މެންޗެސްޓަ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެވިއްޔާގެ ޔޫސުފް އެން ނެސީރީ ދުވަނީ

ޔޫރޮޕާ ލީގު

ސެވިއްޔާއިން ޔުނައިޓެޑް ކޮޅަށް ތިން ލަނޑު ޖަހައި ކަޓުވާލައިފި

މިއީ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައި ސެވިއްޔާ އަތުން ބަލިވެ ޔުނައިޓެޑް ކެޓި ތިން ވަނަ ފަހަރު
21 އޭޕްރީލު 2023

މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިކުރުމަކީ، އެ ނަތީޖާ ނެރޭ ޓީމަކަށް ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރޭ ސްޕެއިންގެ ސެވިއްޔާ، އެ ކްލަބްގެ ދަނޑުގައި ޔުނައިޓެޑް 3-0 އިން ބަލިކޮށް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ކަޓުވާލީ އެވެ.

ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅެ 2-0 އިން މޮޅުވާން ދަނިކޮށް ސެވިއްޔާއަށް އެއްވަރުކުރެވުނީ ބައި ކޮޅަށް ވަން ދެ ލަނޑުގެ ސަބަބުންނެވެ. ރޭ ޔުނައިޓެޑް ކޮޅަށް ފުރަތަމަ ލަނޑު ސެވިއްޔާއިން ޖެހީ ވެސް، ކެޕްޓަން ހެރީ މެގުއާގެ ހެދި ބޮޑު ގޯހެއްގެ ސަބަބުން ލިބުނު ބޯޅައެއްގަ އެވެ.

އެ ލަނޑާއި ފަހު ހާފުގައި އިތުރު ލަނޑެއް ޖަހައި، ސެވިއްޔާގެ މި މުހިންމު މޮޅުގައި ޔޫސުފް އެން ނެސީރީގެ ހިއްސާ ބޮޑެވެ. އަނެއް ލަނޑު ޖެހީ ލޮއިކް ބާޑޭ އެވެ.

މިއީ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުން ޔުނައިޓެޑް ޖެހިޖެހިގެން ކެޓި ހަ ވަނަ ފަހަރެވެ. އޭގެ ތެރެއިން ތިން ފަހަރު ޔުނައިޓެޑަށް އެ ލަނޑު ދިނީ ވެސް ސެވިއްޔާ އިންނެވެ.

ސެމީ ފައިނަލްގައި ސެވިއްޔާ ކުޅޭނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ. 

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ފެޔަނޫޑް 4-1 އިން ބަލިކޮށް، އެގްރިގޭޓުން 4-2 އިން ކުރި ހޯދައި، ހޯސޭ މޮރީނިއޯގެ ރޯމާ ވެސް ވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ. އަދި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް 4-1 ބަލިކޮށް ބަޔާ ލެވަކޫސަން ވެސް ސެމީން ޖާގަ ހޯދި އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް