ރާއްޖޭގެ އެއްމާބަނޑު ދެބެން، ފާތުމަތު ނަބާހާ އަބްދުއްރައްޒާގާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު، ނޭޕާލު ކުޅުންތެރިން ބަލިކުރުމަށް ފަހު (ފޮޓޯ/އިސްމާއިލް ތޯރިގު/އެމްއޯސީ)

ބެޑްމިންޓަންގެ އަންހެން ޓީމު އިވެންޓުން އަދި ޓީޓީގެ މިކްސްޑް ޑަބަލްސްއިން ރާއްޖެ ގަދަ 16 އަށް

އެކަމަކު ޓީޓީގެ ގަދަ 16 ގައި ޗައިނާއާ ދެކޮޅަށް ކުޅެ މުންސިފް އާއި ރަފާ ވަނީ މިއަދު ބަލިވެފައި
28 ސެޕްޓެމްބަރު 2023

ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ޓީމު އިވެންޓާއި ޓީޓީން މިކްސްޑް ޑަބަލްސް އިން ރާއްޖޭގެ ކުޅުންތެރިން ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

އެކަމަކު ގަދަ 16ގައި ޗައިނާގެ ވަރުގަދަ ޕެއާއާ ދެކޮޅަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި އަހުމަދު މުންސިފް މޫސާ ވަނީ ސީދާ ތިން ގޭމުން ބަލިވެފަ އެވެ.

ޓީޓީ އާއި ބެޑްމިންޓަނުން ވެސް ދިވެހި ކުޅުންތެރިން ގަދަ 16އަށް ދިޔައީ ސަރަހައްދުގެ ނޭޕާލާއި ޕާކިސްތާނާ ވާދަކޮށްގެންނެވެ.

އޭޝިއަން ގޭމްސްގެ ޓިޓީގެ މިކްސްޑް ޑަބަލްސްގައި، އައިޝަތު ރަފާ ނާޒިމް އާއި އަހުމަދު މުންސިފް މޫސާ، ޕާކިސްތާނާ ދެކޮޅަށް ކުޅެނީ (ފޮޓޯ/އިސްމާއިލް ތޯރިގު/އެމްއޯސީ)

ބެޑްމިންޓަންގައި އައިމިނަތު ނަބީހާ އަބްދުއްރައްޒާގާއި އައިޝަތު ނަބާހާ އަބްދުއްރައްޒާގު ވަނީ އެ ދެ ކުޅުންތެރިންގެ ސިންގަލްސް އާއި ޑަބަލްސް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން އައިޝަތު އަފްނާން ރަޝީދު ކުޅުނު ސިންގަލްސް މެޗުން ބަލިވިޔަސް، ރާއްޖެ ވަނީ 3-1 މެޗުން މޮޅުވެ، ގަދަ 16އަށް ގޮސްފަ އެވެ.

ޓީޓީގައި އައިޝަތު ރަފާ ނާޒިމް އާއި އަހުމަދު މުންސިފް މޫސާގެ ޕެއާ ޕާކިސްތާންގެ ދެ ކުޅުންތެރިންނާ ވާދަކޮށް މެޗު ކާމިޔާބުކުރީ އެހާމެ ވާދަވެރި ކުޅުމަކަށް ފަހު 3-2 ގޭމުންނެވެ. މެޗުގެ ގޭމްތައް ނިމުނީ 11-5، 7-11 ،14-16 ،11-7 ،11-9 އިންނެވެ.

ގަދަ 16ގައި ޗައިނާގެ ޗުގިން ވޭންގް އާއި ޔިންގްޝާ ސުން އަތުން ބަލިވީ 11-2 ،11-3 ،11-3 އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް