މިދިޔަ އަހަރު ޓެކާސް އިން ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރެއިން. (ފޮޓޯ/ޓެކާސް

ދިވެހި އިންޝުއަރެންސާ އެކު ބާއްވާ ފުޓްސަލް މުބާރާތްތައް ފަށަން ތައްޔާރުވެއްޖެ

ޓެކާސް އިން މި އަހަރު ބާއްވާ ދެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިވެހި އިންޝުއަރެންސް

ދިވެހި އިންޝުއަރެންސުން ސްޕޮންސަކޮށްގެން ބާއްވާ ފުޓްސަލް މުބާރާތްތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ކުޅިވަރު މުބާރާތްތައް ރާވައި އިންތިޒާމުކުރާ ޓެކާސް އިން މި އަހަރު ބާއްވާ ދެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިވެހި އިންޝުއަރެންސެވެ. އެގޮތުން:

  • ރިސޯޓު ކަޕް - މި އަހަރުގެ މުބާރާތުގައި އަށް އަތޮޅެއްގެ ރިސޯޓުތަކުން ވާދަކުރާނެ

  • ޓެކާސް ރާއްޖެ ކަޕް - މިއީ ކުރިން ބޭއްވި ޓެކާސް މޯލްޑިވްސް ކަޕްގެ ބަދަލުގައި ބާއްވާ މުބާރާތެއް

ދިވެހި އިންޝުއަރެންސުން ބުނީ މި ދެ މުބާރާތަށް އެ ކުންފުނީގެ އެއްބާރުލުން ދިނުމުގެ އެއް މަގުސަދަކީ ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުުރުމަށް ކުރާ މަސައްކަތަށް ސަޕޯޓު ދިނުން ކަމަށެވެ.

ތަފްސީލް - ޓެކާސް އިން ބުނީ ޓެކާސް ރިސޯޓު ކަޕް، ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގައި މި މަހުގެ 14ގައި ފަށާނެ ކަމަށެވެ.

އެނގުން މުހިއްމު - ދިވެހި އިންޝުއަރެންސަކީ ޒަމާނީ އިންޝުއަރެންސް ކަވަރޭޖް ފޯރުކޮށްދީ، ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކަށް ހިދުމަތް ދިނުމަށް އަބަދު ވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ރީ އިންޝުއަރެންސް ކުރާ ފަރާތްތަކާއި ޕާޓްނަރުންނާ އެކު ގުޅުން ބަދަހިކުރުމަކީ ވެސް އެ ކުންފުނީގެ މަގުސަދެކެވެ.

ޓެކާސް އާއި ދިވެހި އިންޝުއަރެންސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް މުހިންމު ދާއިރާތަކުގައި ފަރުދުން ތަރައްގީކުރުމަށް އެހީތެރިވުމަށް ކޯޕަރޭޓް ޓްރޭނިން ޕްރޮގްރާމްތައް ފޯރުކޮށްދޭނެ އެވެ.

ދިވެހި އިންޝުއަރެންސް

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް