'ހިކިފަސް ޕްރޯ' އިން ވަނަތަކަށް ދިޔަ ފަރާތްތައް. (ފޮޓޯ/އާރުއޭއެމް)
'ހިކިފަސް ޕްރޯ' ނިންމާލައި ވަނަތަކަށް ދިޔަ ދުއްވުންތެރިންނާ ޓްރޮފީ ހަވާލުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ވަލުތެރޭގެ ސައިކަލް ރޭސް، 'ހިކިފަސް ޕްރޯ' ނިންމާލައި އެ ރޭހުން ވަނަތަކަށް ދިޔަ ދުއްވުންތެރިންނާ އިއްޔެ ޓްރޮފީ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރުއޭއެމް) އިން ހދ. މަކުނުދޫގައި އިއްޔެ ބޭއްވި ރޭހުގައި ދުއްވުންތެރިން ވަނީ އެ ރަށުގެ ވަލުތެރޭގައި އޮތް ހަނި މަގެއްގައި އެ މީހުންގެ ހުނަރު ދައްކާލާފަ އެވެ.
ތަފްސީލް - އެ މުބާރާތުން ވަނަ ހާސިލުކުރީ:
-
އެއް ވަނަ - އަހުމަދު އަމީޒް އަބްދުﷲ (3.30.46 މިނެޓު)
-
ދެ ވަނަ - ޖެފްރީ ލައުފެންތޭ (3.34.35 މިނެޓު)
-
ތިން ވަނަ - އަހުމަދު ޝިފާޒް (3.38.12 މިނެޓު)
މި މުބާރާތުގައި ފަސް ޓީމަކުން، 17 ދުއްވުންތެރިން ބައިވެރިވިއެވެ. އެއީ:
-
މާލޭން ހަތް މީހުން
-
މަކުނުދޫން ފަސް މީހުން
-
އެހެން ރަށްރަށުން ފަސް މީހުން
މުބާރާތް ކުރިއަށް ގެންދިއުމަށް ފުލުހުންނާއި މަކުނުދޫ ކައުންސިލުން ދިން އެއްބާރުލުން އާރުއޭއެމް އިން ވަނީ ފާހަގަކޮށްފަ އެވެ.