ޕެނެލްޓީ ބޭރުވެގެން ނުވަތަ ކުޅުން ގޯސްވެގެން އޭނާއަށް އަމާޒުވާ ފާޑުކިއުންތައް ބަލައިގަތަސް، އޭނާގެ ޒާތާ ގުޅޭ ކަންކަމުގައި ގަބޫލުކުރާކުރުމާ މެދު މައާފަކަށް ނޭދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް